Roadha Mihaaru
އޮޕަރޭޝަންގެ އޮފިސަރުންނާ ހަމީދު ބައްދަލުކުރައްވައިފި

ރޭގެ އޮޕަރޭޝަންގައި ބައިވެރިވި އޮފިސަރުންނާ ސީޕީ ހަމީދު ބައްދަލުކުރައްވައިފި

06 ޖުލައި 2019

މާފަންނު ގެއެއްގެ ތެރެއިން މީހަކު ހައްޔަރު ކުރުމަށް ފަހު، އެ މީހާ އަށް ފުލުހުންތަކެއް ރޭ އަނިޔާ ކޮށްފައިވާއިރު، އެ މީހާ އަތުލައިގަތް އޮޕަރޭޝަންގައި ބައިވެރިވި އޮފިސަރުންނާ ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ބައްދަލުކުރައްވައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

މާފަންނު ގެއެއްގެ ތެރެއިން މީހަކު ހައްޔަރު ކުރުމަށް ފަހު، އެ މީހާ އަށް ފުލުހުންތަކެއް ރޭ އަނިޔާ ކޮށްފައިވާއިރު، އެ މީހާ އަތުލައިގަތް އޮޕަރޭޝަންގައި ބައިވެރިވި އޮފިސަރުންނާ ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ބައްދަލުކުރައްވައިފި އެވެ.

ސޯޝަލް މީޑިއާގައި ދައުރުވާ ވީޑިއޯއަކުން ފެންނަ ގޮތުގައި މާފަންނު ގެއެއްގެ ތެރޭގައި ހުއްޓައި ހައްޔަރުކުރި މީހަކަށް، ކުލަ ހެދުމުގައި ތިބި ފުލުހުންގެ ބަޔަކު ދިޔައީ ވަރަށް ބޮޑަށް އަނިޔާ ކުރަމުންނެވެ. ވީޑިއޯގައި، އެ މީހާގެ ގައިގައި ކޮޅުފައިންނާއި ގާބުރިއަކުން ތަޅަ އެވެ. އަދި އަނިޔާވާ ގޮތަށް ބިންމައްޗަށް ވައްޓައި ގައިގެ އެކި ތަންތަނުގައި ތަޅާ މަންޒަރު އެ ވީޑިއޯ އިން ފެނެ އެވެ.

ފުލުހުން މީހަކަށް އަނިޔާ ކުރަނިކޮށް ނަގާފައިވާ ވީޑިއޯގެ ސްކްރީން ޝޮޓެއް--

ފުލުހުން މީހަކަށް އަނިޔާ ކުރަނިކޮށް ނަގާފައިވާ ވީޑިއޯގެ ސްކްރީން ޝޮޓެއް--

ޕޮލިސް ކޮމިޝަނަރު ހަމީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރޭގެ އޮޕަރޭޝަންގައި ބައިވެރިވި އޮފިސަރުންގެ ގްރޫޕާ އޭނާ މިއަދު ބައްދަލު ކުރެއްވި ކަމަށެވެ. އަދި ފުލުހުންގެ ޕްރޮފެޝަނަލް ސްޓެންޑާޑްސް ކޮމާންޑް (ޕީއެސްސީ) އިން އެ މައްސަލައިގައި އެތެރޭގެ ތަހުގީގެއް ކުރުމަށް ނިންމާފައިވާ ކަމަށް ސީޕީ ވިދާޅުވި އެވެ.

ހަމީދު މިއަދު ކުރެއްވި ޓުވީޓު.

ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އާއި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އިން މިކަމުގައި މިނިވަން ތަހުގީގެއް ކުރަމުން އަންނަ ކަމަށް ހަމީދު ވިދާޅުވި އެވެ.

"މި ހުރިހާ ތަހުގީގުތަކަށް އަޅުގަނޑާއި ފުލުހުންގެ މުޅި އެގްޒެކެޓިވް ޓީމުގެ ފުރިހަމަ އެއްބާރުލުން ލިބޭނެ. މިފަދަ ލާއިންސާނީ އަމަލުތަކަށް ޓޮލެރޭޓެއް ނުކުރެވޭނެ،" ހަމީދު ވިދާޅުވި އެވެ.

ފުލުހުން ރޭ އަނިޔާ ކުރީ، މަސްތުވާތަކެތި ޓްރެފިކްކުރާ ކަމުގެ ތުހުމަތުގައި މ. އުޖާލާގެ އަށް ވަދެ ބަލައި ފާސްކުރުމުގެ ތެރޭގައި އެ ގޭގައި ހުރި މީހަކަށެވެ. ފުލުހުން ބުނި ގޮތުގައި އެ ގެ އަށް ފުލުހުން ވަދެފައި ވަނީ ރޭ 7:30 ހާއިރު އެވެ.

މި އޮޕަރޭޝަން ހިންގުމުގައި ބައިވެރިވެ، އެމީހާ އަށް އަނިޔާ ކުރި ފުލުހުންގެ އޮފިސަރުން ސަސްޕެންޑް ކުރުމަށް ޕޮލިސް ކޮމިޝަނަރު ވަނީ ނިންމަވައިފަ އެވެ.