Roadha Mihaaru
ޖޭއެސްގެ އެންމެ މޮޅު ދަރިވަރަކީ ޔާނިއު

ޖަމާލުއްދީން ސްކޫލްގެ އެންމެ މޮޅު ދަރިވަރަކަށް ޔާނިއު

24 ސެޕްޓެމްބަރ 2019

ޖަމާލުއްދީން ސްކޫލް (ޖޭއެސް) އިން މިދިޔަ އަހަރު ހުރިހާ ގޮތަކުން އެއްވަނަ ޔޫސުފް ޔާނިއު އަހުމަދު ރޭ ހޮވައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ޖަމާލުއްދީން ސްކޫލް (ޖޭއެސް) އިން މިދިޔަ އަހަރު ހުރިހާ ގޮތަކުން އެއްވަނަ ޔޫސުފް ޔާނިއު އަހުމަދު ރޭ ހޮވައިފި އެވެ.

މިދިޔަ އަހަރުގެ އޯ ލެވެލް އިމްތިހާނުން އަށް މާއްދާ އިން އޭ ސްޓާ ހޯދައިގެން ޖަމާލުއްދީނުން ހުރިހާ ގޮތަކުން އެއް ވަނަ ހޯދި ދަރިވަރަށް އެވޯޑު ހަވާލުކޮށްދެއްވީ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދެވެ.

އެ ސްކޫލުގެ މިދިޔަ އަހަރުގެ ޑެޕިއުޓީ ކެޕްޓަންކަން ވެސް ކުރި ޔާނިއު ވަނީ ބަޔޮލޮޖީން ދުނިޔެއިން ނުވަ ވަނަ ހޯދައިފަ އެވެ.

ހުރިހާ ގޮތަކުން ދެ ވަނަ އަށް އެންމެ މޮޅު ދަރިވަރަކަށް ހޮވީ މީކާއިލް އަހުމަދު ނަސީމެވެ. މިދިޔަ އަހަރުގެ ސްކޫލް ކެޕްޓަން ވަނީ ގައުމީ ގަދަ 10 ގައި ދެ ވަނަ ހޯދައި އިކޮނޮމިކްސް އިން ދުނިޔޭގެ ތިން ވަނަ ހޯދައިފަ އެވެ.

ޖަމާލުއްދީން ސްކޫލުން މިދިޔަ އަހަރު ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް ހޮވުނު ތިން ދަރިވަރުންނާއެކު، ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު (މ)، އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އަދި އެ ސްކޫލުގެ ޕްރިންސިޕަލް ހަސަން މުހައްމަދު ބައިވެރިވެވަޑައިގަންނަވަނީ .- ފޮޓޯ: ޖަމާލުއްދީން ސްކޫލް

ހުރިހާ ގޮތަކުން ތިން ވަނަ ހޯދީ މުހައްމަދު ފާރިޒް ފަތުހުﷲ އެވެ. ގައުމީ ގަދަ 10 ގައި ފަސް ވަނަ ހާސިލްކުރުމުގެ އިތުރުން އޭނާއަކީ ސްކޫލުގެ ޑެޕިއުޓީ ކެޕްޓަނެވެ. އޭނާ އަދަބީ ގިނަ ހަރަކާތްތަކެއްގައި ބައިވެރިވެ ރަންވަނަތަކެއް ހާސިލްކޮށްފައިވާ ދަރިވަރެކެވެ.

އޭގެއިތުރުން ޖަމާލުއްދީނުގައި ކިޔަވާ އަޑު އިވުމުން މަހުރޫމްވެފައިވާ ކުދިންގެ ތެރެއިން އޯލެވެލްގައި ކާމިޔާބު ހާސިލްކުރި ދަރިވަރުންނަށް އިނާމު ދީފައި ވެ އެވެ. އައިޝަތު ޒީޝާ ޣާނިމް ފަސް މާއްދާއިން ފާސްވެ އިސްލާމުން އޭ ސްޓާއެއް ހޯދާފައިވާއިރު އިސްމާއިލް ރާހިލް ބައިވެރިވި ހަ މާއްދާއިން ވެސް ފާސްވެ ބިޒްނަސް އިން އިން އޭ ހޯދާފައި ވެ އެވެ. ރިފްދާ ރަޝީދު ފަސް މާއްދާއިން ފާސްވެ އެކައުންޓުން އޭ ހޯދާފައި ވެ އެވެ.

މިިދިޔަ އަހަރު އޯ ލެވެލް ހެދި ކުދިންގެ ތެރެއިން ޖަމާލުއްދީންގެ 28 ދަރިވަރަކު ވަނީ ގައުމީ ގަދަ 10 ގައި ހިމެނިފަ އެވެ. ދުނިޔޭގެ ފެންވަރުގައި އެ ސްކޫލުގެ އަށް ދަރިވަރަކު ހިމެނިފައި ވެ އެވެ.