Roadha Mihaaru
ދުބާއީ ފެހިކުރަން މިލިއަން ގަސް އިންދަނީ

ދުބާއީ ފެހިކުރަން މިލިއަން ގަސް އިންދަނީ

30 ޖުލައި 2021

ޔޫއޭއީގެ ދެކުނުގައި ކުޅިތައް ހިމެނޭ ސަރަހައްދު "ދުބާއީ މެންގްރޫވް ފޮރެސްޓް" ނަމުގައި ތަރައްގީކުރަމުން އަންނަ އިރު އެތަނުގައި މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމެއް ފަށަން ތައްޔާރުވެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޔޫއޭއީގެ ދެކުނުގައި ކުޅިތައް ހިމެނޭ ސަރަހައްދު "ދުބާއީ މެންގްރޫވް ފޮރެސްޓް" ނަމުގައި ތަރައްގީކުރަމުން އަންނަ އިރު އެތަނުގައި މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމެއް ފަށަން ތައްޔާރުވެއްޖެ އެވެ.

ދުބާއީ މީޑިއާ އޮފީހުން ބުނި ގޮތުގައި ޖަބެލް އަލީ ވައިލްޑް ލައިފް ސެންކްޗުއަރީ އަކީ 500،000 އަކަމީޓަރުގެ ސަރަހައްދަކަށް ފެތުރިފައިވާ އަދި ގުދުރަތީ މުއްސަނދިކަން ވަރަށް ބޮޑަށް ލިބިފައިވާ ތަނެކެވެ. މިހާރު ވެސް އެތަނުގައި 600 ވައްތަރުގެ ދިރުން އެބަހުރި ކަމަށް ބުންޏެވެ.

އެ ސަރަހައްދު ފެހިކޮށް މުޅި ޔޫއޭއީ އަކީ މެދުއިރުމަތީގެ ގައުމުތަކުގެ ތެރެއިން ފެހިކަން ގަދަ އަދި ތިމާވެއްޓަށް އިސްކަންދޭ ގައުމަކަށް ހެދުމަށް ކުރާ މަސައްކަތުގެ ދަށުން މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމް ފުރިހަމަކުވުމުން "ދުބާއީ މެންގްރޫވް ފޮރެސްޓް" ވަރަށް މުއްސަނދިވާނެ ކަމަށް މީޑިއާ އޮފީހުން ބުންޏެވެ. އެތަނަށް ރަސްމީކޮށް ދީފައިވާ ނަމަކީ "ޕީއެންޑްޖީ ދުުބާއީ މެންގްރޯވް ފޮރެސްޓް" އެވެ. މިއީ ޕްރޮޓެކްޓް އެންޑް ގޭމްބްލް (ޕީއެންޑްޖީ) އާއި އެމިރޭޓްސް މެރިން އެންވަޔަރަމަންޓަލް ގްރޫޕް ގުޅިގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ.

"ދުބާއީ މެންގްރޫވް ފޮރެސްޓް" އަކީ 15 ޕަސެންޓް ކުޅި އާއި ހަ ކިލޯމީޓަރުގެ ޗަސްބިން އެކުލެވޭ ތަނެކެވެ. އަމާޒަކީ ދުބާއީގެ ބިމުގެ 60 ޕަސެންޓަކީ ފެހިކަން ގަދަ "ޖަންގައްޔަކަށް" ހެދުމެވެ.

"ދުބާއީ މެންގްރޫވް ފޮރެސްޓް" އަކީ ދުބާއީ އިން އެކުލަވާފައިވާ 2040 ވަނަ އަހަރުގެ އާބަން މާސްޓަ ޕްލޭނުގެ މުހިއްމު ބައެކެވެ.