Roadha Mihaaru
ސްކޮލާސް ކަޕްގެ ފުރަތަމަ ބުރު ދަރިވަރުން ނިންމާލައިފި

ސްކޮލާސް ކަޕްގައި ދިވެހި ދަރިވަރުންގެ އިލްމީ ހުނަރު ދައްކާލައިފި

29 އެޕްރީލް 2019

މި ފަހުން ރާއްޖެ އަށް ވަނީ ބޭރުގެ އިލްމީ މުބާރާތެއް ތައާރަފުވެފަ އެވެ؛ ވޯލްޑް ސްކޮލާސް ކަޕެވެ. ބަހުސްކުރުމާއި އެކި މައުލޫއުތަކުން އަންނަ ސުވާލުތަކަށް ޖަވާބު ދިނުމާއި ލިއުން ފަދަ ހުނަރުގެ މައްޗަށް ބިނާވެފައިވާ މި މުބާރާތް ރާއްޖެ އަށް އައުމާ އެކު ރާއްޖޭގެ އިންޓަނޭޝަނަލް ސްކޫލްތަކުން، ޓީމުތައް ހަދައިގެން ބައިވެރިވެ، ފަހު ބުރުގައި އެމެރިކާއަށް ވެސް ދެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މިދިއަ ހަފުތާގައި ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުގައި ބޭއްވި ސްކޮލާސް ކަޕްގެ ރީޖަނަލް ރައުންޑުގައި އެ ސްކޫލުގެ އިތުރުން ބިލަބޮންގް ސްކޫލާއި އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލާއި ވިލާ އިންޓަނޭޝަނަލް ހައި ސްކޫލު އަދި ބްރައިޓްވޭ އިންޓަނޭޝަނަލް ސްކޫލުން އެތައް ޓީމެއް ބައިވެރިވި އެވެ. އޭގެ އިތުރުން އަމިއްލަ ގޮތުން ހުރަވީ ސްކޫލާއި ގާޒީ ސްކޫލުގެ ދަރިވަރުން ވެސް ބައިވެރިވި އެވެ.

ޓީމެއްގައި ތިން ދަރިވަރުން ހިމެނޭ ގޮތަށް ކުރިއަށް ގެންދާ މި ބުރުގައި ވެސް ފަނޑިޔާރުކަން ކުރަން އައީ ޑަބްލިއުއެސްސީގެ އޮފިޝަލުންނެވެ.

މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ރީޖަނަލް ރައުންޑުގައި، ބައިވެރިިވި ބްރައިޓްވޭ އިންޓަނޭޝަލް ސްކޫޫލުގެ ދަރިވަރުންތަކެއް: އެ ސްކޫލުގެ ހުރިހާ ޓީމެއް ވެސް ގްލޯބަލް ރައުންޑަށް ކޮލިފައިވި.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

މި ބުރުން ކޮލިފައިވި ޓީމުތައް ދާނީ ގްލޯބަލް ރައުންޑަށެވެ. މިފަހަރު ރާއްޖޭގެ ޓީމުތައް ދަތުރުކުރާނީ ޗައިނާގައި އޮންނަ ގްލޯބަލް ރައުންޑަށެވެ. އެ ބުރުން ހޮވޭ ކުދިން ފައިނަލް ބުރުގައި ވާދަކުރަން ދަތުރުކުރާނީ އެމެރިކާ އަށެވެ. އެ ބުރު އޮންނާނީ މަޝްހޫރު ޔޭލް ޔުނިވަސިޓީގަ އެވެ.

ތައުލީމީ ގޮތުން ކުރިއަރާފައިވާ ގިނަ ގައުމުތަކުގެ ދަރިވަރުންނާ، ދިވެހި ދަރިވަރުން ވާދަކޮށް މީގެ ކުރިން ވެސް ފާހަގަކޮށްލެވޭ ފަދަ ކާމިޔާބީތައް ހޯދާފައިވެ އެވެ.

ސްކޮލާސް ކަޕް ބަހާލާފައި އޮންނަނީ ދެ ބަޔަކަށެވެ. އެގޮތުން ޖޫނިއަ ބައިގައި ވާދަކުރަނީ 14 އަހަރުން ދަށުގެ ދަރިވަރުންނެވެ. ސީނިއާ ޓީމުތަކުގައި ތިބެނީ 14 އަހަރުން މަތީގެ ދަރިވަރުންނެވެ.

