08 ޖޫން 2019
އާސެނަލްގެ ތަރި މެސުޓް އޮޒިލްގެ ކައިވެނީގައި އޭނާގެ ފަރާތުން އެންމެ ގާތް އެކުވެރިއެއްގެ ގޮތުގައި ތުރުކީގެ ރައީސް ރަޖަބް ތޮއްޔިބް އުރުދުޣާން ބައިވެރިވެވަޑައިގެންފި އެވެ.
އާސެނަލްގެ ތަރި މެސުޓް އޮޒިލްގެ ކައިވެނީގައި އޭނާގެ ފަރާތުން އެންމެ ގާތް އެކުވެރިއެއްގެ ގޮތުގައި ތުރުކީގެ ރައީސް ރަޖަބް ތޮއްޔިބް އުރުދުޣާން ބައިވެރިވެވަޑައިގެންފި އެވެ.
ތުރުކީގެ ކުރީގެ ރީތީގެ ރާނީ އަމީނޭ ގުލްސޭއާ އޮޒިލް ކައިވެނިކުރީ ތުރުކީގެ މަތީ ފެންވަރުގެ ހޮޓަލެއްގަ އެވެ. ކައިވެނީގެ ރަސްމިއްޔާތުގައި އޮޒިލްއާ ޖެހިގެން ހުންނެވީ އުރުދުޣާން އެވެ.
މިއީ އަނެއްކާވެސް ޖަރުމަނުގެ ހިތްހަމަނުޖެހުން އުފެދުނު ކަމެކެވެ. މިދިއަ އަހަރު އޮތް ވޯލްޑް ކަޕްގެ ދުވަސްކޮޅެއް ކުރިން އުރުދުޣާންއާ އެކު ފޮޓޯއެއް ނެގުމުން އޮޒިލްއަށް ޖަރުމަނުގެ ފާޑުކިޔުން އަމާޒުވި އެވެ. އަދި އެންމެ ފަހުން އޭނާ ވަނީ ޖަރުމަނުގެ ގައުމީ ޓީމަށް ކުޅުން ވެސް ހުއްޓާލައިފަ އެވެ.
ޖަރުމަނާ އެކު 2014 ގެ ވޯލްޑް ކަޕް ކާމިޔާބުކުރި އޮޒިލްއަކީ ތުރުކީ ދަރިކޮޅުގެ މީހެކެވެ. އޭނާ ގެންދަނީ އުރުދުޣާނާ އެކު ގާތް ގުޅުމެއް ބާއްވަމުންނެވެ.
އޮޒިލް އާއި އަމީނޭގެ ލޯބީގެ ގުޅުން ފެށުނީ 2017 ގަ އެވެ. ދެ މީހުން އެންގޭޖްވީ މިދިއަ އަހަރުގަ އެވެ.
ކައިވެނީގެ ރަސްމިއްޔާތުގައި އޭނާގެ ފަރާތުން އިސްކޮށް ހުންނަވާނީ އުރުދުޣާންކަން އޮޒިލް ވަނީ މިދިއަ މާޗު މަހު އިއުލާންކޮށްފަ އެވެ. އެކަމާ ގުޅިގެން ވެސް ޖަރުމަނުގައި ހިޔާލު ތަފާތުވުން އުފެދުނެވެ.
ޖަރުމަނުގެ ޗާންސެލަރު އެންޖެލާ މާކެލްގެ ޗީފް އޮފް ސްޓާފް ހެލްގޭ ބްރޯން ވިދާޅުވީ އެއީ "ހިތާމަވެރި ނިންމުމެއް" ކަމަށެވެ.
އޮޒިލްގެ ކައިވެނީގެ ހަފުލާގައި، އުރުދުޣާންގެ އިތުރުން ދެ އާއިލާގެ މެމްބަރުން ފޮޓޯއަކަށް ހުއްޓިގެން
އުރުދުޣާންއާ މެދު ޔޫރަޕްގެ ގިނަ ވެރިން ހިތްހަމައެއް ނުޖެހެ އެވެ. ޔޫރަޕުން ދެކޭ ގޮތުގައި އުރުދުޣާން ގެންދަވަނީ ތުރުކީގައި ހުދުމުހުތާރު ވެރިކަމެއް ކުރައްވަމުންނެވެ.
މަޝްހޫރު މީހުންގެ ކައިވެނީގެ އިސް މީހެއްގެ ގޮތުން ބައިވެރިވެވަޑައިގަތުމަކީ އުރުދުޣާން އަލަށް ކުރައްވާ ކަމެއް ނޫނެވެ. އިންތިހާބުތަކުގެ ކެމްޕޭންގައި އޭނާ ގެންދަވަނީ މަޝްހޫރު ކައިވެނިތަކުގައި "ބެސްޓް މޭން"އެއްގެ ގޮތުން ބައިވެރިވެވަޑައިގަންނަވަމުންނެވެ.
އޮޒިލްގެ ކައިވެނި ވެސް ދިމާވީ ވާދަވެރި އިންތިހާބަކާ އެވެ. އެގޮތުން އިސްތަންބޫލްގެ މޭޔަރު ހޮވުމުގެ އިންތިހާބު އަލުން ބާއްވަނީ ފުރަތަމަ އޮތް އިންތިހާބުގައި އުރުދުޣާންގެ ޕާޓީ އޭކޭޕީގެ ކެންޑިޑޭޓް ކުޑަ ތަފާތަކުން ބަލިވުމުން، އެ އިންތިހާބު ކެންސަލްކުރުމާ ގުޅިގެންނެވެ. އެގޮތަށް ނިންމުމުން ބައިނަލްއަގުވާމީ ފާޑުކިޔުންތައް ވަނީ އުރުދުޣާންއަށް ކުރިމަތިވެފަ އެވެ.
ހޮލެންޑާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅަން ޖެހޭ
އުރުދުޣާންގެ ތަގްރީރަށް ހުރަސް އެޅި މައްސަލަ ބޮޑުވެއްޖެ
ތުރުކީގެ ލޯކަލް އިންތިހާބުން އުރުދުގާނަށް ބޮޑު ބައްޔެއް
ތުރުކީގައި އިޒްރޭލަށް ޖާސޫސްކޮށްދޭ ބަޔަކު ހައްޔަރު
އދ.ގައި އޮތީ އިޒްރޭލު ހިމާޔަތްކުރާ މަޖިލީހެއް
އިޒްރޭލުން ބޮޑު އަގެއް އަދާކުރަންޖެހިދާނެ: އުރުދުޣާން
ހަމާސް އާއި އިޒްރޭލު އެއް ތަރާދަކުން ނުކިރޭނެ
ނަތަންޔާހޫއާ ގުޅުން ކަނޑާލައިފިން: އުރުދުޣާން
އަގްސާ ތޫފާން: ނަތީޖާއެއް ނެތް ކަންބޮޑުވުންތަކެއް
ސްވިޑްން ނޭޓޯއަށް ވެއްދޭކަށް އަދި ނެތް: އުރުދުޣާން