10 ސެޕްޓެމްބަރ 2016
ހޯމަދުވަހު ފާހަގަކުރާ މި އަހަރުގެ ބޮޑު އީދު މި ފަހަރު އެންމެ ފޯރި ގަދަވާނީ ލ. އަތޮޅުގަ އެވެ. ޕީއެސްއެމުން އިންތިޒާމްކޮށްގެން ލ. ފޮނަދޫގައި ބޮޑު ޓީމަކާ އެކު ޝޯއަކަށް ތައްޔާރުވަމުން އަންނަނިކޮށް ލ. ގަމުގައި ވެސް މަޝްހޫރު ފަންނާނުން ހިމެނޭ ބޮޑު ޓީމަކާ އެކު ވަރުގަދަ ޝޯތަކެއް ދޭން ވަނީ ތައްޔާރުވެފަ އެވެ.
ހޯމަދުވަހު ފާހަގަކުރާ މި އަހަރުގެ ބޮޑު އީދު މި ފަހަރު އެންމެ ފޯރި ގަދަވާނީ ލ. އަތޮޅުގަ އެވެ. ޕީއެސްއެމުން އިންތިޒާމްކޮށްގެން ލ. ފޮނަދޫގައި ބޮޑު ޓީމަކާ އެކު ޝޯއަކަށް ތައްޔާރުވަމުން އަންނަނިކޮށް ލ. ގަމުގައި ވެސް މަޝްހޫރު ފަންނާނުން ހިމެނޭ ބޮޑު ޓީމަކާ އެކު ވަރުގަދަ ޝޯތަކެއް ދޭން ވަނީ ތައްޔާރުވެފަ އެވެ.
ފޮނަދޫގައި ބާއްވާ ޝޯ އިން "މޯލްޑިވިއަން އައިޑޮލް" ގެ އެއް ވަނަ ލައިޝާ ޖުނައިދާއި ތިން ވަނަ އަހުމަދު އިޝާން ފަދަ ފަންނާނުން ފެނިގެން ދާނެ އެވެ.
ގަމު ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ ފުރަތަމަ ބޮޑުއީދު ހަރަކާތުގައި ޖުމްލަ ހަތަރު ޝޯ ބާއްވަން ވަނީ ނިންމައިފަ އެވެ. ޝޯތައް ކުރިއަށް ދާނީ މި މަހުގެ 12، 13، 14 އަދި 15 ގަ އެވެ.
މި ޝޯގެ ތަރިންނަށް ބަލާއިރު "މޯލްޑިވިން އައިޑޮލް" ގެ ދެވަނަ ޝަލަބީ އިބްރާހީމާއި އެ މުބާރާތުން ވިދައިލި އަބްދުﷲ ފާލިހްގެ އިތުރުން އަމާން އިބްރާހީމާއި ރާއްޖޭގައި މިހާރު އެންމެ ވިދާ އަންހެން ލަވަ ކިޔުންތެރިޔާ މީރާ މުހައްމަދު މާޖިދުގެ ހުށަހެޅުންތައް ފެނިގެން ދާނެ އެވެ.
މީގެ އިތުރުން "މޯލްޑިވިއަން އައިޑޮލް" އިން ފެނުނު ނައްބަތު ޝަކީބް ވެސް ގަމުގެ ޝޯތަކުގައި ބައިވެރިވާނެ އެވެ.
ގަމު ކައުންސިލް ރައީސް މުހައްމަދު ޝިޔާމް ވިދާޅުވީ އެ ރަށުގައި ބާއްވާ އީދު ޝޯތަކަކީ ރައްޔިތުން ބޭނުންވެގެން، ރައްޔިތުން އުފާކޮށް ދޭން ބާއްވާ ޝޯތަކެއް ކަމަށެވެ. އެހެންވެ ހެޔޮ އެދޭ ފަރާތްތަކުގެ އެހީއާ އެކު ޝޯއަކީ ބޮޑު ހަރަދެއްކޮށްގެން ބާއްވާ ހަރަކާތެއް ކަމަށް ވިދާޅުވި އެވެ.
