Roadha Mihaaru
ޔުއެފާގެ އިންތިހާބުގައި ވާދަނުކުރަން ވިލާ ނިންމަވައިފި

ޔުއެފާގެ އިންތިހާބުގައި ވާދަނުކުރަން ވިލާ ނިންމަވައިފި

07 ސެޕްޓެމްބަރ 2016

މެޑްރިޑް (ސެޕްޓެމްބަރު 7) - ޔުއެފާގެ ރައީސަކު ހޮވުމަށް ބާއްވާ އިންތިހާބުގައި ވާދަނުކުރަން ސްޕެއިން ފުޓްބޯޅަ ފެޑެރޭޝަން ރައީސް އެންޖެލް މާރިއާ ވިލާ ނިންމަވައިފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

މެޑްރިޑް (ސެޕްޓެމްބަރު 7) - ޔުއެފާގެ ރައީސަކު ހޮވުމަށް ބާއްވާ އިންތިހާބުގައި ވާދަނުކުރަން ސްޕެއިން ފުޓްބޯޅަ ފެޑެރޭޝަން ރައީސް އެންޖެލް މާރިއާ ވިލާ ނިންމަވައިފި އެވެ.

މި މަހު 14 ވަނަ ދުވަހު ބާއްވަން ނިންމާފައިވާ ޔޫރަޕް ފުޓްބޯޅައިގެ މައި އިދާރާގެ ރައީސް ކަމުގެ އިންތިހާބުން ވިލާ ނަން އަނބުރާ ގެންދަން ނިންމެވީ އިއްޔެ އެވެ. މިއާ އެކު އިންތިހާބުގައި ވާދަކުރަނީ ދެ ކެންޑިޑޭޓުންނެވެ. އެއީ ސްލޮވީނިއާގެ އަލެކްސެންޑާ ކެފެރިން އާއި ނެދަލެންޑްސްގެ މައިކަލް ވެން ޕްރާގް އެވެ.

"ވަރަށް ވިސްނުމަށް ފަހު ނިންމި ނިންމުމެއް މިއީ. އަހަރެން ޔޫއެފާ ރައީސްކަމަށް ކުރިމަތިނުލަން ނިންމައިފިން. ސްޕެއިނުގެ ފުޓްބޯޅައިގެ ވަރަށް ގިނަ ބައެއްގެ އެދުމުގެ މަތިން އަހަރެން ބޭނުންވަނީ މި ގައުމުގެ ފުޓްބޯޅަ އަށް ހިދުމަތް ކުރަން މަޑުކުރަން،" ސްޕެއިނުގެ ފުޓްބޯޅަ ފެޑެރޭޝަންގެ ރަސްމީ ވެބްސައިޓަށް ދިން އިންޓަވިއުއެއްގައި ވިލާ ވިދާޅުވި އެވެ.

ރިޕޯޓްތައް ބުނާގޮތުން ޔޫއެފާ ރައީސަކު ހޮވާ އިންތިހާބުން ވިލާ ނަން ނެގީ އިންތިހާބު ކާމިޔާބު ކުރެވޭ ވަރަށް ތާއީދު ނެތުމުންނެވެ. ޔޫރަޕްގެ ނަން މަޝްހޫރު ގިނަ ބައެއްގެ ތާއީދު އޮތީ ނެދަލެންޑްސްގެ ވެން ޕްރާގް އަށެވެ.

ޔޫއެފާގެ ރައީސްގެ މަގާމު ހުސްވީ ކުރީގެ ރައީސް ފްރާންސްގެ މިޝެލް ޕްލެޓިނީ ކޮރަޕްޝަންގެ މައްސަލައެއްގައި ފުޓްބޯޅައިގެ ހުރިހާ ހަރަކާތަކުން ސަސްޕެންޑް ކުރުމުންނެވެ.