Roadha Mihaaru
އިރާގު މިސްކިތަށް ދިން ހަމަލާ ތަހުގީގުކުރަން ގޮވާލައިފި

އިރާގުގެ މިސްކިތަށް ދިން ހަމަލާ ތަހުގީގު ކުރަން ގޮވާލައިފި

25 އޮކްޓޯބަރ 2016

ބަޣުދާދު (އޮކްޓޯބަރު 25) - އިރާގުގެ ދެކުނުގެ މިސްކިތަކަށް ދިން ހަމަލާ ތަހުގީގު ކުރުމަށް ހިއުމަން ރައިޓްސް ވޮޗުން ގޮވާލައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ބަޣުދާދު (އޮކްޓޯބަރު 25) - އިރާގުގެ ދެކުނުގެ މިސްކިތަކަށް ދިން ހަމަލާ ތަހުގީގު ކުރުމަށް ހިއުމަން ރައިޓްސް ވޮޗުން ގޮވާލައިފި އެވެ.

މި ހަމަލާގައި ވަނީ އަންހެނުންނާއި ކުޑަކުދިންގެ ތެރޭން 13 މީހުން މަރުވެފަ އެވެ. މަންޒަރު ދުށް މީހުން ބުނި ގޮތުގައި ކިރްކުކުގެ ދެކުނުން 19 މޭލު ދުރުގައި އޮންނަ ދަގޫގު އަވަށަށް ދީފައި ވަނީ ވައިގެ ހަމަލާއެއް ކަމަށް ބެލެވޭ ކަމަށެވެ. އިރާގުގައި އިސްލާމިކް ސްޓޭޓް (އައިއެސް) އާ ދެކޮޅަށް ވައިގެ ހަމަލާ ދޭ އެމެރިކާ ކޯލީޝަނުން ބުނެފައި ވަނީ ދަގޫގަށް ދިން ހަމަލާއާ އެ ފަރާތުން ޒިންމާވާން ނުޖެހޭ ކަމަށެވެ.

އިރާގު ސިފައިން ބުނީ މި ހަމަލާ ތަހުގީގު ކުރަމުންދާ ކަމަށެވެ. އަދި އިރާގު ސިފައިންގެ މަތިންދާ ބޯޓުތަކުން އެ ސަރަހައްދުގައި ހަރަކާތްތެރިވެފައިވާ ކަމަށް ބުނަން ސިފައިންގެ ތަރުޖަމާނަކު ވަނީ ދެކޮޅު ހަދައިފަ އެވެ.

ހިއުމަން ރައިޓްސް ވޮޗުން ބުނީ ކުރުދީ ޓައުނެއް ކަމަށްވާ ދަގޫގުގެ އަލް ޚާނީ މިސްކިތުގެ އަންހެނުން ނަމާދު ކުރާ ބަޔަށް ހަމަލާ ދިން އިރު އެ ތަނުގައި ގިނަ އަދަދަކަށް ޝިއައީ މުސްލިމް އަންހެނުން ތިބި ކަމަށެވެ.

ހަމަލާގައި މަރުވި އަންހެނެއްގެ ކޮއްކޮއަކު ހިއުމަން ރައިޓްސް ވޮޗަށް ބުނީ މިސްކިތަށް ހަމަލާ ދިނުމުގެ ކުރިން އެ ސަރަހައްދުން މަތިންދާ ބޯޓެއްގެ އަޑު އިވިފައިވާ ކަމަށެވެ. އެހެން މީހަކު ބުނެފައި ވަނީ މިސައިލެއްގެ އަޑު ވެސް އިވިފައިވާ ކަމަށެވެ. ހިއުމަން ރައިޓްސް ވޮޗުން ބުނީ ހަމަލާ ދިން ހިސާބުގެ ފޮޓޯތަކާއި ވީޑިއޯތައް ބަލާފައިވާ ކަމަށެވެ.

ހިއުމަން ރައިޓްސްގެ ޑިޕިއުޓީ މިޑްލްއީސްޓް ޑިރެކްޓާ ލާމާ ފާކިހު ވިދާޅުވީ ހަނގުރާމައެއްގައި ނަމަވެސް އާއްމުންނަށް ހަމަލާ ނުދިނުމަށް ސަލާމަތީ ސިފައިން ފިޔަވަޅު އަޅަން ޖެހޭނެ ކަމަށެވެ. އަދި އިރާގު ސިފައިން މިކަން ބަލާ ޒިންމާވާ ފަރާތްތަކަށް އަދަބު ދޭން ޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.