އިޓަލީ ކްލަބްތަކުގެ ޔޫތު އެކަޑަމީތަކުން ސްޕެއިނުގެ ބާސެލޯނާ މިސާލަކަށް ނަގަން ޖެހޭ ކަމަށް އިޓާލިއަން ލީގުގެ އެޓަލާންޓާގެ ކޯޗު ޖިއަން ޕިއޭރޯ ގަސްޕެރިނީ ބުނެފި އެވެ.
އިޓަލީ ކްލަބްތަކުގެ ޔޫތު އެކަޑަމީތަކުން ސްޕެއިނުގެ ބާސެލޯނާ މިސާލަކަށް ނަގަން ޖެހޭ ކަމަށް އިޓާލިއަން ލީގުގެ އެޓަލާންޓާގެ ކޯޗު ޖިއަން ޕިއޭރޯ ގަސްޕެރިނީ ބުނެފި އެވެ.
އެޓަލާންޓާ އަކީ އިޓަލީގެ އެންމެ ކާމިޔާބު އެއް އެކަޑަމީ ހިންގާ ކްލަބެވެ. ކްލަބުގެ ފަލްސަފާއަކީ އެކަޑަމީ ކުޅުންތެރިންނަށް ފުރުސަތު ދިނުމުގެ އިތުރުން، އަގުހެޔޮކޮށް ޒުވާން ކުޅުންތެރިން ގެނެސް ކުރިއެރުވުމެވެ. ނަތީޖާއަކީ ކުޑަ ހަރަދަކުން، އެ ޓީމަށް ބޮޑެތި ކާމިޔާބީތަކެއް ލިބުމެވެ.
ގަސްޕެރިނީ ވަނީ މިދިޔަ ހަތް ސީޒަނުގެ ތެރެއިން ފަސް ސީޒަނުގައި އެޓަލާންޓާ ޗެމްޕިއަންސް ލީގަށް ކޮލިފައިކޮށްދީ، އަދި މިދިޔަ އަހަރު ޔުރޮޕާ ލީގު ކާމިޔާބުކޮށްދީފަ އެވެ.
އިޓަލީގެ ކްލަބްތަކުގެ ފަލްސަފާއަށް ފާޑުކިޔަމުން ގަސްޕެރިނީ ބުނީ އެކަޑަމީތަކުން ފުރުސަތު ދެނީ އިސްކޮޅުން ދިގު، ބިޔަ ކުޅުންތެރިންނަށް ކަމަށެވެ. އަދި ހުނަރަށް ބެލުމެއް ނެތި އެ ގޮތަށް ކުޅުންތެރިން ނެގުމުން ކާމިޔާބު ނުލިބި އެންމެ ފަހުން ޖެހެނީ ބޭރުން ކުޅުންތެރިން ގެންނަން ކަމަށް އޭނާ ބުންޏެވެ.
ގަސްޕެރިނީ ބުނީ އަނެއްކޮޅުން ބާސެލޯނާ އިން ފޯކަސްކުރަނީ ފިޒިކަލް ލެވަލަށް ވުރެ ޓެކްނިކަލީ މޮޅު ކުޅުންތެރިންނަށް ކަމަށާއި އޭގެ ފައިދާ ފެންނަ ކަމަށެވެ. އޭނާ ބުނީ އިޓަލީގައި ހަދާ އަނެއް ގޯހަކީ ކުދިންނަށް މިނިވަންކަމާ އެކު ކުޅެން ފުރުސަތު ދިނުމުގެ ބަދަލުގައި ވަގުތުން ވަގުތަށް ނަތީޖާ ނެރެން ބާރު އެޅުން ކަމަށެވެ.
އިޓަލީ ކްލަބްތަކުން ޒުވާން ކުޅުންތެރިންނަށް ގިނައިން ފުރުސަތު ދެނީ ރިޒާވް ޓީމުންނެވެ. ނުވަތަ ދަށް ޑިވިޝަނުގެ ކްލަބްތަކުން ލޯން އުސޫލުން ދޫކުރަނީ އެވެ. އެކަމަކު ސްޕެއިން ފަދަ ގައުމުތަކުގައި ޒުވާން ކުޅުންތެރިންނަށް ވަރަށް ޖޫނިއާ އުމުރެއްގައި ބޮޑު ޓީމުން ފުރުސަތު ދެ އެވެ.
ގަސްޕެރީނީ ރޯމާ އަށް، ސާރީ އެނބުރި ލާޒިއޯ އަށް
މޮޓާ ވަކިކޮށް ޔުވެންޓަސްގެ ކޯޗުގެ މަގާމު ޓޫޑާ އަށް
ރެއާލުން ޝަކުވާ ހުށަހެޅި ރެފްރީގެ މައްސަލައެއް ބަލަނީ
ޔޫރޯގެ ނިޔަލަށް ލަފުއެންޓޭ މަގާމުގައި ދެމިހުންނާނެ
ރެއާލްގެ ކުރީގެ ކީޕަރު ޖަލުން މިނިވަންކޮށްފި!
ޔުވެންޓަސްއިން ކީޕަރު ޝެޒްނީގެ ކޮންޓްރެކްޓް އުވާލައިފި
އޮލިމްޕިކްސްގެ ފައިނަލަށް ފްރާންސާއި ސްޕެއިން
19 އަހަރުން ދަށުގެ ޔޫރޯގެ ތަށި ވެސް ސްޕެއިނަށް
އޮލިމްޕިކްސްގެ ފެށުން ދިޔައީ ހައިޖާނު ބޮޑުކޮޮށް
ޔޫރަޕްގެ ޗެމްޕިއަންކަން ސްޕެއިން ހޯދައިފި