19 ޖޫން 2019
ބަޣުދާދު (ޖޫން 19) - އިރާގުގެ ދެކުނުގެ ބަސަރާގައި ބައިނަލްއަގުވާމީ ވަރަށް ގިނަ ތެޔޮ ކުންފުނިތަކުގެ އޮފީސް ހުންނަ ހެޑްކުއާޓަރަށް ރޮކެޓް ހަމަލާއެއް ދީފި އެވެ.
ބަޣުދާދު (ޖޫން 19) - އިރާގުގެ ދެކުނުގެ ބަސަރާގައި ބައިނަލްއަގުވާމީ ވަރަށް ގިނަ ތެޔޮ ކުންފުނިތަކުގެ އޮފީސް ހުންނަ ހެޑްކުއާޓަރަށް ރޮކެޓް ހަމަލާއެއް ދީފި އެވެ.
މި ހަމަލާގައި މަސައްކަތު ތިން މީހަކު ވަނީ ޒަޚަމްވެފަ އެވެ. އިރާގު ފުލުހުން ބުނީ ރޮކެޓް ހަމަލާ އަރާފައި ވަނީ ބަސަރާގެ ހުޅަނގުގައި ހުންނަ ބުރްޖެސިއާ ރެސިޑެންޝަލް އިމާރާތަކާއި އޮޕަރޭޝަންސް ހެޑްކުއާޓަރަށް ކަމަށެވެ. އެއީ އެމެރިކާގެ އެކްޒޮންމޯބިލް، ހޮލެންޑުގެ ރޯޔަލް ޑަޗް ޝެލް އަދި އިޓަލީގެ އެންސީ ސްޕާ ކުންފުނީގެ ހެޑްކުއާޓަރު ހުންނަ ސަރަހައްދެވެ.
ހަމަލާއާ ގުޅިގެން ބައެއް ކުންފުނިތަކުގެ ހެޑްކުއާޓަރުން މީހުން ވަނީ ހުސްކޮށްފަ އެވެ. ނަމަވެސް ބަސަރާގައި ތެޔޮ އުފެއްދުމުގެ އޮޕަރޭޝަނަށް ހުއްޓުމެއް އައިސްފައެއް ނުވެ އެވެ.
އީރާނުގެ ފަރާތުން ނުރައްކާތައް ލިބެމުންދާ ކަމަށް ބުނެ އެމެރިކާ އިން މިދިޔަ މަހު ވަނީ ބަޣުދާދުގައި ހުންނަ އެ ގައުމުގެ އެމްބަސީން ޑިޕްލޮމެޓިކް މުވައްޒަފުން ހުސްކޮށްފަ އެވެ.
މިދިޔަ ބުރާސްފަތި ދުވަހު ވަނީ ގަލްފް އޮފް އޮމާންގައި ތެޔޮ ޓޭންކަރެއްގައި އެއްޗެއް ގޮއްވާލައިފަ އެވެ. މެއި މަހު ވެސް ވަނީ ހޮރްމޫޒް ކަނޑުއޮޅިއާ ކައިރީގައި ހަތަރު އުޅަނދަކަށް ހަމަލާދީފަ އެވެ. މި ހަމަލާތައް ދިނީ ކޮން ބައެއް ކަމެއް ނޭނގެ އެވެ. އެކަމަކު އެމެރިކާ އިން ތުހުމަތު ކުރަނީ އެއީ އީރާނުގެ ކަމެއް ކަމަށެވެ.
އިރާގުގައި ހުންނަ އެމެރިކާ އެމްބަސީއަށް ރޮކެޓްހަމަލާދީފި
އިރާގު މިސްކިތަށް ދިން ހަމަލާ ތަހުގީގުކުރަން ގޮވާލައިފި
މޫސަލްއާ ކައިރީގައި ހަނގުރާމަ ހޫނުވާން ފަށައިފި
އައިއެސް އިން އިރާގުގެ ކިރްކުކަށް ހަމަލާ ދޭން ފަށައިފި
އައިއެސް އިން ކެމިކަލް ހަމަލާ ދިން މައްސަލަ ބަލަނީ
އަބޫ ޣުރައިބު ޖަލުގެ އަނިޔާގެ ބަދަލަށް 42 މިލިއަން
ޑްރަގް ވިޔަފާރީގެ ހަބަކަށް އިރާގު އެބަ ބަދަލުވޭ: އދ
އިރާގުގައި ސިފައިންގެ މަރުކަޒު ގޮވީ ހަމަލާއަކުން ނޫން
އިރާގު ތެރެއިން ސީރިއާއަށް ވަރުގަދަ ހަމަލާއެއް
އީރާނަށް ހަމަލާ ނުދޭނެ ކަމަކަށް އެމެރިކާއިން ނުބުނި