Roadha Mihaaru
ޕީއެސްޖީ އަށް ސީޒަނުގައި ފުރަތަމަ މޮޅު

ޗެމްޕިއަން ޕީއެސްޖީ އަށް ސީޒަނުގެ ފުރަތަމަ މޮޅު، ތިން މެޗުން ފަސް ޕޮއިންޓް

27 އޯގަސްޓް 2023

ޕެރިސް (އޯގަސްޓް 27) - ކިލިޔަން އެމްބާޕޭގެ ދެ ލަނޑުން ޕީއެސްޖީން 3-1 ން ލެންސް ބަލިކޮށް ސީޒަނުގެ ފުރަތަމަ މޮޅު ހޯދައިފި އެވެ.

ޕެރިސް (އޯގަސްޓް 27) - ކިލިޔަން އެމްބާޕޭގެ ދެ ލަނޑުން ޕީއެސްޖީން 3-1 ން ލެންސް ބަލިކޮށް ސީޒަނުގެ ފުރަތަމަ މޮޅު ހޯދައިފި އެވެ.

ރެއާލް މެޑްރިޑް ދޫކޮށް ހިލޭ ޓްރާންސްފާގައި ޕީއެސްޖީ އަށް ބަދަލުވި މާކޯ އެސެންސިއޯ، ވަނީ ޕީއެސްިޖީގެ ޖޯޒީގައި ފުރަތަމަ ލަނޑު ޖަހައިފަ އެވެ.

އެސެންސިއޯ ވަނީ ފުރަތަމަ ހާފު ނިމުމުގެ ކުޑަ އިރުކޮޅެއް ކުރިން އޭރިއާގެ ބޭރުން ފޮނުވާލި ބޯޅައިން ލީޑް ނަގައި ދީފަ އެވެ.

ޕީއެސްޖީގެ ފަރާތުން ރަނގަޅު ކުޅުމެއް ނުފެނުނު ނަމަވެސް، ދެ ވަނަ ހާފުގައި އެމްބާޕޭ 20 މީޓަރު ދުރުން ފޮނުވާލި ހަމަލާއެއް ގޯލުގެ ތެރެއަށް ވައްދާލައި ލީޑް ފުލާކޮށް ދީފަ އެވެ.

ފްރާންސްގެ ފޯވާޑް އަނެއްކާވެސް ލަނޑު ޖަހައި ލީގުގައި ޖެހި އޭނާގެ ތިން ވަނަ ލަނޑަކީ، އޭނާ އާއި ޕީއެސްޖީގެ މެނޭޖުމެންޓާ ދެމެދު އުފެދުނު ހިތްހަމަނުޖެހުންތަކަށް ލިބޭނެ ފިނި ކަމެކެވެ. ކްލަބްގެ ކޮންޓްރެކްޓް އާ ކުރަން އެމްބާޕޭ ބޭނުން ނުވުމަކީ ޕީއެސްޖީގެ މެންޖްމެންޓްގެ އެންމެ ބޮޑު ހިތްހަމަނުޖެހުމެވެ. އެ ހަމަނުޖެހުންތަކުގެ ތެރޭގައި ޕްރީ ސީޒަނުގައި ތިން ހަގުތާއެއް ވަންދެން ސްކޮޑުން ބޭރުގައި ވެސް ހުންނަން ޖެހުނެވެ.

ލެންސް އިން ލަނޑެއް ޖެހީ މެޗުގެ އެންމެ ފަހު ވަގުތު މޯގަން ގިލަވޯގުއީގެ ގޯލުންނެވެ.

ޕީއެސްޖީ ތިން މެޗުން ފަސް ޕޮއިންޓާ އެކު ތާވަލުގެ ހަތަރު ވަނައަށް ޖެހިލިއިރު، ޕީއެސްޖީއަށް ވުރެ އެއް ޕޮއިންޓް ފަހަތުން މިދިޔަ ސީޒަނުގައި ދެ ވަނައިގައި އޮތް ލެންސް އާ ކެމްޕޭން ފެށީ ފުރަތަމަ ތިން މެޗުން އެއްވަރުވެގެންނެވެ.