Roadha Mihaaru
ފާރިސް އަށް އަނިޔާ ދޭއިރު ޒިންމާއެއްނުއުފުލާ: މައުމޫން

ފާރިސް އަށް ނުހައްގު އަނިޔާދޭއިރު މުއައްސަސާތަކުން ޒިންމާއެއް ނުއުފުލާ: މައުމޫން

05 އޮކްޓޯބަރ 2017

ދަރިކަލުން، ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫން ނުހައްގުން ބަންދުކޮށް އަނިޔާދެމުންދާއިރު ވެސް ސަރުކާރުގެ ކަމާގުޅޭ އެއްވެސް މުއައްސަސާއަކުން ޒިންމާނުއުފުލާ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ރޭ ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ދަރިކަލުން، ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫން ނުހައްގުން ބަންދުކޮށް އަނިޔާދެމުންދާއިރު ވެސް ސަރުކާރުގެ ކަމާގުޅޭ އެއްވެސް މުއައްސަސާއަކުން ޒިންމާނުއުފުލާ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ރޭ ވިދާޅުވެއްޖެ އެވެ.

ރިޝްވަތުގެ ތުހުމަތުކޮށް، ޝަރީއަތް ނިމެންދެން މާފުށީ ޖަލުގައި ބަންދުކޮށްފައިވާ ފާރިސްއާ ބައްދަލުކުރެއްވުމަށް ފަހު މައުމޫން ފޭސްބުކްގައި ވިދާޅުވީ ފާރިސް ހުންނެވީ ވަރަށް ސާބިތުކަމާ އެކުގައި ކަމަށެވެ. ކުށަކާ ނުލައި އޭނާ ބަންދުކޮށްފައި ހުރުމަކީ ކިހާ ބޮޑު އަނިޔާއެއްތޯ ވެސް މައުމޫން ވަނީ ސުވާލު އުފައްދަވައިފަ އެވެ.

ފާރިސްގެ ބަންދުގެ މައްސަލަ އިސްތިއުނާފްކުރަން ހައި ކޯޓަށް ހުށަހެޅުމުން އަޑުއެހުންތައް ނިންމާލިތާ ވެސް 56 ދުވަސް ވެފައިވާ ކަން މައުމޫން ފާހަގަކުރައްވާފައިވެ އެވެ.

ކްރިމިނަލް ކޯޓުން ނިކުމެވަޑައިގެން ފުލުހުންގެ ވެހިކަލަކަށް ފާރިސް އަރުއްވަނީ-- މިހާރު ފޮޓޯ

ކްރިމިނަލް ކޯޓުން ނިކުމެވަޑައިގެން ފުލުހުންގެ ވެހިކަލަކަށް ފާރިސް އަރުއްވަނީ-- މިހާރު ފޮޓޯ

"ހުކުމެއް ނުކުުރައްވާ، ކުއްލިއަކަށް ފެނުނީ ގަވާއިދާ ޚިލާފަށް ކޯޓުގެ ބެންޗު ބަދަލުކުރެއްވި ތަން. އެކަން ބާތިލްކޮށްދިނުމަށާއި މައްސަލަ އަވަސްކޮށްދެއްވުމަށް ހައި ކޯޓަށް އަމުރުކޮށް ދެއްވުން އެދި ސުޕްރީމް ކޯޓަށް ހުށަހެޅިތާ އެއްމަސް ދުވަހަށް ވުރެ ގިނަ ދުވަސް ވެއްޖެ. އެއްވެސް ޖަވާބެއް ނުދެއްވާ،" މައުމޫން ވިދާޅުވެފައިވެ އެވެ.

މިހާ އަނިޔާވެރިކޮށް ފާރިސްއާ މެދު ކަންކަން ކުރާއިރު ވެސް މުއައްސަސާތަކުން އަޅާލަމުން ނުދާ ކަމަށް ވިދާޅުވެ މައުމޫން ވަނީ ކަންބޮޑުވުންފާޅުކުރައްވައިފަ އެވެ.

ރިޝްވަތު ދިން ކަމަށް ބުނެ ފާރިސް އަށް ދައުވާ އުފުލައި، ކްރިމިނަލް ކޯޓުގައި މިހާރު ވަނީ ޝަރީއަތް ފަށައިފަ އެވެ. މަޖިލީހުުގެ މެމްބަރަކަށް ރިޝްވަތު ދެއްވީ ކޮން ދުވަހަކު ކަން ހޯދިފައިނުވާ ކަމަށް ޝަރީއަތުގެ ފުރަތަމަ އަޑުއެހުމުގައި ދައުލަތުން ކްރިމިނަލް ކޯޓުގައި ވަނީ ބުނެފަ އެވެ.