09 ޖުލައި 2019
މާލޭގެ ގެއެއްގެ ތެރޭގައި ބިދޭސީއެއްގެ ގައިގައި ތަޅައި އަނިޔާކުރި ފުލުހުންގެ ތަހުގީގު ކުރިއަށްދާނީ އިންސާފުވެރިކަމާ އެކީގައި ކަމަށާއި ބޭއިންސާފުން އެއްވެސް އޮފިސަރަކަށް ފިޔަވަޅެއް ނާޅުއްވާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.
މާލޭގެ ގެއެއްގެ ތެރޭގައި ބިދޭސީއެއްގެ ގައިގައި ތަޅައި އަނިޔާކުރި ފުލުހުންގެ ތަހުގީގު ކުރިއަށްދާނީ އިންސާފުވެރިކަމާ އެކީގައި ކަމަށާއި ބޭއިންސާފުން އެއްވެސް އޮފިސަރަކަށް ފިޔަވަޅެއް ނާޅުއްވާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.
މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ ބިދޭސީއަކަށް އަނިޔާ ކުރި މައްސަލަ ވަނީ ހޫނުވެފަ އެވެ. އަދި އެމީހާ އަށް އަނިޔާ ކުރި މައްސަލައިގައި ހަތް ފުލުހަކު ސަސްޕެންޑްކޮށް ޖިނާއީ ތަހުގީގެއް ވަނީ ފަށައިފަ އެވެ.
CP @M_Hameedh has taken swift actions within 30 minutes since the recent case that is suspected to involve torture during a search operation was brought to his attention, reported to relevant institutions & informed the public. Transparency is key to our approach to governance.
— Imran Abdulla (@ShimranAb) July 9, 2019
އިމްރާން މިއަދު ކުރެއްވި ޓުވީޓު.
އިމްރާން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މީހަކަށް އަނިޔާ ކުރި މައްސަލަ ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދުގެ ސަމާލު ކަމަށް އައިތާ ބައިގަޑިއިރު ތެރޭގައި ފިޔަވަޅު އަޅާފައިވާ ކަމަށެވެ. އަދި ކަމާ ބެހޭ މުއައްސަސާތަކާއި އާންމުންނަށް އޭގެ މައުލޫމާތު ހިއްސާކޮށްފައިވާނެ ކަމަށާއި އަމާޒަކީ ދެ ފުށް ފެންނަ ގޮތަކަށް މަސައްކަތް ކުރުން ކަމަށް އޭނާ ވިދާޅުވި އެވެ.
އިމްރާން ވިދާޅުވި ގޮތުގައި މި ސަރުކާރުން އަނިޔާވެރިކަމާއި ބޭއިންސާފަށް ޖާގައެއް ނުދޭނެ އެވެ. އަދި އަނިޔާވެރިކަމަށް ތާއީދު ނުކުރައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
The govt will never tolerate torture & injustice. I assure that as much as we are against torture we would never take an unjust action against an officer. Hence I request both police officers & the public to refrain from speculations while the investigations are going on.
— Imran Abdulla (@ShimranAb) July 9, 2019
އިމްރާން ކުރެއްވި ޓުވީޓު.
"އަޅުގަނޑުމެން އަނިޔާއާ ދެކޮޅު. ބޭއިންސާފުން [ފުލުހުންގެ] އޮފިސަރަކާ މެދު އެއްވެސް ފިޔަވަޅެއް ނާޅާނަން. ފުލުހުންނާއި އާންމުންގެ ކިބައިން އެދެނީ އެ މައްސަލައިގެ ތަހުގީގު ކުރިއަށް ދާއިރު، ކަށަވަރު ނޫން މައުލޫމާތުތައް ނުފެތުރުމަށް،" އިމްރާން ކުރެއްވި ޓުވީޓުގައިވެ އެވެ.
ފުލުހުން މީހަކަށް އަނިޔާ ކުރަނިކޮށް ނަގާފައިވާ ސްކްރީން ޝޮޓެއް.
ބޭއިންސާފުން ފުލުހަކަށް ފިޔަވަޅެއް ނާޅާނެ ކަމުގެ ޔަގީންކަން އިމްރާން ދެއްވި އިރު، އެ އޮޕަރޭޝަން ހިންގި ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް (ޑީއީޑީ) ގެ ފުލުހުންގެ ދިފާއުގައި ތިބި ކަން ސޯޝަލް މީޑިއާގައި ބައެއް ފުލުހުން ގެންދަނީ ހާމަކުރަމުންނެވެ. އެގޮތުން، ފޭސްބުކް ޕްރޮފައިލްތަކުގެ ފޮޓޯތަކުގައި ކަޅު ކުލައިގެ ބެކްގްރައުންޑެއްގައި "ވިތު ޑީއީޑީ" ނަން ވަނީ ޖަހައިފަ އެވެ.
ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯ އިން ފެންނަ ގޮތުގައި ކުލަ ހެދުމުގައި ތިބި ދެ ތިން ފުލުހުން ވަނީ އަތުންނާއި ފައިން މީހަކަށް ހަމަލާދީފަ އެވެ. އަދި ގަލަކުން ވެސް އެމީހާގެ ގައިގައި ޖަހަ އެވެ. މަސްތުވާތަކެތީގެ މައްސަލާގައި އެގެއިން 36 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކު ހައްޔަރު ކުރި އެވެ. ވީޑިއޯ އިން ފެންނަ ގޮތުގައި ފުލުހުން އަނިޔާ ކުރީ އެ މީހާއަށެވެ.
ފުލުހުން ބުނިގޮތުގައި އެ އޮޕަރޭޝަނުގައި މ. އުޖާލާގެ އިން ވަނީ ގާތްގަނޑަކަށް 461 ގްރާމްގެ މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި އަތުލައިގަނެފަ އެވެ.
ފުލުހުން އަނިޔާކުރީ ބިދޭސީއަކަށް، ދެ ކިލޯ ޑްރަގް!
ޕޯސްޓްމޯޓަމް ހެދިއްޔާ ހަށިގަނޑާ ހަވާލުނުވާނަން: އާއިލާ
މިހާތަނަށް 100 ވަރަކަށް ކިލޯ ޑްރަގްސް ފެނިއްޖެ
އަނިޔާކުރި ފުލުހުންގެ ތަހުގީގުގެ ބޮޑު ބައި ނިމިއްޖެ
ހަތް ފުލުހަކު ސަސްޕެންޑްކޮށް ޖިނާއީ ތަހުގީގެއް ހިންގަނީ
ފުލުހުންގެ އަނިޔާވެރިކަން ހުއްޓުވާ!
119 ކިލޯ ޑްރަގް:އެކަކު ދޫވި މައްސަލަ ހައިކޯޓަށް
މައުލޫމާތު ނުލިބި ފެއިލްވިގޮތް ތަހުގީގުކުރާނެ: އިހުސާން
ކުށްކުރާ ވަރު މި އަހަރު ދަށް: ފުލުހުން
ޑްރަގް އޮޕަރޭޝަނެއްގައި މާލެއިން ފަސް މީހުން ހައްޔަރު