Roadha Mihaaru
އޮލިމްޕިކްސްގެ ފެށުން ދިޔައީ ހައިޖާނު ބޮޑުކޮޮށް

އޮލިމްޕިކްސްގެ ފެށުން ދިޔައީ ހައިޖާނު ބޮޑުކޮޮށް

25 ޖުލައި 2024

ޕެރިސް (ޖުލައި 26) - މި އަހަރުގެ އޮލިމްޕިކްސް މުބާރާތް އިއްޔެ ވަނީ ފުޓްބޯޅަ އާއި ރަގްބީ އިވެންޓުން ފްރާންސްގެ ވެރިރަށް ޕެރިހުގައި ފަށައިފަ އެވެ.

ޕެރިސް (ޖުލައި 26) - މި އަހަރުގެ އޮލިމްޕިކްސް މުބާރާތް އިއްޔެ ވަނީ ފުޓްބޯޅަ އާއި ރަގްބީ އިވެންޓުން ފްރާންސްގެ ވެރިރަށް ޕެރިހުގައި ފަށައިފަ އެވެ.

ފުޓްބޯޅަ އިވެންޓުގެ ފުރަތަމަ މެޗުން އާޖެންޓީނާ އަތުން 2-1 އިން މޮރޮކޯ ވަނީ މޮޅުވެފަ އެވެ. ސަޕޯޓަރުން ދަނޑަށް އަރައިގެން، މި މެޗުގެ އެންމެ ފަހު ތިން މިނިޓު ފުރިހަމަ ކުރަން ޖެހުނީ 75 މިނިޓަށް މެދުކަނޑާލުމަށް ފަހު އެވެ.

މޮރޮކޯ އިން ވަނީ ވަނީ ސުފިއާން ރަހީމީ ޖަހައިދިން ދެ ގޯލުން ފުރަތަމަ ލީޑު ހޯދައިފަ އެވެ. އޭނާގެ ފުރަތަމަ ލަނޑު، ފުރަތަމަ ހާފު ނިމެނިކޮށް ޖެހީ ކެޕްޓަން އަޝްރަފް ހަކީމީގެ ފާހަކުންނެވެ. ދެ ވަނަ ހާފުގެ ކުރީކޮޅު އޭނާގެ އިތުރު ލަނޑަކާ އެކު ލީޑު ފުޅާ ކޮށްފައި ވަނިކޮށް އާޖެންޓީނާ އިން ފަރަގު ކުޑަކުރީ، އެތުލެޓިކޯ މެޑްރިޑްގެ ކޯޗު ޑިއޭގޯ ސިމިއޯނީގެ ހަގު ދަރިފުޅު، ޖިއުލިއާނޯ ސިމިއޯނީ، 21، ޖަހައިދިން ގޯލުންނެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުރު ވަގުތުގައި ކްރިސްޓިއަން މެޑީނާ އާޖެންޓީނާ އަށް ގޯލެއް ޖަހައިދިނުމާ އެކު ނަތީޖާ 2-2 އިން އެއްވަރު ކުރުމާ އެކު މޮރޮކޯއަށް ނިސްބަތްވާ ގިނަ ސަޕޯޓަރުންތަކެއް ވަނީ އާޖެންޓީނާ ކުޅުންތެރިންނާ ދިމާއަށް، ދަނޑުމައްޗަށް ފުޅި އުކައި، ދަނޑަށް ވެސް އަރައިފަ އެވެ.

މިއާ ގުޅިގެން މެޗު މެދުކަނޑާލި އިރު، ވީއޭއާރު ރިވިއު އަށް ފަހު، އޮފްސައިޑް ހާލަތަކާ އެކު އާޖެންޓީނާގެ ގޯލު ބަލައި ނުގަންނަން ނިންމި އެވެ.

ސަޕޯޓަރުން ދަނޑުން ބޭރު ކުރުމަށް ފަހު މެޗުގެ ބާކީ ތިން މިނިޓުގެ ކުޅުން ފުރިހަމަ ކުރި އެވެ.

އާޖެންޓީނާގެ ކޯޗު ހަވިއޭ މަޝަރާނޯ ވަނީ ދަނޑުގައި ހިނގި ކަންކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

މެޗު ފެށުމުގެ ކުރިން، އާޖެންޓީނާގެ ގައުމީ ސަމް ކީ ވަގުތު ވެސް މޮރޮކޯގެ ސަޕޯޓާރުން ވަނީ އަޑުގަދަކޮށް ހަޅޭލަވައިފަ އެވެ. މޮރޮކޯގެ ސަޕޯޓަރުން ނުރުހުން ފާޅު ކުރަމުން ދިޔައީ، ކޮޕާ އެމެރިކާ ތައްޓާ އެކު އާޖެންޓީނާ އެނބުރި ހޮޓަލަށް ދިޔަ މަގުމަތީ ބަހުގައި އެ ޓީމުގެ ބައެއް ކުޅުންތެރިން ފްރާންސް ކުޅުންތެރިންނާ ނަސްލީ ގޮތުން ދިމާކުރުމާ ގުޅިގެންނެވެ.

އާޖެންޓީނާ ހިމެނޭ ގުރޫޕް ބީގެ ދެ ވަނަ މެޗުގައި އިރާގުން ވަނީ 2-1 އިން ޔޫކްރޭން ބަލިކޮށްފަ އެވެ.

މުބާރާތުގައި ވާދަކުރާ ސްޕެއިން އިން 2-1 އިން އުޒްބަކިސްތާން ބަލިކުރިއިރު، މި މެޗުގައި ސްޕެއިން އަށް ވަނީ ޕެނަލްޓީއެއް ވެސް ލިބި، ވަނީ ނާކާމިޔާބު ވެފަ އެވެ.

މިސްރާއި ޑޮމިނިކަން ރިޕަބްލިކް ކުޅުނު މެޗު ނިމުނީ ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ. އަދި ޖަޕާނުން ޕެރަގުއޭއާ ދެކޮޅަށް ކުޅުނު މެޗުން 5-0 އިން މޮޅުވެފައި ވާއިރު، ނިއުޒިލެންޑުން ގިނީ ބަލިކުރީ 2-1 އިންނެވެ.

މުބާރާތް ބާއްވާ ގައުމު ކަމަށްވާ ފްރާންސް އިން ވަނީ އެ ޓީމުގެ ފުރަތަމަ މެޗުގައި 3-0 އިން އެމެރިކާގެ މައްޗަށް ކުރި ހޯދައިފަ އެވެ. ތިއެރީ އޮންރީގެ އިރުޝާދުގެ ދަށުން ފްރާންސްގެ ގޯލުތައް ޖަހައިދިނީ އެލެކްޒެންޑަ ލަކަޒޭ އާއި މައިކަލް އޮލީސޭ އަދި ލޮއިކް ބަލްޑޭ އެވެ.