03 ފެބުރުއަރީ 2024
ނޭޕާލްގެ އަންހެން ގައުމީ ޓީމުގެ ފޯވާޑް ސަބިޓްރާ ބަންޑާރީ (ސާމްބާ)، ފްރާންސްގެ އަންހެން އެއްވަނަ ޑިވިޝަންގެ ކްލަބް އީއޭ ގިންގޭމްޕް އަށް ސޮއި ކޮށްފި އެވެ.
ނޭޕާލްގެ އަންހެން ގައުމީ ޓީމުގެ ފޯވާޑް ސަބިޓްރާ ބަންޑާރީ (ސާމްބާ)، ފްރާންސްގެ އަންހެން އެއްވަނަ ޑިވިޝަންގެ ކްލަބް އީއޭ ގިންގޭމްޕް އަށް ސޮއި ކޮށްފި އެވެ.
ގިންގޭމްޕުން ވަނީ އޭނާ ސޮއި ކުރިކަން ހާމަކޮށް އެކްސް ގައި ކުރު ވީޑިއޯ އެއް ވެސް ޕޯސްޓް ކޮށްފަ އެވެ. އަދި މީގެ ކުރިން ކަތަމަންޑޫގައި ހުންނަ ފްރާންސްގެ އެމްބަސީން ވެސް ވަނީ އޭނާ ފްރާންސްގެ ގިންގޭމްޕަށް ސޮއި ކޮށްފައި ވާކަން ހާމަ ކޮށްފަ އެވެ.
އީއޭ ގިންގޭމްޕް އަކީ 1988/1989 ސީޒަންގައި ފްރާންސްގެ އެއްވަނަ ޑިވިޝަންގެ ޗެމްޕިއަނުންނެވެ. މިއަދު އެޓީމު އޮތީ 12 ޓީމާ އެކު ކުޅޭ އެއްވަނަ ޑިވިޝަންގެ 10 ވަނައިގަ އެވެ.
އަންހެނުންގެ ޔޫއެފާ ޗެމްޕިއަންސް ލީގު، ރެކޯޑް އަށް ފަހަރު ހޯދާފައިވާ ލިޔޯން ނިސްބަތްވާ ފްރާންސްގެ ލީގަކީ ޔޫރަޕްގައި އަންހެނުންގެ ފުޓްބޯޅައިގައި އެންމެ މަގުބޫލު ލީގެވެ.
އުމުރުން 27 އަހަރުގެ ސަބިޓްރާ އެޓީމާ އެކު، ޖޫން މަހު ނިމޭ މި ސީޒަންގެ ނިޔަލަށް ސޮއި ކުރީ އިތުރު އެއް އަހަރު ދުވަހަށް ކޮންޓްރެކްޓް އިތުރު ކުރުމުގެ ފުރުސަތާ އެކު އެވެ.
ނޭޕާލް ގައުމީ ޓީމަށް މިހާތަނަށް ކުޅުނު 42 މެޗުން ރެކޯޑް 43 ގޯލު ޖަހައިފައިވާ ސަބިޓްރާ ވަނީ 2016 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ކޮޅަށް ފަސް ގޯލު ޖަހައިފަ އެވެ. އަދި 2019 ވަނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސްގައި ވެސް ހެޓްރިކް ހެދި އެވެ.
ސަބިޓްރާ ވިދާލީ 2018 ވަނަ އަހަރު އިންޑިއާގެ ސީތޫ އެފްސީއަށް ބަދަލުވި ހިސާބުންނެވެ. އޭނާ ވަނީ 2018/2019 ސީޒަންގައި އެޓީމަށް ކުޅުނު ހަތް މެޗުން 15 ގޯލު ޖަހައިފަ އެވެ. ޖެހިގެން އައި ސީޒަންގައި ގޯކުމް ކެރެލާ އަށް ބަދަލުވެ، ލީގުގެ ޓޮޕް ސްކޯރާގެ މަގާމް ހޯދީ 16 ގޯލު ޖަހައިގެންނެވެ. މިދިޔަ ސީޒަންގެ ލީގުގައި 29 ގޯލު ޖަހައިގެން އޭނާ ވަނީ އިންޑިއާގެ އަންހެން ފުޓްބޯޅަ ލީގުގެ ރެކޯޑެއް ހަދައިފަ އެވެ.
މިދިޔަ އަހަރު އޭނާ ވަނީ އިޒްރޭލު ލީގުގެ ޓީމަކަށް ވެސް ބަދަލު ވެފަ އެވެ. ނަމަވެސް މިހާރު ކުރިއަށްދާ ހަނގުރާމައާ ގުޅިގެން ފަހުން ނޭޕާލަށް ބަދަލުވީ އެވެ.
ތަށި ހޯދިޔަސް ޕީއެސްޖީން ގަލްޓިއޭ އަށް ޖާގައެއް ނެތް
މެސީ އެނބުރި އައި މެޗުގައި ސަޕޯޓަރުންގެ ނުރުހުން
ތިން ތަރިންނާ އެކު ވެސް ޕީއެސްޖީ އަށް މޮޅެއް ނުވެވުނު
ނަންޓްސް އިން ބަދަލު ހިފައި ޕީއެސްޖީ ބަލިކޮށްފި
ސަސްޕެންޝަނުގައި ހުއްޓަސް ސުޕަ ކަޕްގައި ވިނީ ފެންނާނެ
ކޯޗެއްގެ ގޮތުގައި ދެން ނުފެންނާނެ: ޝާޒް
އެމްބާޕޭގެ ފައިސާގެ މައްސަލަ؛ ޕީއެސްޖީ ސަސްޕެންޑްވެދާނެ
ރެފްރީންނާ ހެދި ތުރުކީ ލީގު ވަނީ ވިހަވެފައި: މޮރީނިއޯ
މެޑްރިޑާ ގުޅޭ ވާހަކަތަކުން ޓްރެންޓަށް އަސަރެއް ނުކުރޭ
އިޓަލީގެ ކުރީގެ ފޯވާޑް ޑިވާއިއޯގެ މެޗެއް މީދޫގައި