Roadha Mihaaru
ފާރިސް ޖަލުގައި އެއް މަސް، މައުމޫން ހިތްހަމަނުޖެހިއްޖެ

ފާރިސްގެ މައްސަލާގައި އެއްވެސް ބައެއްގެ ބަހާއި އަމަލު ދިމަލެއް ނުވޭ: މައުމޫން

18 އޯގަސްޓް 2017

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ޖަލުގައި މަސް ދުވަސް ވަންދެން އޮންނަވަން ޖެހުމުން އޭނާގެ ބައްޕާފުޅު އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ކަންބޮޑުވުން ފާޅުކުރައްވައި، ކަމާގުޅޭ މިނިވަން މުއައްސަސާތަކަށް ގިނަ ސުވާލުތަކެއް މިރޭ ކުރިމަތިކުރައްވައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ޖަލުގައި މަސް ދުވަސް ވަންދެން އޮންނަވަން ޖެހުމުން އޭނާގެ ބައްޕާފުޅު އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ކަންބޮޑުވުން ފާޅުކުރައްވައި، ކަމާގުޅޭ މިނިވަން މުއައްސަސާތަކަށް ގިނަ ސުވާލުތަކެއް މިރޭ ކުރިމަތިކުރައްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމަށް ހުށަހެޅި މައްސަލައިގައި މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދިން ކަމަށް ބުނެ ފާރިސްގެ މައްޗަށް ކުރާ ތުހުމަތުތަކާ ގުޅިގެން، ކޯޓު އަމުރެއްގެ ދަށުން ފާރިސް ހައްޔަރުކޮށްފައި ވަނީ މިދިޔަ މަހުގެ 18 ގައި އޭނާ ދިރިއުޅުއްވާ ގޭގައި ހުންނަވަނިކޮށެވެ. އަދި އެ މައްސަލައިގެ ޝަރީއަތް ނިމެންދެން އޭނާ ވަނީ ބަންދުކޮށްފަ އެވެ.

އިދިކޮޅު އިއްތިހާދުގެ ޖަލްސާއެއްގައި މައުމޫން ބައިވެރިވެވަޑައިގަންނަވަނީ.---މިހާރު ފޮޓޯ: ހުސެއިން ވަހީދު

އިދިކޮޅު އިއްތިހާދުގެ ޖަލްސާއެއްގައި މައުމޫން ބައިވެރިވެވަޑައިގަންނަވަނީ.---މިހާރު ފޮޓޯ: ހުސެއިން ވަހީދު

މައުމޫން މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ފާރިސް ޖަލުގައި ބަންދުކޮށްފައި ހުންނެވީ އެއްވެސް ހެއްކެއް އަދި ގަރީނާއެއް ނެތި ކަމަށެވެ. އެކަމާ މެދު ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އާއި މަޖިލީހުން އެއްވެސް ވަރަކަށް އަޅާނުލަނީ ކީއްވެތޯ އެމަނިކުފާނު ސުވާލު ކުރެއްވި އެވެ.

މައުމޫން ކުރެއްވި ޓުވީޓު.

މީގެ އިތުރުން ދޫނިދޫ ޖަލުގައި ހުންނެވި ފާރިސްއާ މެދު ބައިނަލްއަގުވާމީ ފަރާތްތަކުން އަޅާލަމުންދޭތޯ މައުމޫން ސުވާލު ކުރެއްވި އެވެ. އެއްވެސް ބަޔަކު އެކަމާ ދެކޮޅަށް އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާ ކަމަށާއި އެ ފަރާތްތަކުގެ ބަހާއި އަމަލާ ދިމާ ނުވާ ކަމަށް މައުމޫން ވިދާޅުވި އެވެ.

މެމްބަރުންނަށް ރިޝްވަތު ދޭން އުޅުމުގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވާ ފާރިސް އަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފުލުހުން ވަނީ ފޮނުވައިފަ އެވެ.

ފާރިސް ބަންދުކުރި މައްސަލަ އޭނާގެ ފަރާތުން އިސްތިއުނާފް ކޮށްފައިވާއިރު، އެ މައްސަލައިގެ އަޑުއެހުންތައް ހައި ކޯޓުން މިހާރު ވަނީ ނިންމާލައިފަ އެވެ. ފާރިސް ހައްޔަރުު ކުރި މައްސަލާގައި އިދިކޮޅު ފަރާތްތަކުންނާއި ބޭރުގެ ބައެއް ގައުމުތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ފާރިސް އަށް ދައުވާކުރަން ފޮނުވިއިރު، ވެރިކަން ކުރާ ޕީޕީއެމްގެ ދިދަ އާއި ލޯގޯ ގަވާއިދާ ޚިލާފަށް ބޭނުންކުރި ކަމަށް ބުނެ ޝަހްސު އޮޅުވާލުމުގެ ދައުވާ ފާރިސްގެ މައްޗަށް އުފުލައި، ޝަރީއަތް ދަނީ ހިނގަމުންނެވެ.