Roadha Mihaaru
ދިވެހި ހާޖީންނަށް މަބްރޫރު ހައްޖަކަށް ރައީސް އެދިވަޑައިގެންފި

ދިވެހި ހާޖީންނަށް މަބްރޫރު ހައްޖަކަށް ރައީސް އެދިވަޑައިގެންފި

09 ސެޕްޓެމްބަރ 2016

މި އަހަރުގެ ހައްޖުގެ އަޅުކަމުގައި ބައިވެރިވާ ދިވެހި ހުރިހާ ހައްޖުވެރިންނަށް މަބްރޫރު ހައްޖަކަށް ރައީސް އަބްދުﷲ ޔާމީން އެދިވަޑައިގެންފި އެވެ.

އަހުމަދު އަބުދުﷲ ސައީދު އަހުމަދު އަބުދުﷲ ސައީދު

މި އަހަރުގެ ހައްޖުގެ އަޅުކަމުގައި ބައިވެރިވާ ދިވެހި ހުރިހާ ހައްޖުވެރިންނަށް މަބްރޫރު ހައްޖަކަށް ރައީސް އަބްދުﷲ ޔާމީން އެދިވަޑައިގެންފި އެވެ.

ހައްޖުވެރިންނަށް މަބްރޫރު ހައްޖަކަށް، ރައީސް ޔާމީން އެދިވަޑައިގަންނަވާ ކަން ހާމަކުރެއްވީ، ދިވެހި ހައްޖުވެރިންގެ އަމީރުލް ހައްޖުގެ ގޮތުގައި ވަޑައިގެން ހުންނެވި، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް މުހައްމަދު، ރޭ ދިވެހި ބައެއް ހައްޖުވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް، ހައްޖު ކޯޕަރޭޝަންގެ ހައްޖުވެރިން ތިބޭ ހޮޓަލަށް ވަޑައިގެން ހައްޖުވެރިންނާ ބައްދަލު ކުރައްވައި ފޮޓޯ ނަންގަވަނީ. --މިހާރު ފޮޓޯ އަހްމަދު އަބްދުﷲ ސައީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް، ހައްޖު ކޯޕަރޭޝަންގެ ހައްޖުވެރިން ތިބޭ ހޮޓަލަށް ވަޑައިގެން ހައްޖުވެރިންނާ ބައްދަލު ކުރައްވައި ފޮޓޯ ނަންގަވަނީ. --މިހާރު ފޮޓޯ އަހްމަދު އަބްދުﷲ ސައީދު

މަސީހް ބައްދަލުކުރެއްވީ ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި މި އަހަރު ހައްޖަށް އައިސް ތިބި ހައްޖުވެރިންނާ އެވެ. މި ބައްދަލު ކުރެއްވުން އޮތީ އެ ހައްޖުވެރިން މައްކާގައި ތިބޭ ރިފާއުއް ސައްދު ހޮޓަލުގަ އެވެ. އެ ހޮޓަލަށް ވަޑައިގެން ވަކިވަކިން ހައްޖުވެރިންނާ ބައްދަލު ކުރައްވައި، ހާލު އޮޅުން ފިލުއްވައި ހުރިހާ ހައްޖުވެރިންނަށް ވެސް މަބްރޫރު ހައްޖަކަށް އެދިވަޑައިގަތެވެ.

"ދިވެހިރާއްޖޭގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ދިވެހި ހުރިހާ ހައްޖާޖީންނަށް، ޚާއްސަކޮށް މިހާރު ހައްޖު ކޯޕަރޭޝަންގެ ބޭފުޅުންނަށް މިވަގުތު ދެންނެވޭ ކަމަށް ވަންޏާ، ހެޔޮ އެދުންތައް ފޮނުއްވައި އަދި މަބްރޫރު ހައްޖަކަށް އެދިވަޑައިގަންނަވާ،" މަސީހް ވިދާޅުވި އެވެ.

