22 ސެޕްޓެމްބަރ 2016
ވޮޝިންޓަން (ސެޕްޓެމްބަރު 22) - އިރާގުގައި ތިބޭ އެމެރިކާ ސިފައިންނަށް އަމާޒުކޮށް އިސްލާމިކް ސްޓޭޓް (އައިއެސް) އިން ކެމިކަލް ރޮކެޓް ހަމަލާއެއް ދިންތޯ ބަލަމުންދާ ކަމަށް އެމެރިކާގެ އަސްކަރިއްޔާ އިން ބުނެފި އެވެ.
ވޮޝިންޓަން (ސެޕްޓެމްބަރު 22) - އިރާގުގައި ތިބޭ އެމެރިކާ ސިފައިންނަށް އަމާޒުކޮށް އިސްލާމިކް ސްޓޭޓް (އައިއެސް) އިން ކެމިކަލް ރޮކެޓް ހަމަލާއެއް ދިންތޯ ބަލަމުންދާ ކަމަށް އެމެރިކާގެ އަސްކަރިއްޔާ އިން ބުނެފި އެވެ.
މޮސޫލްއާ ކައިރީގައިވާ އެމެރިކާ ސިފައިން ގާއިމްވެ ތިބޭ ގަޔާރާ ވައިގެ މަރުކަޒާ މާ ދުރު ނޫން ހިސާބަކަށް ދިން ރޮކެޓް ހަމަލާގައި މަސްޓަޑް ގޭސް ހިމެނިފައިވާ ކަމަށް އެމެރިކާ އިން ބުނެ އެވެ. ރޮކެޓް ހަމަލާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެ އެވެ. ވައިގެ މަރުކަޒުގައި ތިބޭ އެމެރިކާ ސިފައިން ތިބެނީ ކެމިކަލް ހަތިޔާރުން ދިފާއުވެވޭ ގޮތަށް ތައްޔާރުވެގެންނެވެ.
މިއީ ތެދެއް ނަމަ މިއީ އިރާގުގައި ތިބޭ އެމެރިކާ ސިފައިންނަށް އަމާޒުކޮށް އައިއެސް އިން ދިން ފުރަތަމަ ކެމިކަލް ހަމަލާ އެވެ.
ޕެންޓަގަނުން ބުނީ އައިއެސް އިން ކެމިކަލް ހަތިޔާރު ދިން ނަމަވެސް އައިއެސްއާ ދެކޮޅު މިޝަނަށް ބަދަލެއް ނާންނެ ކަމަށެވެ.
އިރާގުގެ މޮސޫލް އައިއެސްގެ ބާރުގެ ދަށުގައި އޮންނަތާ މިހާރު ދެ އަހަރަށް ވުރެ ގިނަ ދުވަސްވެއްޖެ އެވެ. އެމެރިކާ ސިފައިންނާ ގުޅިގެން އިރާގު ސިފައިން މިހާރު ދަނީ މޮސޫލް ހިފުމުގެ ފަހުގެ ހަމަލާތަކަށް ތައްޔާރުވަމުންނެވެ.
ރަޝިޔާ ދަނީ ކެމިކަލް ހަމަލާ ފޮރުވަން މަސައްކަތް ކުރަމުން
އެމެރިކާ އިން ސީރިއާއަށް ދިން ހަމަލާ ހަނދާން ނުނެތޭނެ
ސީރިއާ އަށް އެމެރިކާ އިން ވައިގެ ހަމަލާދީފި
އައިއެސް އަށް އެހީވާ ކަމަށް ކުރި ތުހުމަތު އެމެރިކާ އިން ދޮގުކޮށްފި
އައިއެސްގެ ލީޑަރުގެ ބޮލަށް އެމެރިކާ އިން 25 މިލިއަން ޑޮލަރު
އައިއެސް ބަލިކުރިއަސް އެމެރިކާއިން އިރާގުގައި ތިބެންޖެހޭ
އެމެރިކާގެ ޔުނިވާސިޓީގައި ހަމަލާ ދިނީ އައިއެސް އިން
މޫސަލްއާ ކައިރީގައި ހަނގުރާމަ ހޫނުވާން ފަށައިފި
އައިއެސް އިން އިރާގުގެ ކިރްކުކަށް ހަމަލާ ދޭން ފަށައިފި
އައިއެސް އިން އައްޑަނައަކަށް އާއްމުން ބޭނުން ކުރަނީ