10 ސެޕްޓެމްބަރ 2016
ލ. ގަމުގައި ބާއްވާ އީދު ޝޯގައި ބައިވެރިވާން މިރޭ ގަމަށް ދިޔަ މަޝްހޫރު ލަވަކިޔުންތެރިޔާ ޝަލަބީ އިބްރާހިމްގެ ޓީމު ދަތުރުކުރި ކާރުތައް އެކްސިޑެންޓްވެ ބައެއް މީހުންނަށް ކުދިކުދި އަނިޔާވެގެން ގަމު ހޮސްޕިޓަލަށް ގެންގޮސް ފަރުވާދީފި އެވެ.
ލ. ގަމުގައި ބާއްވާ އީދު ޝޯގައި ބައިވެރިވާން މިރޭ ގަމަށް ދިޔަ މަޝްހޫރު ލަވަކިޔުންތެރިޔާ ޝަލަބީ އިބްރާހިމްގެ ޓީމު ދަތުރުކުރި ކާރުތައް އެކްސިޑެންޓްވެ ބައެއް މީހުންނަށް ކުދިކުދި އަނިޔާވެގެން ގަމު ހޮސްޕިޓަލަށް ގެންގޮސް ފަރުވާދީފި އެވެ.
އެކަމަކު ޝަލަބީ އަށް އެއްވެސް އަނިޔާއެއް ނުވެ އެވެ. އަދި ހޮސްޕިޓަލަށް ގެންދިޔަ މީހުންގެ ހާލު ވެސް ރަނގަޅު ކަމަށް، ޓީމުގެ އޮފިޝަލަކު ބުންޏެވެ.
އެންމެ ބޮޑު އަނިޔާއެއް ލިބުނީ ގަމުގައި އޮންނަ ޝޯގައި ބައިވެރިވާ ކޮމޭޑިއަން ނަސްރުﷲ ނައީމަށެވެ. އޭނާގެ ތުންފަތް ފަޅައިގެން ދިޔަ އެވެ. އެކަމަކު ފަރުވާ އަށް ފަހު މިހާރު ވަނީ ދޫކޮށްލައިފަ އެވެ.
ލ. ގަމުގައި ބާއްވާ ބޮޑު އީދު ޝޯގައި ބައިވެރިވާން ގަމަށް ދަތުރުކުރި ލަވަކިޔުންތެރިޔާ ޝަލަބީ އިބްރާހިމްގެ ޓީމު ދަތުރުކުރި އެއް ކާރު އެކްސިޑެންޓްގައި ހަލާކުވެފައި --ފޮޓޯ/ކިއުންތެރިއެއް
ޝަލަބީ ޓީމުގައި ހިމެނޭ މަޝްހޫރު ލަވަކިޔުންތެރިޔާ މީރާ މުހައްމަދު މާޖިދުގެ ކަކުލަށް ތަދުވުމުގެ އިތުރުން އެ ޓީމުގެ އެހެން ލަވަކިޔުންތެރިއެއް ކަމަށްވާ ފާތުމަތު ޔުމްނާގެ އުނަގަނޑަށް ވެސް ތަދުވެގެން ހޮސްޕިޓަލަށް ގެންދިޔަ ކަމަށް، އޮފިޝަލް ބުންޏެވެ.
"މީރާގެ އެކްސްރޭ އިން އެއްވެސް މައްސަލައެއް ނުފެނޭ. އެހެންވެ މިހާރު ދޫކޮށްލައިފި. ހޮސްޕިޓަލަށް ގެންދިޔަ ތިން މީހުން ވެސް ދޫކޮށްލައިފި،" އޮފިޝަލް ބުންޏެވެ.
އެކްސިޑެންޓްވީ މިރޭ 10 ޖަހާކަން ހާއިރު، ޝަލަބީ ޓީމާއި އެހެން ފަންނާނުން އެއާޕޯޓުން ގޮވައިގެން، އަލަށް ހެދި ލ. ބޮޑު މަގުގައި ތިން ކާރުގައި ދަނިކޮށް، ކުރިމަތިން ދިޔަ ސައިކަލެއް ކުއްލިއަކަށް މަޑުކުރުމުންނެވެ. އެކްސިޑެންޓް ހިނގީ ގަމުގެ މަތިމަރަދޫ އަވަށުގައި ހުންނަ ޕޮލިސް ސްޓޭޝަން ކައިރީގަ އެވެ. މިއީ ރާއްޖޭގެ އެންމެ ބޮޑު އެއް ރަށަށް އެއާޕޯޓުން ދާ އިރު ޖެހޭ ދެވަނަ އަވަށެވެ.