ޣިޔާސުއްދީންގައި އޮތް ރީޖަނަލް ބުރުގެ ނަތީޖާ އިއުލާންކުރި ވަގުތު ހުރިހާ ކުދިންގެ ތަރުހީބުގެ އަޑުން ތަން ގުގުމާލި އެވެ. ދަރިވަރުންނާއި ޓީމުތައް ކޮންމެ ސްކޫލަކަށް ނިސްބަތް ވިޔަސް އެހެން ހުރިހާ ކުދިން އަނެއް ބައެއްގެ ކާމިޔާބީގެ އަގުވަޒަންކޮށް މަރުހަބާ ކިޔާފައިވެ އެވެ.

ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުގައި މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ރީޖަނަލް ރައުންޑުގައި ބައިވެރިވި ސްކޫލުގެ އިސްވެރިން.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުގައި މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ރީޖަނަލް ރައުންޑުގައި ބައިވެރިވި ސްކޫލުގެ އިސްވެރިން.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ވޯލްޑް ސްކޮލާސް ކަޕްގައި ޣިޔާސުއްދީން ސްކޫލުން ބައިވެރިވި މިއީ ހަތަރު ވަނަ އަހަރެވެ. ޖޫން 21-26 ގައި ބެއިޖިންގައި ބާއްވާ ގްލޯބަލް ރައުންޑަށް އެ ސްކޫލުން 18 ޓީމު ކޮލިފައިވިޔަސް ދާނީ އަށް ޓީމު ކަމަށްވެ އެވެ.

މުބާރާތަށް ހިނގާ ހަރަދު އާންމުކޮށް ކުރަނީ ކުދިންގެ ބެލެނިވެރިންނެވެ. އެކަމަކު ބައެއް ސްކޫލްތަކުން ސްޕޮންސަރުންގެ އެހީތެރިކަން ވެސް ހޯދަ އެވެ.

ގިޔާސުއްދީންގެ ޕްރިންސިޕަލް ތޯހާ ސަލީމް ވިދާޅުވީ ވޯލްޑް ސްކޮލާސް ކަޕްގައި ބައިވެރިވާ ދަރިވަރުން އަމިއްލަ ނަފްސަށް ކުރާ އިތުބާރު، އެހެން ކުދިންނަށް ވުރެ ބޮޑުކަމަށް ފާހަގަކުރެއްވޭ ކަމަށެވެ. ސުވާލެއް ކޮށްލުމުން، އެހެން ދަރިވަރުންނަށް ވުރެ ބޮޑަށް، ސްކޮލާސް ކަޕްގެ ބައިވެރިން ޔަގީންކަމާ އެކު ޖަވާބުދޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކޮންމެ ފަހަރަކު ވެސް ސްކޮލާސް ކަޕް ބާއްވަނީ ހާއްސަ ތީމަކަށެވެ. އެ މުބާރާތުގެ ތެރޭގައި ބާއްވާ ހުރިހާ ހަރަކާތެއް ވެސް އޮންނާނީ އެ ތީމާ ގުޅުވާލައިފަ އެވެ. އެގޮތުން މި އަހަރުގެ ތީމަކަށް ކަނޑައަޅާފައިވަނީ "ހަވާސާގައިވާ ދުނިޔެ" އަށެވެ. އޭގެ ތެރޭގައި ބަހުސާއި ކުއިޒާއި ސްކޮލާސް ޗެލެންޖާއި ލިޔުމުން ކުރަން ޖެހޭ ކަންކަން ހިމެނެ އެވެ.

މިިދިޔަ ބުރާސްފަތި ދުވަހު ބޭއްވި، ވޯލްޑް ސްކޮލާސް ކަޕްގެ ރީޖަނަލް ރައުންޑުގައި އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުގެ ދަރިވަރުން ބައިވެރިވަނީ.- ފޮޓޯ: އަހުމަދިއްޔާ ސްކޫލު

މިިދިޔަ ބުރާސްފަތި ދުވަހު ބޭއްވި، ވޯލްޑް ސްކޮލާސް ކަޕްގެ ރީޖަނަލް ރައުންޑުގައި އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުގެ ދަރިވަރުން ބައިވެރިވަނީ.- ފޮޓޯ: އަހުމަދިއްޔާ ސްކޫލު

ތޯހާ ވިދާޅުވި ގޮތުގައި ދުނިޔޭގައި ތަފާތު ސަގާފަތްތައް އޮންނައިރު އެ ކަންކަން ދަރިވަރުންނަށް ވެސް އެނގެން ޖެހޭނެ އެވެ. ދުނިޔޭގައި ހުރި މައްސަލަތައް ކުޑަކުރެވޭނީ އެ މައްސަލަތައް ފުރަތަމަ ދެނެގަނެވިގެން ކަމަށް ވިދާޅުވި އެވެ.

ޣިޔާސުއްދީން ސްކޫލަށް ލިބުނު ކާމިޔާބީތައް، އެ ސްކޫލުގެ ދަރިވަރުން މިިދިޔަ ބުރާސްފަތި ދުވަހު ފާހަގަކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ޣިޔާސުއްދީން ސްކޫލަށް ލިބުނު ކާމިޔާބީތައް، އެ ސްކޫލުގެ ދަރިވަރުން މިިދިޔަ ބުރާސްފަތި ދުވަހު ފާހަގަކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އަހުމަދިއްޔާ ސްކޫލުން ގްލޯބަލް ރައުންޑަށް 18 ޓީމު ކޮލިފައިވި އެވެ. އެކަމަކު ޗައިނާއަށް ދާނީ އެތަނުން ކިތައް ޓީމުކަމެއް އަދި ނޭނގެ އެވެ.

ބްރައިޓްވޭ އިންޓަނޭޝަނަލް ސްކޫލުން 16 ޓީމު ވަނީ ގްލޯބަލް ރައުންޑަށް ކޮލިފައި ވެފަ އެވެ.

ޣިޔާސުއްދީން ސްކޫލުގެ ހޯލުގައި މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ގްލޯބަލް ރައުންޑުގައި ބައިވެރިވި ދަރިވަރުން.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ޣިޔާސުއްދީން ސްކޫލުގެ ހޯލުގައި މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ގްލޯބަލް ރައުންޑުގައި ބައިވެރިވި ދަރިވަރުން.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އެ ސްކޫލު ހިންގާ ކޮލިޓޭޓް އެޑިއުކޭޝަންގެ މެނޭޖިން ޑިރެކްޓަރު މޫސާ ރަޝީދު ވިދާޅުވީ މިދިޔަ އަހަރަށް ވުރެ މި އަހަރު ދަރިވަރުންނަށް ކުރިއެރުން ލިބިފައިވާ ކަމަށެވެ. އެ މުބާރާތަށް ދަރިވަރުން ދިރާސާތައް ހަދައި ރަނގަޅަށް ދަސްކުރުމަކީ ކުދިންނަށް ލިބޭ ވަރަށް ބޮޑު އެކްސްޕޯޝާއެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ވަރަށް ގިނަ ކަންތައްތައް ދަސްވާ ކަމެއް އެފަދަ މުބާރާތެއްގައި ބައިވެރިވުމަކީ. ދަރިވަރުން ބައިވެރިވާނީ ރިސާޗުތައް ހެދުމަށް ފަހު. އެހެންވެ ގިނަ ކަންތައްތަކެއް ދަސްވާނެ،" މޫސަ ވިދާޅުވި އެވެ.

ހަމައެކަނި ސީނިއަ ބައިގައި ބައިވެރިވާ ވިލާ އިންޓަނޭޝަނަލް ސްކޫލުން އަށް ޓީމަށް، ގްލޯބަލް ރައުންޑުން ޖާގަ ލިބުނެވެ.

ބިލަބޮންގް ސްކޫލުން ކޮލިފައި ވަީ 14 ޓީމެވެ.

ވޯލްޑް ސްކޮލާސް ކަޕަކީ އެމެރިކާގެ ކުންފުންޏަކުން 2006 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ މުބާރާތެކެވެ.