Roadha Mihaaru
ގެމަނަފުށި: މަސްތުން ސަލާމަތްވި ފުރަތަމަ ރަށް!

ގެމަނަފުށި: މަސްތުން ސަލާމަތްވި ފުރަތަމަ ރަށް!

11 ސެޕްޓެމްބަރ 2022

ރާއްޖޭގައި މަސްތުވާތަކެތީ ބޭނުން ނުކުރާ ފުރަތަމަ ރަށަކަށް، ގއ. ގެމަނަފުށީ ވެއްޖެ އެވެ.

އާސިމާ ނިޒާރު ލ. ގަމުން އާސިމާ ނިޒާރު

ރާއްޖޭގައި މަސްތުވާތަކެތީ ބޭނުން ނުކުރާ ފުރަތަމަ ރަށަކަށް، ގއ. ގެމަނަފުށީ ވެއްޖެ އެވެ.

ދެކުނުގެ ރަށްތަކަށް ހާއްސަކޮށްގެން ލ. ގަމުގައި މިއަދު ކުރިއަށްގެންދާ "ވިއަވަތި" ކޮންފަރެންސްގައި، ފުލުހުންގެ ފަރާތުން ދެއްކި ޕްރެޒެންޓޭޝަންގައި ބުނީ މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް ފަސް ރަށެއް ކަނޑައެޅި ކަމަށެވެ. ނަމަވެސް އެ ރަށްތަކުގެ ތަފްސީލެއް ނުދެ އެވެ. އެކަމަކު، އެ މަސައްކަތް ކާމިޔާބުވި ކަމަށް ސަރުކާރުން ރަސްމީކޮށް އިއުލާނުކޮށްފައިވާ ފުރަތަމަ ރަށަކީ ގެމަނަފުއްޓެވެ.

ފުލުހުން ބުނީ 1،900 އެއްހާ މީހުން ދިރިއުޅޭ ގެމަނަފުށީގެ މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް ކަމާގުޅޭ ފަރާތްތަކާ ގުޅިގެން ހާއްސަ އޮޕަރޭޝަނެއް ފެށި ކަމަށެވެ.

އެކަމުގެ ތެރެއިން، އެ ރަށަށް މަސްތުވާތަކެތި އެތެރެކޮށް އެ ވިއްކާ ކަމަށް ތުހުމަތުކުރެވޭ މީހާ ވަނީ މި ފަހުން ހައްޔަރުކޮށްފަ އެވެ. އެއާއެކު، ގެމަނަފުއްޓަށް މަސްތުވާތަކެތި އެތެރެކުރުން ހުއްޓިފައިވާ ކަމަށް ބުންޏެވެ.

ވިއަވަތި ކޮންފަރެންސްގައި ހޯމް މިނިސްޓަރު އިމްރާނާއި ފުލުހުންގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ރައީސް އޮފީސް

ވިއަވަތި ކޮންފަރެންސްގައި ހޯމް މިނިސްޓަރު އިމްރާނާއި ފުލުހުންގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ރައީސް އޮފީސް

ކުށް މަދު ރަށަކަށް ވި ނަމަވެސް ގެމަނަފުށީގައި މަސްތުވާތަކެތި ބޭނުންކުރާ ވިއްސަކަށް ޒުވާނުން ތިއްބެވެ.

އެ ޕްރެޒެންޓޭޝަނުގައި ބުނީ މަސްތުވާތަކެތި ލިބުން ހުއްޓުމުން އެ މީހުން ބަލިވެ، ސިއްހީ މަރުކަޒުގައި އެޑްމިޓުކޮށްގެން ފަރުވާ ދޭން ޖެހުނު ކަމަށެވެ. އެކަމަށް ދާއިމީ ހައްލެއް ހޯދުމަށް ފުލުހުންގެ ޑްރަގް އެންޑް އެންފޯސްމަންޓް ޑިޕާޓްމަންޓް (ޑީއީޑީ) ގެ ޓީމެއް ގެމަނަފުއްޓަށް ޒިޔާރަތްކުރި ކަމަށާއި އެ ވާހަކަތަކުން އެ ޒުވާނުން އަނބުރާ މުޖުތަމައުއަށް އަންނަން ބޭނުންވާ ކަން އެނގުނު ކަމަށް، ޕްރެޒެންޓޭޝަންގައި ވާހަކަދެއްކެވި ގެމަނަފުށީ ޕޮލިސް އޮފިސަރު ވިދާޅުވި އެވެ.

"ދެން ބެލީ އަނބުރާ މުޖުތަމައުއަށް ގެނެވޭތޯ. އެ މީހުން ރަނގަޅުވެދާނެ ކަމަކަށް ގަބޫލެއް ނުކުރޭ،" އޭނާ ބުންޏެވެ.

އެ ޕްރެޒެންޓޭޝަންގައި ވަނީ ގެމަނަފުށީގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތި ބޭނުންކުރާ ކަމަށް ތުހުމަތުކުރާ ދެ މީހެއްގެ ވާހަކަތައް ގެނެސްދީފަ އެވެ. އެ ތަނުން އެކަކަކީ ޒުވާން ކެޔޮޅުގެ އެވޯޑު ހޯދާފައިވާ ހަސަން މަނިކެވެ.

އޭނާ ބުނީ މަސްތުވާތަކެތީގެ ވަބާގައި ޖެހުމުގެ ސަބަބުން ރަނގަޅަށް މަސްވެރިކަމުގައި ނޫޅެވޭ ކަމަށެވެ.

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ޑްރަގްސްތަކެއް ނައްތާލަނީ: މަސްތުވާތަކެތީގެ މައްސަލަ ވަރަށް ބޮޑު.-- ފޮޓޯ: ނިޝާން އަލީ/މިހާރު

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ޑްރަގްސްތަކެއް ނައްތާލަނީ: މަސްތުވާތަކެތީގެ މައްސަލަ ވަރަށް ބޮޑު.-- ފޮޓޯ: ނިޝާން އަލީ/މިހާރު

މަސްތުން މީހާ އެއްކޮށް ސަލާމަތްވުމަށް ފަރުވާ ހޯދަމުން އަންނަ ކަމަށާއި އެ ގޮތަށް މަސައްކަތް ކޮށްގެން ވަރަށް އަވަހަށް ސަލާމަތްވާނެ ކަމަށް އޭނާ ބުންޏެވެ.

މިއީ ނުވާނެ ކަމެއް ނޫން

ގެމަނަފުށީ ކައުންސިލްގެ ރައީސް އިބްރާހިމް ނާޝިދު "މިހާރު" އަށް ވިދާޅުވީ މަސްތުން ސަލާމަތްވުމަށް ރަށުގެ އެކި އިދާރާތައް ގުޅިގެން ކޮމިޓީއެއް ކަނޑައެޅި ކަމަށެވެ. އެ ކަން ކާމިޔާބުވީ ހަތަރު މަސް ދުވަހުގެ މަސައްކަތުން ކަމަށް އޭނާ ވިދާޅުވި އެވެ.

"މަސްތުވާތަކެތި ވިއްކުން އެއްކޮށް ހުއްޓުނީ މި. ގައިމު ވެސް މިހާރު ގެމަނަފުށިން [މަސްތުވާތަކެތި] ގަންނާކަށް ނުލިބޭނެ މިހާރު،" ނާޝިދު ވިދާޅުވި އެވެ.

"މިހާރު ހިތްހަމަޖެހޭނެ. ރަށަށް އަރާ ކޮންމެ މީހަކަށް ވެސް ފެންނާނީ އެ މަންޒަރު،"