Roadha Mihaaru
ޖަލުގެ ހަމަނުޖެހުމުގެ ރިޕޯޓު އެޗްއާރްސީއެމުން މަޖިލީހަށް

ޖަލުގެ ހަމަނުޖެހުމާ ގުޅޭގޮތުން އެޗްއާރުސީއެމްގެ ރިޕޯޓު މަޖިލީހަށް

24 ޖޫން 2019

މިދިޔަ ބުރާސްފަތި ދުވަހު ކ. މާފުށީ ޖަލުގައި ހިނގި ހަމަނުޖެހުން ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން ތަހުގީގުކޮށް ތައްޔާރު ކުރި ރިޕޯޓު، ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް މިއަދު ހުށަހަޅައިފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

މިދިޔަ ބުރާސްފަތި ދުވަހު ކ. މާފުށީ ޖަލުގައި ހިނގި ހަމަނުޖެހުން ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން ތަހުގީގުކޮށް ތައްޔާރު ކުރި ރިޕޯޓު، ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް މިއަދު ހުށަހަޅައިފި އެވެ.

އެޗްއާރުސީއެމުން ބުނީ ޖަލުގެ ހަތަރު ވަނަ ޔުނިޓުގައި ހިނގި ހަމަނުޖެހުމާ ގުޅިގެން، ބަންދު މީހުންނަށް ޖަލުގައި އަނިޔާ ކުރާކަމަށް ބުނެ ފަސް ފަރާތަކުން އެ ކޮމިޝަނަށް ގުޅައި މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ. އަދި އެޗްއާރުސީއެމުން އެކަން ތަހުގީގުކުރީ ހައްސާސް މައްސަލައެއްގެ ގޮތުގައި ކަމަށް ބުންޏެވެ.

އެޗްއާރުސީއެމުން ބުނިގޮތުގައި ގާނޫނު އަސާސީ އާއި އދ.ގެ މުއާހަދާތަކުގެ ދަށުން، ހަމަނުޖެހުމުގެ މައުލޫމާތު ލިބުނު ވަގުތުން ފެށިގެން އެތަނުގެ "ރެޕިޑް ރެސްޕޯންސް ޓީމާ"އި ތަހުގީގު ޓީމުން ވަނީ މަސައްކަތް ފަށައިފަ އެވެ.

ޖަލުގެ އޮފިސަރަކާއި ހަ ގައިދީނަށް އަނިޔާވި އެ ހަމަނުޖެހުން އެޗްއާރުސީއެމުން ކުރިން ވަނީ ކުށްވެރިކޮށްފަ އެވެ.

ގައިދީންތަކަކާ މެދުގައި ހިންގި ލާއިންސާނީ އަނިޔާތަކުގެ މައުލޫމާތު ހޯދަން މަޖިލިހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަ ކޮމިޓީން ކަމާ ގުޅޭ ފަރާތްތަކުގެ ރިޕޯޓުތައް ހޯދަން ވަނީ ނިންމާފަ އެވެ.

ޖަލުގައި ހަމަނުޖެހުން ހިނގީ ޝަރީއަތްތައް ނިމެންދެން މީހުން ބަންދުކޮށްފައި ތިބޭ ޔޫ ހަތަރެއްގަ އެވެ. ޖަލަށް ވެއްދުން މަނާ އެއްޗެއް ގެނެސްދޭން އޮފިސަރަކު ދެކޮޅު ހެދުމުން ދަގަނޑުބުރިއަކުން އޭނާ އަށް ފުރަތަމަ ހަމަލާދިނީ ގައިދީ އެވެ. އޭގެ ބަދަލު ހިފުމެއްގެ ގޮތުން އިމަޖެންސީ ސަޕޯޓް ގްރޫޕް (އީއެސްޖީ)ގެ އޮފިސަރުން ގޮޅިތަކަށް ވަދެ ގައިދީންގެ ގައިގައި ތަޅައި އަނިޔާކުރީ އެވެ. ހަ ގައިދީއަކަށް އެކިވަރުގެ އަނިޔާވި އެވެ. އެ ހަމަނުޖެހުމުގެ ތެރޭގައި ބައެއް ގައިދީންގެ ބޯ ތުނިކޮށް ކޮށާލި އެވެ. އެ މައްސަލައާ ގުޅިގެން، އީއެސްޖީގެ ކޮމާންޑަރު ވަނީ ސަސްޕެންޑްކޮށްފަ އެވެ.