ރިޝްމީ އާއި އަޒޭ: އީދުގައި ގަމުގައި ޕަފޯމް ކުރާނެ.
ގަމަށް ދާ އިތުރު ފަންނާނުންގެ ތެރޭގައި މަޝްހޫރު ނެށުންތެރިޔާ ސުނީތާ އަލީ އާއި ބަތަލާ އައިޝަތު ރިޝްމީ އާއި އޭނާގެ ކުރީގެ ފިރިމީހާ އަދި އެކްޓަރު އަހުމަދު އަޒްމީލް (އަޒޭ)، ފާތުމަތު އާޒިފާ (އަޒޫ)، އަލީ ޝާހިދު (ސްޓެޕް އައްޔަ)، އަލީ އާޒިމް (ދޮން އައްޔަ) ފަދަ ފަންނާނުން ހިމެނެ އެވެ.
ހަމަ މިއާ އެކު މަޝްހޫރު ކޮމީޑިއަން މުހައްމަދު ޝާޒް (ތަޖޫބެ) އާއި އެމްއެންޑީއެފްގެ ޑްރާމާތަކުން ފެނިފައިވާ މަޖާ އެކްޓަރު ނަސްރުﷲ ނައީމް ވެސް ގަމުގައި ބާއްވާ ޝޯތަކުން ފެންނާނެ އެވެ.
މީގެ އިތުރުން ގޮމަ ގްރޫޕާއި "މޯލްޑިވިއަން އައިޑޮލް" އިން ވިދައިލި ޕާމް ޓޯމް ބޭންޑް ވެސް ގަމުގައި އައިޓަމްތައް ހުށަހަޅައި ދޭނެ އެވެ.
މީރާ އާއި ފާލިހްގެ ލަވައެއް
ޝިޔާމް ވިދާޅުވީ ގަމުގައި ބާއްވާ އީދު ޝޯތައް ރާއްޖެ ޓީވީން ލައިވް ކުރާނެ ކަމަށެވެ.
"ފޮނަދޫގައި ބާއްވާ ޝޯއަށް ވުރެ އަޅުގަނޑުމެންގެ ޝޯ މާ ވަރުގަދަ ވާނެ ކަމަށް ގަބޫލު ކުރަނީ. މަޝްހޫރު ފަންނާނުންތައް ވެސް މި ޓީމްގައި މާ ގިނަ"، އޭނާ ވިދާޅުވި އެވެ.
"މިހާރު ތައްޔާރީތައް ވަރަށް ބާރަށް ކުރިއަށް އެބަދޭ. ރައްޔިތުން ވެސް ވަރަށް ޖޯޝްގައި މި ތިބީ. ގަމުގެ ހުރިހާ އަވަށެއްގައި ޝޯތައް ދޭނެ."
ޝަލަބީ ޓީމު އެކްސިޑެންޓްވެ ބައެއް މީހުންނަށް އަނިޔާވެއްޖެ
"މާލި ޕެރޭޑުން ފެނުނީ ބިނާކުރުވަނިވި ފާޑުކިޔުން"
އިސްލާމީ ސަގާފަތާ ތައާރުޒު ނުވުމަށް ޝަހީމް އެދިއްޖެ
ރައީސް އެދިވަޑައިގަތީ ﷲގެ ނިިއުމަތްތައް ހަނދާންކުރަން
މޯލްޑިވިއަން އިން އީދަށް ހާއްސަ އަގުތަކެއް!
ބޮޑު އީދު: އިސްލާމްދީނުގެ އިމުން ބޭރު ނުވާން އެދިއްޖެ
ހިޔަލަ ގްރޫޕުން އީދަށް ބޯކިބާ ފޮރުވައިފި
ފޯރިގަދަ އީދަކަށް ވިލިނގިލި އޮތީ ތައްޔާރަށް
ކެންދު އަށް މި ފަހަރު އަންނާނީ ފޯރިގަދަ ބޮޑުއީދެއް!
އީދާ ދިމާކޮށް މޯލްޑިވިއަން އިން ދަތުރުތައް އިތުރުކުރަނީ