08 ޖުލައި 2019
މާލޭގެ ގެއެއްގެ ތެރޭގައި މިދިޔަ ހުކުރު ދުވަހުގެ ރޭ ތަޅައި އަނިޔާކުރި މައްސަލާގައި ހަތް ފުލުހަކު ސަސްޕެންޑްކޮށް ޖިނާއީ ތަހުގީގެއް ހިންގަން ފަށާފައިވާ ކަމަށް ފުލުހުން މިރޭ ބުނެފި އެވެ
މާލޭގެ ގެއެއްގެ ތެރޭގައި މިދިޔަ ހުކުރު ދުވަހުގެ ރޭ ތަޅައި އަނިޔާކުރި މައްސަލާގައި ހަތް ފުލުހަކު ސަސްޕެންޑްކޮށް ޖިނާއީ ތަހުގީގެއް ހިންގަން ފަށާފައިވާ ކަމަށް ފުލުހުން މިރޭ ބުނެފި އެވެ
ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މ. އުޖާލާގެ ބަލާ ފާސްކުރުމުގެ ތެރެއިން މީހަކަށް ފުލުހުން އަނިޔާ ކުރާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވުމާ އެކު އެ މައްސަލަ ބެލުމަށް ކޮމިޝަނާ މުހައްމަދު ހަމީދު ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑަށް އަންގާފައިވާ ކަމަށެވެ. އެކަމަށް ހާއްސަ ޓީމެއް އެކުލަވާލައި ޖިނާއީ ތަހުގީގެއް ފަށާފައިވާއިރު ހަތް ފުލުހަކު ވަޒީފާ އިން ސަސްޕެންޑް ކޮށްފައިވާ ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.
ކޮމިޝަނާ ހަމީދު ވަނީ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އާއި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުން ވެސް އެ މައްސަލަ ބަލައިދިނުމަށް އެދިވަޑައިގެންފަ އެވެ.
ވީޑިއޯ އިން ފެންނަ ގޮތުގައި ކުލަ ހެދުމުގައި ތިބި ދެ ތިން ފުލުހުން ވަނީ އަތުންނާއި ފައިން މީހަކަށް ހަމަލާދީފަ އެވެ. އަދި ގަލަކުން ވެސް އެމީހާގެ ގައިގައި ޖަހަ އެވެ. އެނގިފައިވާގޮތުގައި ފުލުހުން ހަމަލާދީފައި ވަނީ ބިދޭސީއަކަށެވެ.
ފުލުހުންގެ ބަޔާނުގައި ބުނެފައި ވަނީ މަސްތުވާތަކެތީގެ މައްސަލާގައި އެގެއިން 36 އަހަރުގެ ބަނގުލަދޭޝް ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އެގޭގައި ދިރިއުޅޭ 28 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ އޭނާ ހުރި ކޮޓަރީގެ ކުޑަދޮރުން ބޭރަށް ފުއްމާލައިގެން ފިލަން މަސައްކަތް ކުރަނިކޮށް ފުލުހުން އޭނާގެ ފަހަތުން ދުވެފައިގޮސް މަގުމަތިން ހައްޔަރުކޮށްފައި ކަމަށް ވެސް ބަޔާނުގައި ބުނެފައިވެ އެވެ.
5 July 2019 vana dhuvahu fuluhun hingi drug operation aai gulhey press statement pic.twitter.com/uuFA60ZozG
— Maldives Police (@PoliceMv) July 8, 2019
ފުލުހުން ބުނިގޮތުގައި އެ އޮޕަރޭޝަނުގައި މ. އުޖާލާގެ އިން ވަނީ ގާތްގަނޑަކަށް 461 ގްރާމްގެ މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި އަތުލައިގަނެފަ އެވެ.
ފުލުހުން ބުނީ ހައްޔަރުކުރި ދެ މީހުން ޑޮކްޓަރަށް ދައްކައި އެ މީހުންނަށް ފަރުވާ ދީފައިވާ ކަމަށެވެ. އަދި ފުލުހުން ކޮށްފައިވާ އަނިޔާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކަކީ މި ހާދިސާއާ ގުޅުންހުރި ފޮޓޯތަކެއް ނޫން ކަމަށް ވެސް ބުންޏެވެ.
ބަޔާނުގައި އިތުރަށް ބުނެފައި ވަނީ ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑާއި މިނިވަން މުއައްސަސާތަކުން އެ މައްސަލަ ތަހުގީގު ކުރަނިކޮށް އެކަންކުރީ ވަކި ބައެއް ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފުލުހުންގެ ފޮޓޯ ޖަހައި އެ މީހުންނަށް އެކި ގޮތްގޮތުން އިންޒާރުދީ ބިރުދައްކަމުންދާތީ، އެކަން ނުކުރުމަށް އިލްތިމާސް ކުރާ ކަމަށެވެ.
ގަވައިދާ ހިލާފަށް ފުލުހުން ކުރާ ކަންކަން ހުއްޓުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެ އެވެ.
ފުލުހުންގެ އަނިޔާވެރިކަން ހުއްޓުވާ!
ހަމަނުޖެހުމުގައި އަންހެނަކަށް އަނިޔާކުރި މައްސަލަ ބަލަނީ
އިސްތިއުނާފުކުރީ ފުލުހުންނަށް ދިން އަދަބު ލުއިކަމުން
ބޭއިންސާފުން ފުލުހަކަށް ފިޔަވަޅެއް ނާޅާނަން: އިމްރާން
ފުލުހުން އަނިޔާކުރީ ބިދޭސީއަކަށް، ދެ ކިލޯ ޑްރަގް!
އޮޕަރޭޝަންގެ އޮފިސަރުންނާ ހަމީދު ބައްދަލުކުރައްވައިފި
އަނިޔާކުރި ފުލުހުން ގެ އަކަށް ވަދެ ބިރުދެއްކި!
އަނިޔާކުރި ފުލުހުންތަކެއް ސަސްޕެންޑްކުރަން ނިންމައިފި
ސިންތެޓިކް ޑްރަގް ބޭނުންކުރުން އޮތީ އެލާމިން ލެވެލްގައި
ހިރިލަންދޫ މާރާމާރީއާ ގުޅިގެން އެކަކު ބަންދަށް