Roadha Mihaaru
"ރާއްޖޭގައި ޑްރަގްސް ދައުރުވާ ވަރު މަދުވާނެ"

ޑްރަގސް ދައުރުވާ ވަރު ކުރިއަށްވުރެ މަދުވާނެ: ސީޕީ

16 ސެޕްޓެމްބަރ 2022

މަސްތުވާތަކެއްޗާ ދެކޮޅަށް ކުރާ މަސައްކަތުން، ރާއްޖޭގެ އެތެރޭގައި މަސްތުވާތަކެތި ދައުރުވާ ވަރު ކުރިއަށް ވުރެ މަދުވެފައިވާ ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މަސްތުވާތަކެއްޗާ ދެކޮޅަށް ކުރާ މަސައްކަތުން، ރާއްޖޭގެ އެތެރޭގައި މަސްތުވާތަކެތި ދައުރުވާ ވަރު ކުރިއަށް ވުރެ މަދުވެފައިވާ ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.

ލ. ގަމުގައި ބޭއްވި "ވިއަވަތި" ކޮންފަރެންސްގައި، ދެކުނުގެ ހިސާބުތަކުގައި ޑްރަގާއި ގޭންގުތައް އޮތް ހާލަތު ދައްކުވައިދޭ ޕްރެޒެންޓޭޝަނަށްފަހު ސީޕީ "މިހާރު" އަށް ވިދާޅުވީ މަސްތުވާތަކެއްޗާ ދެކޮޅަށް މީގެ ކުރިން މަސައްކަތްކުރީ "ފަޔަ ފައިޓިން" އުސޫލަކުން ކަމަށެވެ.

ޒަމާންވީ މައްސަލައަށް ހައްލެއް ނުލިބުނީ އެ ސަބަބާ ހުރެ ކަމަށާއި ކުރިއަށް ވުރެ ކަންކަން ރާވައި، ގުޅިގެން މަސައްކަތް ކުރުމުން ގޭންގާއި މަސްތުވާތަކެތީގެ މައްސަލައިގައި ވެސް ހައްލެއް އަންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެ މައްސަލަތައް ހައްލުކުރަން ފުލުހުން އަންނަނީ ކަމާގުޅޭ ފަރާތްތަކާއެކު މަސައްކަތްކުރަމުންނެވެ. އެކަމުގައި، ރާއްޖޭގެ އެތެރެއަށް މަސްތުވާތަކެތި ދައުރުވާ މިންވަރު ވަރަށް މަދުވެފައިވާ ކަމަށް، ޑްރަގްގެ މައްސަލައަށް ހައްލު ހޯދަން އެހެން މަސައްކަތްކުރާ އެހެން އެޖެންސީތަކުން މައުލޫމާތު ދީފައިވާކަން ހަމީދު ފާހަގަކުރެއްވި އެވެ.

"އަޅުގަނޑު ގަބޫލުކުރަނީ ހާއްސަކޮށް މަސްތުވާތަކެއްޗާ ބެހޭ މައްސަލަތަކަށް ފިޔަވަޅު އަޅަން ދައުލަތުގެ މުއައްސަސާތަކުގެ މެދުގައި ވަށާޖެހޭ އެންމެ ރަނގަޅު ނިޒާމެއް އަދިވެސް ނެތުމާ އެކީގައި މިކަން މި ފެތުރިފައި އަދި ވެސް ފުޅާވާން ޖާގަ ދެވެނީ،" ސީޕީ ވިދާޅުވި އެވެ.

ގޭންގުތަކާއި މަސްތުވާތަކެތީގެ މައްސަލަ ބޮޑު ދެކުނުގެ އަތޮޅުތަކަށް ނިސްބަތްވާ 44 ގޭންގް އެބަ އޮތެވެ. އެ ގްރޫޕްތަކުގައި 700 އެއްހާ މެމްބަރުން ތިބިއިރު، އޭގެ ތެރޭގައި 100 ކުޑަކުދިން ވެސް ހިމެނޭ ކަމަށް ފުލުހުން ބުންޏެވެ.

ގޭންގު މާރާމާރީއާ ގުޅިގެން 2007 ވަނަ އަހަރުން ފެށިގެން މިހާތަނަށް 32 މީހަކު މަރާލާފައިވެ އެވެ. އޭގެ ތެރެއިން ދެކުނުގައި ހަ މީހަކު މަރާލާފައިވެ އެވެ. އެ މައްސަލަތަކުގައި 185 މީހުން އަދި 21 ކުޑަކުއްޖަކު ހައްޔަރުކުރި އެވެ.

ސީޕީ ވިދާޅުވީ ޑްރަގް ޓްރެފިކިންގައި އުޅޭ މީހުން އެންމެ ގިނައީ ދެކުނުގައި ކަމަށެވެ. ގިނަ ބަޔަކު ހައްޔަރުކޮށް، ކޯޓަށް މައްސަލަ ފޮނުވައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.

އެ މައްސަލަތައް ހައްލުކުރަން ފުލުހުން އަންނަނީ ކަމާގުޅޭ ފަރާތްތަކާއެކު މަސައްކަތްކުރަމުންނެވެ. އެކަމުގައި، ރާއްޖޭގެ އެތެރެއަށް މަސްތުވާތަކެތި ދައުރުވާ މިންވަރު ވަރަށް މަދުވެފައިވާ ކަމަށް، ޑްރަގްގެ މައްސަލައަށް ހައްލު ހޯދަން އެހެން މަސައްކަތްކުރާ އެހެން އެޖެންސީތަކުން މައުލޫމާތު ދީފައިވާކަން ހަމީދު ފާހަގަކުރެއްވި އެވެ.

"އަޅުގަނޑުމެންނަށް އިނގޭ އެއްޗަކީ އަޅުގަނޑުމެންނާއެކު މަސައްކަތްކުރާ ބޭރުގެ ހާއްސަކޮށް ބައިނަލްއަގުވާމީ ދުނިޔޭގައި ޑްރަގްގެ މައްސަލައަށް ހައްލު ހޯދަން މަސައްކަތްކުރާ އެހެން އެޖެންސީތަކުން ވެސް ދޭ މައުލޫމާތަކީ އަޅުގަނޑުމެން އަޅަން ފަށާފައިވާ ފިޔަވަޅުތައް އަދި މި ސަރަހައްދުގައި ޑްރަގް ޓްރެފިކިންގެ ޓްރެންޑު މި ވަގުތު އޮތް ގޮތަށް ބަލާއިރު ރާއްޖޭގެ އެތެރެއަށް މަސްތުވާތަކެތި ދައުރުވާ މިންވަރު ވަރަށް މަދުވާނެ މިހާރު. ދެން ފެނިގެން މި ދަނީ އެޑިކްޓުން، އެގޮތަށް ތިބޭ ފަރާތްތައް ތަފާތު އެކި ސިމްޕްޓަމްސް އާ ގުޅިގެން އަޅުގަނޑުމެން ކުރިމަތިލާން ޖެހުނު،" ސީޕީ ވިދާޅުވި އެވެ.