ލ. ގަމުގައި ބާއްވާ އީދު ޝޯއަށް މިރޭ ފުރުމުގެ ކުރިން އައިއެންއައިއޭގައި ޝަލަބީ ޓީމު: އެކްސިޑެންޓްގައި އެކަކަށް ވެސް ބޮޑު ގެއްލުމެއް ނުލިބޭ
"ސައިކަލްގައި އިން މީހާ ފޯނެއް ނަގަން ހެން ހީވަނީ މަޑުކުރީ. ހައިވޭ ވީމާ ވަރަށް ބާރަށްތާ ދުއްވާނީ. ދެން ކާރުތައް ވެސް ކުއްލިއަކަށް މަޑުކުރަން ޖެހުނީމާ، ކާރު ތެރޭގެ ތަންތަނުގައި ޖެހިގެން އަނިޔާވީ،" އޮފިޝަލް ބުންޏެވެ.
އެންމެ ބޮޑަށް ޖެހުނީ ތިން ކާރުގެ ތެރެއިން ކުރީގައި އޮތް ދެ ކާރެވެ. އެ ދެ ކާރަށް ގެއްލުން ލިބިފައިވާ ކަމަށް ވެސް އޮފިޝަލް ބުންޏެވެ. އެކަމަކު ސައިކަލްގައި އިން މީހާ އަށް އެއްވެސް ގެއްލުމެއް ނުލިބެ އެވެ.
ޝަލަބީ އާއި އޭނާގެ ޓީމުގައި ހިމެނޭ ފިރިހެން ދެ ލަވަކިޔުންތެރިން ކަމަށްވާ އަބްދުﷲ ފާލިހް އާއި އަމާން އިބްރާހީމް ތިބި ކާރު އޮތީ، އެހެން ކާރުތަކަށް ވުރެ ފަހަތުގައި ކަމުން އެ މީހުންނަކަށް އެއްވެސް ކަމެއް ނުވެ އެވެ.
ލ. ގަމުގައި ބާއްވާ ހަތަރު ޝޯގައި ބައިވެރިވާން ނަސްރުﷲ ދިޔައީ މަޝްހޫރު ކޮމޭޑިއަން މުހައްމަދު ޝާޒް (ތަޖޫބެ) އާ އެކުގަ އެވެ. ކުރިން އެމްއެންޑީއެފްގައި އުޅުނު މި ދެ ފަންނާނުން އެކުވެގެން މަޖާ ގިނަ ޝޯތަކެއް ހުށަހަޅާފައިވެ އެވެ.
ކުރިން ލިންކް ރޯޑްގެ ނަމުގައި މަޝްހޫރު މަގު މިހާރު ވަނީ ޗައިނާގެ އެހީގައި އެންމެ ޒަމާނީ ފެންވަރަށް ހަދައިފަ އެވެ. ގާތްގަނޑަކަށް 17 ކިލޯމީޓަރުގެ މި މަގު ތާރު އަޅައިގެން ހެދުމުގެ ކުރިން ދޭތެރެ ދޭތެރެ އިން ނުރައްކާތެރި އެކްސިޑެންޓް ހިނގައި ބައެއް މީހުން ވަނީ މަރުވެފަ އެވެ.
އީދަށް ފޮނަދޫ ތައްޔާރު، ގަމުގައި ވެސް ވަރުގަދަ ޝޯއެއް
މަޝްހޫރު ނަންތަކާ އެކު ވެލިދޫ އީދު ކުޅިވަރު ފޯރި ގަދަ ވާނެ
ޝަލަބީ: އީދުގައި ހޯރަފުށިން ލަންކާއާ ހިސާބަށް
ބޮގަރުގެ ވިޔަފާރީގެ ތުހުމަތުގައި ދެމީހަކު ހައްޔަރުކޮށްފި
ލ. އަތޮޅަށް އެމްއައިބީގެ ސާވިސް ސެންޓަރެއް
"މާލި ޕެރޭޑުން ފެނުނީ ބިނާކުރުވަނިވި ފާޑުކިޔުން"
އިސްލާމީ ސަގާފަތާ ތައާރުޒު ނުވުމަށް ޝަހީމް އެދިއްޖެ
މޯދީ، ރައީސް މުއިއްޒަށް އީދު ތަހުނިޔާ ފޮނުއްވައިފި
މަސްއޫލިއްޔަތު އަދާކުރާނަމަ ފަސާދަތައް ނެތިދާނެ: ހުތުބާ
ރައީސް އެދިވަޑައިގަތީ ﷲގެ ނިިއުމަތްތައް ހަނދާންކުރަން