Roadha Mihaaru
19 އަހަރުން ދަށުގެ ޔޫރޯގެ ތަށި ވެސް ސްޕެއިނަށް

19 އަހަރުން ދަށުގެ ޔޫރޯގެ ތަށި ވެސް ސްޕެއިނަށް

29 ޖުލައި 2024

ފްރާންސް 2-0 އިން ބަލިކޮށް 19 އަހަރުން ދަށުގެ ޔޫރޯގެ ޗެމްޕިއަންކަން ސްޕެއިނުން ރެކޯޑް 12 ވަނަ ފަހަރަށް ރޭ ހޯދައިފި އެވެ.

ފްރާންސް 2-0 އިން ބަލިކޮށް 19 އަހަރުން ދަށުގެ ޔޫރޯގެ ޗެމްޕިއަންކަން ސްޕެއިނުން ރެކޯޑް 12 ވަނަ ފަހަރަށް ރޭ ހޯދައިފި އެވެ.

ދާދި ފަހުން ނިމުނު ޔޫރޯގެ ޗެމްޕިއަންކަން ވެސް ހޯދި ސްޕެއިނުގެ، ޒުވާން ޓީމުން މި ހޯދި ކާމިޔާބާ އެކު އެ ގައުމު ވެފައިވަނީ 19 އަހަރުން ދަށުގެ ޔޫރޯގެ އެންމެ ކާމިޔާބު ޓީމަށެވެ. ދެން އެންމެ ކާމިޔާބީ 11 ފަހަރު ތަށި ހޯދާފައިވާ އިންގްލެންޑެވެ.

އުތުރު އަޔަލެންޑުގެ ބެލްފާސްޓުގައި ކުޅުނު ފައިނަލް މެޗުގައި ސްޕެއިނުގެ ފުރަތަމަ ގޯލް ޖަހައިދިނީ ބެޔާ ލެވަކޫސަންގެ ލޯނެއްގެ ދަށުން ރެއާލް މެޑްރިޑުގެ ޔޫތު ޓީމަށް ނިމުނު ސީޒަނުގައި ކުޅުނު އިކާ ބްރާވޯ އެވެ. ދެ ވަނަ ގޯލް 69 ވަނަ މިނެޓުގައި ކާމިޔާބުކުރީ ރެއާލް ބެޓިސްގެ އަސާނެ ޑިއާއޯ އެވެ. މެޗުގެ 76 ވަނަ މިނެޓުގައި ފްރާންސްގެ ޔޯނީ ގޯމިސް އަށް ވަނީ ރަތްކާޑެއް ދައްކައިފަ އެވެ.

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ވެސް ހޯދީ އެކަޑަމީ ފެންވަރުގައި ބާސެލޯނާ އަށް ވެސް ކުޅުނު ބްރާވޯ އަށެވެ. އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔަކީ ތިން ގޯލު ޖެހި ނޯވޭގެ ޑެނިއަލް ބްރައުޓް އެވެ.