Roadha Mihaaru
މަޖީދިއްޔާގެ އެންމެ މޮޅު ދަރިވަރަކަށް މިޝަލް

މަޖީދިއްޔާ ސްކޫލުގެ އެންމެ މޮޅު ދަރިވަރަކަށް މިޝާލް

06 ސެޕްޓެމްބަރ 2016

މަޖީދިއްޔާ ސްކޫލުގެ މިދިޔަ އަހަރުގެ އެންމެ މޮޅު ދަރިވަރަކަށް، މިޝަލް މުހައްމަދު ނައީމު ރޭ ހޮވައިފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

މަޖީދިއްޔާ ސްކޫލުގެ މިދިޔަ އަހަރުގެ އެންމެ މޮޅު ދަރިވަރަކަށް، މިޝަލް މުހައްމަދު ނައީމު ރޭ ހޮވައިފި އެވެ.

މަޖީދިއްޔާގެ މިދިޔަ އަހަރުގެ އިނާމު ދިނުމަށް އެ ސްކޫލުގައި ބޭއްވި ރަސްމިއްޔާތެއްގައި މިޝަލްއަށް އިނާމު ހަވާލުކޮށްދެއްވީ ޝަރަފްވެރި މެހެމާނު، ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ ރައީސް ޑރ. އަލީ ޝަމީމާއި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމެވެ.

މަޖީދިއްޔާގެ މިދިޔަ އަހަރުގެ ކެޕްޓަންގެ މަގާމު ވެސް ފުރި މިޝަލް އަކީ ވަރަށް ކުޑައިރުއްސުރެ އާދަޔާ ހިލާފު ކާމިޔާބީތަކެއް ހޯދާފައިވާ ދަރިވަރެކެވެ. އެގޮތުން އުމުރުން 10 އަހަރުގައި އޭނާ އައިޖީސީއެސްސީ އިންގްލިޝްއިން އޭ ގްރޭޑް ހޯދާފައިވާއިރު، އުމުރުން 11 އަހަރުގައި ސެޓްފިކެޓް އޮފް އެޑްވާންސްޑް އިންގިލިޝް އިން އޭ ގްރޭޑް ވަނީ ހޯދާފަ އެވެ. މިއީ އާއްމު ގޮތެއްގައި ގްރޭޑް 10 ނިންމުމަށް ފަހު ހަދާ އިމްތިހާން ތަކެކެވެ.

މަޖީދިއްޔާ ސްކޫލުގެ މިދިޔަ އަހަރުގެ އެކި ވަނަތަށް ހާސިލްކުރި ދަރިވަރުންނާއެކު އެޑިއުކޭޝަން މިނިސްޓަރު އައިޝަތު ޝިހާމް(ކ-2).-- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

މަޖީދިއްޔާ ސްކޫލުގެ މިދިޔަ އަހަރުގެ އެކި ވަނަތަށް ހާސިލްކުރި ދަރިވަރުންނާއެކު އެޑިއުކޭޝަން މިނިސްޓަރު އައިޝަތު ޝިހާމް(ކ-2).-- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

މިޝަލް ވަނީ މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ގަދަ 10 އަކުން އެއްވަނަ ހޯދައި، ކޮމްޕިއުޓާ ސައިންސް އިން ރާއްޖޭގެ އެއްވަނަ އާއި ދުނިޔޭގެ ހަތް ވަނަ ވެސް ހޯދައިފަ އެވެ.

މަޖީދިއްޔާ ސްކޫލުން މިދިޔަ އަހަރު ދެ ވަނަ ހޯދީ އަހުމަދު ބާސިލް ޝިޔާމެވެ. އަދި އިބްރާހީމް ދާއޫދު އިބްރާހިމް ތިން ވަނަ ހޯދިއިރު މި ދެ ދަރިވަރުން ވެސް ވަނީ މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ އެއްވަނަ އާއި ދުނިޔޭގެ އެކި ވަނަތަކުގައި ވެސް ހިމެނިފަ އެވެ.

މަޖީދިއްޔާ ސްކޫލުގެ 26 ދަރިވަރަކު މިދިޔަ އަހަރުގެ އޯލެވްލް އިމްތިހާނުގެ ގަދަ 10 ގައި ހިމެނިފައިވާއިރު ފަސް ދަރިވަރަކު އެއްވަނަ ހޯދި އެވެ.

މަޖީދިއްޔާގެ މިދިޔަ އަހަރުގެ އިނާމު ދިނުމަށް އެ ސްކޫލުގައި ބޭއްވި ރަސްމިއްޔާތުގައި ސިވިލް ސާވިސް ކޮމިޝަންގެ ރައީސް އަލީ ޝަމީމް ވާހަކަ ދައްކަވަނީ.-- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

މަޖީދިއްޔާގެ މިދިޔަ އަހަރުގެ އިނާމު ދިނުމަށް އެ ސްކޫލުގައި ބޭއްވި ރަސްމިއްޔާތުގައި ސިވިލް ސާވިސް ކޮމިޝަންގެ ރައީސް އަލީ ޝަމީމް ވާހަކަ ދައްކަވަނީ.-- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

މަޖީދިއްޔާގެ ގްރޭޑް 8-10 ގައި ކިޔަވާ 70 ދަރިވަރަކު ރޭ ވަނީ އިނާމު ހޯދައިފަ އެވެ.

ދަރިވަރުންނާ މުހާތަބު ކުރައްވައި ވާހަކަ ދައްކަވަމުން، ޝަރަފުވެރި މެހެމާނު އަލީ ޝަމީމް ވިދާޅުވީ ގައުމަށް ކުރިއެރުން ލިބޭނީ ދަރިވަރުންގެ އަހުލާގު ރަނގަޅުކޮށްގެން ކަމަށާއި އެއީ ކުރިމަގަށްޓަކައި ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށެވެ.