20 މެއި 2021
އިނގިރޭސި ރާނީ އެލިޒަބަތު، އެ ގައުމުގެ ތަހުތުގައި އިންނަވާތާ އަންނަ އަހަރަށް 70 އަހަރު ފުރޭތީ އެކަން ފާހަގަކުރަން މުޅި އިނގިރޭސިވިލާތުގައި ގަސް އިންދުމަށް ގޮވާލައި ކެމްޕޭނެއް ފަށައިފި އެވެ.
އިނގިރޭސި ރާނީ އެލިޒަބަތު، އެ ގައުމުގެ ތަހުތުގައި އިންނަވާތާ އަންނަ އަހަރަށް 70 އަހަރު ފުރޭތީ އެކަން ފާހަގަކުރަން މުޅި އިނގިރޭސިވިލާތުގައި ގަސް އިންދުމަށް ގޮވާލައި ކެމްޕޭނެއް ފަށައިފި އެވެ.
މި ކެމްޕޭން މި އަހަރުގެ ކުރީކޮޅު ފެށީ ވިންޑްޒޯ ކާސަލްގެ ގޯތިތެރޭގައި ރާނީ އިންދެވި ގަހަކާ އެކީގަ އެވެ. ރާނީ އިނގިރޭސި ތަހުތުގައި އިންނަވާތާ 70 އަހަރު ފުރޭނީ އަންނަ އަހަރުގެ ޖޫން މަހު އެވެ. މިދިޔަ މަހުގެ 21 ގައި، 95 އަހަރު ފުރުނު ރާނީ އަކީ މިހާތަނަށް އިނގިރޭސި ތަހުތުގައި އެންމެ ގިނަ ދުވަހު ދެމިހުންނެވުމުގެ ޝަރަފު ލިބިވަޑައިގަތް ބޭފުޅާ އެވެ.
ރާނީގެ ތަހުތަށް 70 އަހަރު ފުރުން ފާހަގަކުރަން ކުރިއަށް ގެންދާ ގަސް އިންދުމުގެ ކެމްޕޭނާ ބެހޭ ގޮތުން ދަރިކަލުން ޕްރިންސް ޗާލްސް ވިދާޅުވީ މި ކެމްޕޭނުގައި ބައިވެރިވުމުގެ ފުރުސަތު ކޮންމެ މީހަކަށް ވެސް އޮންނާނެ ކަމަށެވެ.
އާންމުންގެ ގޭގެ ގޯތިތެރޭގައި އާއި ކައުންސިލްތަކުން ގަސް އިންދުމުގެ ޕްރޮގްރާމްތައް އިންތިޒާކުރުމާއި ސްކޫލްތަކުގައި ވެސް ގަސް އިންދުމުގެ ޕްރޮގްރާމްތައް ކުރިއަށް ގެންދަން އެދިވަޑައިގެންފައިވެ އެވެ. ޝާހީ އާއިލާ އިން ބުނި ގޮތުގައި ސްކޫލް ކުދިންނާއި އެ ނޫން ވެސް ކޮމިއުނިޓީ ގްރޫޕްތަކަށް ގަސް އިންދަން ހިތްވަރު ދިނުމުގެ ގޮތުން ވުޑްލޭންޑް ޓްރަސްޓްގެ ފަރާތުން ތިން މިލިއަން ގަސް ހިލޭ ފޯރުކޮށްދޭނެ ކަމަށެވެ.
? Introducing The Queen’s Green Canopy!
— The Royal Family (@RoyalFamily) May 17, 2021
? Today marks the launch of @qgcanopy, a a unique, UK-wide tree planting initiative created to mark The Queen’s Platinum Jubilee in 2022.
? The Queen and The Prince of Wales with the first Jubilee tree, planted earlier this year. pic.twitter.com/f7XdrVhetI
މީގެ އިތުރުން ރާނީގެ ކުއީންސް ގްރީން ކެނޮޕީ (ކިއުޖީސީ) އިން ވެސް ގިނަ އަދަދެއްގެ ގަސްތައް އެކި ސަރަހައްދުތަކުގައި އިންދާނެ އެވެ.