"އަދި އަޅުގަނޑު ރައްޔިތުންގެ މަޖިލީހުގެ ހައިސިއްޔަތެއް ވެސް އޮތުމާ އެކު މި ފުރުސަތުގައި ރައްޔިތުންގެ މަޖިލީހުގެ ހުރިހާ މެމްބަރުންގެ ނަންފުޅުގަޔާއި އަޅުގަނޑުގެ އަމިއްލަ ނަމުގައި ދިވެހި ހުރިހާ ހައްޖާޖީންނަށް، އަދި މި ތަނުގައި ހުރެގެން ހައްޖު ކޯޕަރޭޝަންގެ ފަރާތުން މިކޮޅަށް ގެންނެވި ހުރިހާ ހައްޖާޖީންނަށް ތަހުނިޔާ އާއި ހެޔޮ އެދުންތައް ރައްދުކޮށް، އަޅުގަނޑުމެންގެ ހުރިހާ އެންމެންގެ ފަރާތުން ހުރިހާ ދިވެހި ހައްޖާޖީންނަށް މަބްރޫރު ހައްޖަކަށް ވެސް އެދޭ ވާހަކަ ދަންނަވާލަން."

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް، ހައްޖު ކޯޕަރޭޝަންގެ ހައްޖުވެރިން ތިބޭ ހޮޓަލަށް ވަޑައިގެން ހައްޖުވެރިންނާ ބައްދަލު ކުރައްވައި ފޮޓޯ ނަންގަވަނީ. --މިހާރު ފޮޓޯ އަހްމަދު އަބްދުﷲ ސައީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް، ހައްޖު ކޯޕަރޭޝަންގެ ހައްޖުވެރިން ތިބޭ ހޮޓަލަށް ވަޑައިގެން ހައްޖުވެރިންނާ ބައްދަލު ކުރައްވައި ފޮޓޯ ނަންގަވަނީ. --މިހާރު ފޮޓޯ އަހްމަދު އަބްދުﷲ ސައީދު

މަސީހް ވިދާޅުވީ އަޅުކަމުގެ ކަންތައް ކުރުމުގައި ހައްޖުވެރިންނަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން ސައޫދީ ސަރުކާރުން ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނާތީ އެކަމަށްޓަކައި އެ ސަރުކާރަށް ޝުކުރު އަދާކުރާ ކަމަށެވެ.

"އަދި ޚާއްސަކޮށް މިފަހަރު ދިވެހިރާއްޖެ އަށް 2،000 ޖާގަ ދެއްވި ކަމަށްޓަކައި އެކަން ފާހަގަކޮށް ސައޫދީ ރަސްގެފާނަށް ދިވެހި ސަރުކާރުގެ ނަމުގައި، އިއްޒަތްތެރި ރައީސުލް ޖުމްހޫރިއްޔާގެ ނަންފުޅުގައި އަދި ހުރިހާ ހައްޖާޖީންގެ ނަންފުޅުގައި އަދި ހުރިހާ ދިވެހި ލޮބުވެތި ރައްޔިތުންގެ ނަމުގައި މި ފުރުސަތުގައި ސައޫދީ ރަސްގެފާނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން،" މަސީހު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް، ހައްޖު ކޯޕަރޭޝަންގެ ހައްޖުވެރިންނާ ބައްދަލު ކުރެއްވުމަށް ފަހު ރޭގަނޑުގެ ފަރިއްކޮޅަށް އިންސާފު ކުރައްވަނީ --މިހާރު ފޮޓޯ އަހްމަދު އަބްދުﷲ ސައީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް، ހައްޖު ކޯޕަރޭޝަންގެ ހައްޖުވެރިންނާ ބައްދަލު ކުރެއްވުމަށް ފަހު ރޭގަނޑުގެ ފަރިއްކޮޅަށް އިންސާފު ކުރައްވަނީ --މިހާރު ފޮޓޯ އަހްމަދު އަބްދުﷲ ސައީދު

އެމަނިކުފާނު ވިދާޅުވީ ދިވެހި ހައްޖާޖީންނަށް އިތުރު ޖާގަ ހޯއްދަވައިދެއްވުމަށްޓަކައި ރައީސް ޔާމީން ކުރެއްވި މަސައްކަތްޕުޅަށް ޝުކުރު ދަންނަވާ ކަމަށެވެ. އަދި ރައީސް ޔާމީން އިސް ނަންގަވައިގެން ދިވެހި ރާއްޖެ އާއި ސައޫދީ ސަރުކާރާ ދެމެދު އަދި ޚާއްސަކޮށް ސައޫދީގެ ޝާހީ އާއިލާއާ އެކު ބަދަހި ގުޅުމެއް ބޭއްވުމަށް ކުރައްވަމުންދާ މަސައްކަތުގެ ނަތީޖާ ފެންނަމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.

