ސްކޫލް ކުދިންގެ އަޚުލާގީ މައްސަލަތައް އިތުރުވަމުން ދަނީ ތައުލީމީ މަންހަޖުން ބާކީކޮށް "ދަސްވާރު" ގެ ނަމުގައި ހިންގާ ޕްރޮގްރާމްގެ ސަބަބުން ކަމަށް އިދިކޮޅު އެމްޑީޕީން މިއަދު ބުނެފި އެވެ.
ސްކޫލް ކުދިންގެ އަޚުލާގީ މައްސަލަތައް އިތުރުވަމުން ދަނީ ތައުލީމީ މަންހަޖުން ބާކީކޮށް "ދަސްވާރު" ގެ ނަމުގައި ހިންގާ ޕްރޮގްރާމްގެ ސަބަބުން ކަމަށް އިދިކޮޅު އެމްޑީޕީން މިއަދު ބުނެފި އެވެ.
މަޖީދިއްޔާ ސްކޫލް ގްރޭޑް 10ގެ ދަރިވަރަކާއި އެ ސްކޫލް ކިޔަވައިދޭތާ 12 އަހަރު ވެފައިވާ އިންޑިއާގެ އެ ޓީޗަރަކާ ދެމެދު މާރާމާރީ ހިންގި މައްސަލައެއް ވަނީ ފެންމަތިވުމާ އެކު، އެޑިއުކޭޝަން މިނިސްޓްރީން ވަނީ އެ ޓީޗަރު ސަސްޕެންޑު ކޮށްފަ އެވެ. އަދި ޓީޗަރު ސަސްޕެންޑް ކުރި މައްސަލައިގައި މަޖީދިއްޔާގެ ހުރިހާ ޓީޗަރުން ވަނީ އިއްޔެ އިހްތިޖާޖް ވެސް ކޮށްފަ އެވެ.
އެ ޓީޗަރަށް ގުރޫޕަކުން ބިރު ދައްކާތީ، ރާއްޖެ ދޫކޮށް އިއްޔެ ވަނީ ފުރައިފަ އެވެ. އެނގިފައިވާ ގޮތުގައި މާރާމާރީ ހިންގުމުގައި ބައިވެރިވި ކުއްޖަކީ ދަސްވާރު ޕްރޮގްރާމްގައި ބައިވެރިވަމުން އަންނަ ކުއްޖެކެވެ.
މި މައްސަލާގައި އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނީ ވަކި ކުދިންތަކަކީ ނުކިޔެވޭނެ ކުދިންތަކެއްގެ ގޮތުގައި ލޭބަލް ކޮށްގެން ގެންގުޅުމަކީ ގޯހެއް ކަމަށެވެ. އެއީ ސްކޫލާއި ސްކޫލުން ބޭރުގައި އެ ކުދިން ނަފްސާނި ގޮތުންނާއި އަޚުލާގީ ގޮތުން ބަލިކަށި ވެދާނެ ކަމެއް ކަމަށް ވެސް އެމްޑީޕީން ބުންޏެވެ.
"އޭގެ ސަބަބުން ކުށްކުށަށް އަރައިގަންނަ ކުދިންގެ އަދަދު ގިނަވުމަކީ އެކަށީގެންވާ ކަމެއް،" ބަޔާނުގައި ވެ އެވެ.
އެމްޑީޕީން ބުނި ގޮތުގައި ސްކޫލާއި ސްކޫލުން ބޭރުގައި ވެސް ކުދިންގެ މި ފަދަ މައްސަލަތައް ދިމާވުމުން، އެ ކަންކަމާ ގުޅިގެން އަވަސް ފިޔަވަޅުތައް އަޅަމުންނެއް ނުދެ އެވެ.
އެހެން ދިމާވަނީ ސްކޫލްތަކުގެ ހިންގުމުގެ ތެރެއަށް އެޑިއުކޭޝަނުން ވަރަށް ބޮޑަށް ވަދެ، ސްކޫލްގެ ކަންކަން ނިންމުމުގެ ފުރިހަމަ އިޚުތިޔާރު ސްކޫލްތަކަށް ނުދީ ސްކޫލްގެ ކަންކަމާ ގުޅޭ ގޮތުން ނިންމަންޖެހޭ ނިންމުންތައް ސީދާ އެޑިއުކޭޝަން މިނިސްޓްރީން ނިންމާތީ ކަމަށް ވެސް އެމްޑީޕީން ބުންޏެވެ.
އެހެންކަމުން، ސްކޫލްތަކުގެ ކަންކަން ނިންމުމުގެ ފުރިހަމަ އިޚުތިޔާރާއި ބާރު އެ ތަންތަނުގެ މެނޭޖުމަންޓަށް ދޫކުރުމަށާއި ސްކޫލާއި މުޖުތަމައުގައި ކުދިން ކުށަށް އަރައިގަންނަ މައްސަލައާ މެދު ހަރުދަނާ، އަވަސް ފިޔަވަޅުތަކެއް އެޅުމަށް އެމްޑީޕީން ވަނީ ގޮވާލައިފަ އެވެ.
އަދި ސްކޫލް މާހައުލުގެ ރައްކާތެރިކަން ޔަގީންކޮށް ދިނުމަށް އިތުރު ފިޔަވަޅުތަކެއް އެޅުމަށާއި ތައުލީމީ ދާއިރާގައި ނިންމާ ކަންކަން އިންސާފުވެރިކޮށް ނިންމުމަށް އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީގެ ބަޔާނުގައި އެޑިއުކޭޝަން މިނިސްޓްރީ އަށް ވަނީ ގޮވާލައިފަ އެވެ.
400 ޓީޗަރުން ހޯދަނީ ގިނަ ދިވެހިންނަށް ފުރުސަތު ދޭން
ކޮންމެ އަތޮޅެއްގައި ޖޫނިއާ ކޮލެޖެއް ގާއިމުކުރަނީ
ބިރު ދައްކާތީ ޓީޗަރު ފުރައިފި
4 އަހަރުގެ ޑިގްރީއެއް ނެތް ނަމަ ޓީޗަރަކަށް ނުވެވޭނެ
ދަރިވަރުން ހަވާލުކުރާ މީހަކު ޔަގީންކުރަން އަންގައިފި
ކުދި ރަށްރަށަށް ދާ ޓީޗަރުންނަށް ހާއްސަ އެލަވަންސެއް ދެނީ
މިއީ ދަރިވަރުންނަށް ޕްރެޝަކުރަންވީ ވަގުތެއް ނޫން
އަހަރު ދަންމާލިޔަސް ފިލާވަޅުތައް ފުރިހަމަކުރެވޭނެބާ؟
ޓީޗާސް ލައިސަންސް މުހިއްމު، ކުރަންޖެހޭ ކަންކަން ގިނަ
"ސްކޫލްތަކުގެ ނަތީޖާ މަތިކުރަން ދަސްވާރު މަޖުބޫރުކުރި"