ގަސް އިންދުމުގެ މި ކެމްޕޭނަކީ މޫސުމީ ބަދަލުތަކާ ދެކޮޅަށް މަސައްކަތްކުރާ ޗެރިޓީ "ކޫލް އާތު" އިން ކުރާ މަސައްކަތްތަކަށް ވެސް އެއްބާރުލުން ދިނުމުގެ ގޮތުން އެތަނައި ގުޅިގެން ކުރިއަށް ގެންދާ ކަމެކެވެ.
?#DidYouKnow that The Queen has planted more than 1,500 trees across the world?
— The Royal Family (@RoyalFamily) May 17, 2021
Her Majesty has also spoken alongside Sir David Attenborough about the importance of trees in the Earth’s future. pic.twitter.com/AbNk16W452
"ވަރަށް ބޮޑު އެދުމެއް މުޅި ގައުމު ގަސް އިންދުމުގެ ކެމްޕޭނުގައި ބައިވެރިވުމަކީ،" ޗާލްސް ވިދާޅުވި އެވެ. "އިންދޭ ކޮންމެ ގަހަކީ ތިމާވެއްޓަށް، ކްލައިމެޓް ޗޭންޖަށް ކުރެވޭ އަގުހުރި އިންވެސްޓްމަންޓެއް."
ގަސް އިންދަން ފަށާފައިވާ ކެމްޕޭނުގެ ތެރޭގައި އިނގިރޭސިވިލާތުން ނެތިދިއުމުގެ ބިރު ހީވެފައިވާ ގަސްތަކާއި ގަސްތައް މަދު ތަންތަން ވަކިން ބޮޑަށް ފާހަގަކޮށް އެފަދަ ގަސްތަކާއި ތަންތަނުގައި ގަސްތައް އިންދަން ވެސް ޚާއްސަ ސަމާލުކަމެއް ދޭނެ އެވެ.
ބޮޑުވަޒީރު ބޮރިސް ޖޯންސަންގެ ސަރުކާރުން ވެސް ވަނީ ޝާހީގެ އާއިލާގެ ކެމްޕޭނަށް ތާއީދުކުރައްވައިފަ އެވެ.
ރާނީ މިހާތަނަށް ދުނިޔޭގެ އެކި ހިސާބުތަކަށް ކުރެއްވި ދަތުރުފުޅުތަކުގައި 1،500 އަށް ވުރެ ގިނަ ގަސް އިންދަވާފައިވެ އެވެ. ރާއްޖެއަށް ވައިގެން، އައްޑޫގެ ގަމުގައި ވެސް 1972 ގައި ރާނީ ރުކެއް އިންދެވި އެވެ.
ގަސްގަހާގެހީގެ ފަސްބައިކުޅަ ދެ ބައި ނުރައްކަލުގައި
ދުބާއީ ފެހިކުރަން މިލިއަން ގަސް އިންދަނީ
ކޮޕް26 ފަސްކުރަން ގްރެޓާ ތަންބާގް ގޮވާލައިފި
ފެނުން ހަކަތަ އުފައްދާ މަތިންދާބޯޓު މަޝްރޫއަށް އެހީ
ބެންޓްލީން 2030 ގައި ކާބަން ނިއުޓްރަލް ވަނީ
ފްލޮރިޑާގައި ސްވޯން ގިނަވެ ވިއްކަން ފަށައިފި
ސައުދީން 10 މިލިއަން ގަސް އިންދަނީ
ޖޫސްބޯ ޕްލާސްޓިކް ހޮޅި އާއި ކަފަބުރު ޔޫކޭގައި މަނާކޮށްފި
މެކްޑޮނަލްޑްސް އިން އިލެކްޓްރިކް ކާރު ޕްރޮމޯޓްކުރަނީ
ރޮބޮޓްތަކެއްގެ އެހީގައި 326 ގަސް އިންދައިފި