Roadha Mihaaru

ދަނޑަށް އަލިފާން ބޯޅަ އުކުމުން ފްރާންސް ލީގުގެ މެޗު ހުއްޓާލައިފި

ފްރާންސް ލީގުގެ ރެލިގޭޝަން ޒޯންގައި އޮތް ދެ ޓީމު ކަމަށްވާ މޮންޕެލިޔޭ އާއި ސެއިންޓް އެޓިއެން ކުޅުނު މެޗުގައި ސަޕޯޓަރުން ދަނޑަށް އުކި އަލިފާން ބޯޅައިން ހުޅުހިފުމުން މެޗު ހުއްޓާލައިފި އެވެ.

އަލިފާންބޯޅަ އުކުމުން ފްރާންސް ލީގުގެ މެޗު ހުއްޓާލައިފި
ހުސެއިން ހަބީބް
ހުސެއިން ހަބީބް

17 މާޗް 2025

ފްރާންސް ލީގުގެ ރެލިގޭޝަން ޒޯންގައި އޮތް ދެ ޓީމު ކަމަށްވާ މޮންޕެލިޔޭ އާއި ސެއިންޓް އެޓިއެން ކުޅުނު މެޗުގައި ސަޕޯޓަރުން ދަނޑަށް އުކި އަލިފާން ބޯޅައިން ހުޅުހިފުމުން މެޗު ހުއްޓާލައިފި އެވެ.

ޖުމުލަ 18 ޓީމު ހިމެނޭ ލީގުގެ ފުލުގައި އޮތް މޮންޕެލިޔޭގެ ދަނޑުގައި އެ ޓީމާ ދެކޮޅަށް ތާވަލުގެ 17 ވަނައިގައި އޮތް ސެއިންޓް އެޓިއެންއިން ދެ ލަނޑުގެ ލީޑެއް ނަގާފައި އޮތެވެ.

ލޫކަސް ސްޓާސިންގެ ދެ ލަނޑުން ސެއިންޓް އެޓިއެން އިން 53 ވަނަ މިނެޓްގައި ލީޑް ފުޅާ ކުރިތާ މާގިނަ އިރެއް ނުވެ މޮންޕެލިޔޭގެ ސަޕޯޓަރުން ތިބި ފަޅިން ހަމަނުޖެހުންތައް ފެށި އެވެ.

އެ ޓީމުގެ ސަޕޯޓަރުން ދަނޑަށް އަލިފާން ބޯޅަ އުކަން ފެށުމުން މެޗުގެ 60 ވަނަ މިނެޓްގައި މެޗު ހުއްޓާލި އެވެ. އަލިފާން ބޯޅައިން ދަނޑުގެ ގޮޑިބަރި ސަރަހައްދުގައި ކޮންމެވެސް ވަރަށް ހުޅުވެސް ރޯވި އެވެ. އެއްވެސް މީހަކަށް ހާނިއްކައެއް ނުވި ނަމަވެސް، ދަނޑުގައި ހާލަތު އޮތީ މެޗު އަލުން ފެށޭ ގޮތަކަށް ނޫނެވެ.