މި ބައްދަލުކުރެއްވުމަށް ފަހު، ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ޔާމީން އިދުރީސް ވިދާޅުވީ އަމީރުލް ހައްޖުގެ ހައިސިއްޔަތުން މަސީހު ވަޑައިގެން، އެ ކުންފުނީގެ ހަވާލުގައި އައިސް ތިބި ހައްޖުވެރިންނާ ބައްދަލު ކުރައްވައި ހާލުއަހުވާލު އޮޅުންފިލުއްވީތީ ވަރަށް ބޮޑަށް އުފާ ކުރައްވާ ކަމަށެވެ. އަދި އެ ކުންފުނީގެ ހުރިހާ ހައްޖުވެރިންގެ ނަމުގައި މަސީހަށް ޝުކުރު ދެންނެވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް، ހައްޖު ކޯޕަރޭޝަންގެ ހައްޖުވެރިން ތިބޭ ހޮޓަލަށް ވަޑައިގެން ހައްޖުވެރިންނާ ބައްދަލު ކުރައްވަނީ. --މިހާރު ފޮޓޯ އަހްމަދު އަބްދުﷲ ސައީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް، ހައްޖު ކޯޕަރޭޝަންގެ ހައްޖުވެރިން ތިބޭ ހޮޓަލަށް ވަޑައިގެން ހައްޖުވެރިންނާ ބައްދަލު ކުރައްވަނީ. --މިހާރު ފޮޓޯ އަހްމަދު އަބްދުﷲ ސައީދު

އަމީރުލް ހައްޖުގެ ހައިސިއްޔަތުން، ދިވެހި އެހެން ހައްޖުވެރިންނާއެކު މިއަދުގެ ވަގުތެއްގައި މަސީހް ބައްދަލު ކުރައްވާނެ އެވެ. އެއީ ޒައީމާ ގުރޫޕާއި މިނާ ގުރޫޕާއި ސިސިލްފަރު ގުރޫޕާއި އެކްރޯ ގުރޫޕުގެ އިތުރުން ހަރަމައިން ގުރޫޕުގެ ހަވާލުގައި ހައްޖަށް އައިސް ތިބި ހައްޖުވެރިންނެވެ.

ރާއްޖެއިން ހައްޖަށް އައި 2000 މީހުންގެ ތެރެއިން، ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި އައިސް ތިބި 1000 މީހުން، މިނާ އަށް ދިއުމަށްޓަކައި މިރޭ މައްކާ އިން ފުރާނެ އެވެ. އަދި އެހެން ގްރޫޕްތަކުގެ ހައްޖުވެރިން މާދަމާގެ ފަތިހާއި ހެނދުގެ އެކި ވަގުތުތަކުގައި މިނާ އަށް ދިއުމަށް ފުރާނެ އެވެ.

ހައްޖު މަހުގެ އަށް ވަނަ ދުވަހު (ޔައުމުއް ތަރުވިޔާ) ހައްޖުވެރިން ތިބޭނީ މިނާގަ އެވެ. އަދި ނުވަ ވަނަ ދުވަހު (އަރަފާތު ނުވަތަ ހައްޖު ދުވަހު) އަރަފާތަށް ގޮސް އެ ދުވަހުގެ އިރު އޮއްސުމާ ހަމައަށް ހައްޖުވެރިން ތިބޭނީ އަރަފާތު ބިމުގަ އެވެ. އަރަފާތު ދުވަހުގެ އިރު އޮއްސުމާ އެކު ހުރިހާ ހައްޖުވެރިން ވެސް މުޒްދަލިފާ އަށް ދިއުމަށް އަރަފާތު ބިމުން ފުރާނެ އެވެ. އީދު ވިލޭރޭ މުޒްދަލިފާގައި ރޭ ކުރުމަށް ފަހު އީދު ދުވަހު ހައްޖުވެރިން ދާނީ މިނާއަށެވެ.