Roadha Mihaaru
އިސްތިއުނާފުކުރީ ފުލުހުންނަށް ދިން އަދަބު ލުއިކަމުން

އަނިޔާކުރި ފުލުހުންގެ މައްސަލަ އިސްތިއުނާފު ކުރީ އަދަބު ލުއިކަމުން: ފުލުހުން

16 ސެޕްޓެމްބަރ 2019

ހައްޔަރު ކުރުމުގެ ތެރޭގައި މީހަކަށް އަނިޔާކުރި، ޑްރަގް އެންފޯންސްމަންޓް ޑިޕާޓްމަންޓުގެ ފުލުހުން ޑީމޯޓުކުރަން ޑިސިޕްލިނަރީ ބޯޑުން ނިންމިނިންމުން އިސްތިއުނާފުކުރީ އެ އަދަބު ލުއިކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދަށް ގަބޫލު ކުރެއްވޭތީ ކަމަށް ފުލުހުން މިއަދު ބުނެ އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ހައްޔަރު ކުރުމުގެ ތެރޭގައި މީހަކަށް އަނިޔާކުރި، ޑްރަގް އެންފޯންސްމަންޓް ޑިޕާޓްމަންޓުގެ ފުލުހުން ޑީމޯޓުކުރަން ޑިސިޕްލިނަރީ ބޯޑުން ނިންމިނިންމުން އިސްތިއުނާފުކުރީ އެ އަދަބު ލުއިކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދަށް ގަބޫލު ކުރެއްވޭތީ ކަމަށް ފުލުހުން މިއަދު ބުނެ އެވެ.

ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު އެ މައްސަލަ މިދިޔަ ބުރާސްފަތި ދުވަހު ފުލުހުންގެ އިސްތިއުނާފް ކޮމިޓީ އަށް ހުށަހެޅުއްވުމުން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވި އެވެ. އެއްބަޔަކު ދެކޭގޮތުގައި ކޮމިޝަނާ އެގޮތަށް ނިންމީ އަނިޔާކުރި ފުލުހުންނާމެދު ފިޔަވަޅެއް އަޅަން ބޭނުން ނުވާތީ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ އެ މައްސަލަ އިސްތިއުނާފު ކުރެއްވުމަށް ކޮމިޝަނާ ނިންމެވީ އެފަދަ އެހެން މައްސަލަތަކުގައި ޑިސިޕްލިނަރީ ބޯޑުން އަޅާފައިވާ ފިޔަވަޅުތަކަށްވުރެ މާ ލުއި ފިޔަވަޅެއް އަޅާފައިވާތީ ކަމަށެވެ.

Aniyaa kuri fuluhun demote kurumun massala isthiunaaf committee ah

Aniyaa kuri fuluhun demote kurumun massala isthiunaaf committee ah

The most trusted news source in the Maldives

Mihaaru

އަނިޔާކުރި ފުލުހުންގެ މަގާމުދަށް ކުރި މައްސަލަ އިސްތިއުނާފަށް ހުށަހެޅުން--

"ކުރިއާއަޅާބަލާއިރު [އަޅާފައިވާ ފިޔަވަޅު] އެކަށީގެންވާވަރަށް ވުރެ ލުއި ކަމަށް ގަބޫލުފުޅު ކުރެއްވޭތީ އަލުން ބަލައިދިނުމަށް ހުށަހެޅުއްވީ،" މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން މިދިޔަ ޖުލައި މަހު ހިންގި އޮޕަރޭޝަނެއްގައި މ. އުޖާލާގެ ބަލައި ފާސްކުރި އިރު މީހަކަށް އަނިޔާކުރި މައްސަލައިގައި ހަތް ފުލުހަކު ސަސްޕެންޑް ކުރި އެވެ. އެ މީހުން ސަސްޕެންޑް ކުރި މުއްދަތު މިހާރު ހަމަވެފައި ވިޔަސް އެ މީހުން ވަޒީފާއަކަށް އަދި ނުނެރެ އެވެ.

ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑަޑްސް ކޮމާންޑުން އެ މައްސަލަ ތަހުގީގު ކުރުމަށް ފަހު، މައްސަލައިގައި ގޮތެއް ނިންމުމަށް ހުށަހެޅީ ޑިސިޕްލިނަރީ ބޯޑަށެވެ. އެތަނުން ވަނީ އެ ފުލުހުން ޑީމޯޓުކޮށް، ޑިޕާޓްމެންޓު ބަދަލުކޮށް އަދި އަހުލާގީ ކުލަ އާއި މެޑަލް އަތުލުމަށް ނިންމައިފަ އެވެ.

ތަޅައި އަނިޔާކުރާ ވީޑިއޯ ސޯޝަލް މީޑިއާގައި އާންމުވި އެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި އެ ކަމުގައި ހައެއްކަ ފުލުހުން ބައިވެރިވި އެވެ. ނަމަވެސް އެ އޮޕަރޭޝަނުގައި ނުވަ ފުލުހުން އުޅުނެވެ. ފުލުހުން އެ ގެ އަށް ވަނީ މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމުގެ މައުލޫމާތަކާ ގުޅިގެންނެވެ. މަސްތުވާތަކެތީގެ މައްސަލާގައި އެ ގެއިން 36 އަހަރުގެ ބަނގުލަދޭޝް ފިރިހެނަކު ހައްޔަރުކޮށްފައިވެ އެވެ.