Roadha Mihaaru
ބިރު ދައްކާތީ ޓީޗަރު ފުރައިފި

ބިރު ދައްކާތީ ޓީޗަރު ފުރައިފި

24 އެޕްރީލް 2018

ދަރިވަރަކާ އެކު މާރާމާރީ ހިންގި ކަމަށް ބުނެ އެޑިޔުކޭޝަން މިނިސްޓްރީން ސަސްޕެންޑް ކުރި މަޖީދިއްޔާ ސްކޫލުގެ ޓީޗަރަށް ގުރޫޕަކުން ބިރު ދައްކާތީ އެ ޓީޗަރު ރާއްޖެ ދޫކޮށް މިއަދު މެންދުރު ފަހު ފުރައިފި އެވެ.

ދަރިވަރަކާ އެކު މާރާމާރީ ހިންގި ކަމަށް ބުނެ އެޑިޔުކޭޝަން މިނިސްޓްރީން ސަސްޕެންޑް ކުރި މަޖީދިއްޔާ ސްކޫލުގެ ޓީޗަރަށް ގުރޫޕަކުން ބިރު ދައްކާތީ އެ ޓީޗަރު ރާއްޖެ ދޫކޮށް މިއަދު މެންދުރު ފަހު ފުރައިފި އެވެ.

އެ ސްކޫލްގެ ގްރޭޑް 10ގެ ދަރިވަރަކާއި އެ ސްކޫލުގައި މަސައްކަތް ކުރާތާ 12 އަހަރު ވެފައިވާ އިންޑިއާގެ އެ ޓީޗަރަކާ ދެމެދު އާދިއްތަ ދުވަހު މާރާމާރީ ހިންގި ކަމަށް ތުހުމަތު ކުރެވެނީ، އެ ދަރިވަރު ހުއްދަ ނެތި ކްލާހަކަށް ވަދެ ކުދިންނަށް ފުރައްސާރަ ކުރަން ފެށުމުން ކްލާހުން ނެރެން އެ ޓީޗަރު މަސައްކަތް ކުރުމުންނެވެ.

Dharivarakaa maaraamaaree hingi Majeedhiyaa ge Teachereh suspend kohfi

Dharivarakaa maaraamaaree hingi Majeedhiyaa ge Teachereh suspend kohfi

The most trusted news source in the Maldives

Mihaaru

ދަރިވަރަކާ މާރާމާރީ ހިންގި ކަމަށް ބުނެ މަޖީދިއްޔާގެ ޓީޗަރު ސަސްޕެންޑްކުރުން--

އެ ޓީޗަރު ފުރައިގެން ދިޔައީ، މާދަމާ އެޑިޔުކޭޝަން މިނިސްޓްރީ އަށް ހާޒިރުވެ އެ މައްސަލައާ ބެހޭ ގޮތުން އިތުރަށް މަޝްވަރާ ކުރުމަށް އެޑިޔުކޭޝަނުން އެދިފައި ވަނިކޮށެވެ. ނަމަވެސް އޭނާ ފުރައިގެން ދިޔައީ، ގުރޫޕަކުން އިންޒާރު ދޭތީ، މާދަމާއާ ހަމަ އަށް ވެސް ސަލާމަތުން ހުރެވޭނެ ކަމުގެ ޔަގީންކަމެއް ނެތުމުން ކަމަށް އެ ޓީޗަރާ ހަވާލާދީ މަޖީދިއްޔާގެ ބައެއް ޓީޗަރުން ބުނެ އެވެ.

އެ ސްކޫލުގެ ޓީޗަރަކު ބުނި ގޮތުގައި ޓީޗަރު އުޅޭ ގޭދޮށަށް، އެ ދަރިވަރު، މިއަދު މެންދުރު ގުރޫޕެއް ގޮވައިގެން ގޮސް މާރާމާރީ ހިންގަން މަސައްކަތް ކޮށްފައިވެ އެވެ. އެކަން ހުއްޓުވީ މަޖީދިއްޔާގެ ބެލެނިވެރިންނާއި ޓީޗަރުން އެ ގޭދޮށަށް ގޮސްގެންނެވެ. އެ ކަމާ ގުޅިގެން ފުލުހުންގެ އެހީތެރިކަމާ އެކު، މަޖީދިއްޔާގެ ބެލެނިވެރިއެއްގެ ގެޔަށް އެ ޓީޗަރު ވަގުތީ ގޮތުން ބަދަލު ކުރި އެވެ.

ނަމަވެސް އެޑިއުކޭޝަން މިނިސްޓްރީން ބުނީ ޓީޗަރު އުޅޭ ގެ ކައިރިއަށް އަށް ބަޔަކު އެއްވެ، އޭނާ އަށް ބިރު ދެއްކި ކަމުގެ އެއްވެސް މައުލޫމާތެއް ލިބިފައި ނެތް ކަމަށެވެ.

އެ ޓީޗަރު މިއަދު އިންޑިއާ އަށް ފުރި ނަމަވެސް ސްކޫލުގެ ވަޒީފާ އިން އޭނާ ވަތްކެއް ނުވެ އެވެ.

މަޖީދިއްޔާގެ ބައެއް ޓީޗަރުން ބުނާ ގޮތުގައި އެ ސްކޫލުން ވަނީ އެ ޓީޗަރު އިސްތިއުފާ ދިނުމަށް އެދިފަ އެވެ. ނަމަވެސް މި ވާހަކަ ކަށަވަރުކުރެވޭ ގޮތެއް ނުވި އެވެ.

Kiyavainudhee Majeedhiyya ge teacherun halhuthaalugai

Kiyavainudhee Majeedhiyya ge teacherun halhuthaalugai

The most trusted news source in the Maldives

Mihaaru

މަޖީދިއްޔާގެ ޓީޗަރުން ހަލުތާލު ކުރުން--

ދަސްވާރު ޕްރޮގްރާމްގައި ގްރޭޑް 10 ގައި ކިޔަވާ އެ ދަރިވަރަކީ ސްކޫލު ތެރޭގައި މާރާމާރީ ހިންގުމުގެ ރެކޯޑް އޮންނަ ދަރިވަރެއް ކަމަށް ވެ އެވެ. ނަމަވެސް އެ ދަރިވަރާ މެދު މިހާތަނަށް ފިޔަވަޅު އަޅާފައިވާކަމެއް ނޭނގެ އެވެ.

މާރާމާރީގެ މައްސަލައިގައި ޓީޗަރު ސަސްޕެންޑް ކުރުމުން، އެ ސްކޫލްގެ ދިވެހި ނަސްލުގެ ޓީޗަރުން މިއަދު ވަނީ ހަލުތާލުކޮށް ކިޔަވައި ދިނުން ހުއްޓާލައިފަ އެވެ. އެޑިއުކޭޝަނުން އަންނަނީ އެ މައްސަލަ ބަލަމުންނެވެ.