30 މެއި 2019
ބަކޫ (މެއި 30) – ޗެލްސީގައި މަޑުކުރުމުގެ ފުރުސަތު އޭނާ އަށް ހައްގު ކަމަށާއި އެކަމާ ބެހޭގޮތުން ވާހަކަދައްކާނެ ކަމަށް އެ ޓީމަށް ރޭ ޔުރޮޕާ ލީގު ކާމިޔާބުކޮށްދިން ކޯޗު މައުރީޒިއޯ ސާރީ ބުނެފި އެވެ.
ބަކޫ (މެއި 30) – ޗެލްސީގައި މަޑުކުރުމުގެ ފުރުސަތު އޭނާ އަށް ހައްގު ކަމަށާއި އެކަމާ ބެހޭގޮތުން ވާހަކަދައްކާނެ ކަމަށް އެ ޓީމަށް ރޭ ޔުރޮޕާ ލީގު ކާމިޔާބުކޮށްދިން ކޯޗު މައުރީޒިއޯ ސާރީ ބުނެފި އެވެ.
އާސެނަލް އަތުން 4-1 އިން މޮޅުވެ ރޭ ހޯދި ތަށްޓަކީ ސާރީގެ ކެރިއަރުގެ ފުރަތަމަ ތަށްޓެވެ. މި ކާމިޔާބީގެ އިތުރުން އޭނާ ވަނީ ޗެލްސީ އަށް ޕްރިމިއާ ލީގުގެ ތިން ވަނަ ހޯދައިދީފަ އެވެ. މިއީ ފުރަތަމަ ސީޒަނާ ބަލާއިރު ވަރަށް ބޮޑު ކާމިޔާބެކެވެ. އަނެއްކޮޅުން އޭނާ ވަނީ ޕްރިމިއާ ލީގުގެ މާހައުލު ކަމުދާ ކަމަށާއި މަޑުކުރަން ބޭނުންވާ ކަމަށެެވެ. އެކަމަކު ކްލަބުގެ ޗެއާމަން ރޯމަން އަބްރަހަމޮވިޗްއާ ދެމެދު މައްސަލަތަކެއް އުޅޭތީ މަގާމް ގެއްލުމުގެ ފުރުސަތު ވެސް އެބައޮތެވެ.
"އަހަރެން ޕްރިމިއާ ލީގު ދެކެ ލޯބިވޭ. އެކަމަކު ކޮންމެ ސީޒަނެއް ނިންމާފައި ވެސް ވާހަކަދައްކަން ޖެހޭނެ. އަހަރެން ދެކޭ ގޮތުގައި އަހަންނަށް ކްލަބުގައި މަޑުކުރުމުގެ ފުރުސަތު ހައްގު. އެކަމަކު އަހަރެން ދެކޭ ގޮތެއް ނޫން ހުރިހާ އެއްޗަކީ،" ސާރީ ބުންޏެވެ.
ބޭންކެއްގައި ވަޒީފާއަދާކުރަމުން ޕާޓްޓައިމްކޮށް ކޯޗިން ފެށި ސާރީގެ ކެރިއަރުގެ ބޮޑުބައި ހޭދަކުރީ އިޓަލީގެ ދަށް ޑިވިޝަންތަކުގަ އެވެ. އެކަމަކު މީގެ ހަތަރު އަހަރު ކުރިން ނަޕޯލީއާ ހަވާލުވެ އެ ކްލަބުގައި ވަރުގަދަ ޓީމެއް ބިނާކޮށް ރީތީ ފުޓްބޯޅައެއް ކުޅުވަން ފެށި އެވެ. އެކަމަކު ތަށްޓެއްގައި އަތްލުމުގެ ނަސީބެއް ލިބިފައެއް ނުވެ އެވެ.
"އަހަރެން މިހިރީ ވަރަށް، ވަރަށް އުފާވެފައި. އެކަމަކު އަހަރެން ދެކޭ ގޮތުގައި ތަށި އެންމެ މުހިއްމީ ކްލަބަށް. ކުޅުންތެރިންގެ ނަމާއި ކޯޗުގެ ނަން އެހާ މުހިއްމެއް ނޫން،" ސާރީ ބުންޏެވެ.ސާރީ ހޯދަން އިޓަލީގެ ޗެމްޕިއަން ޔުވެންޓަސް އިން ވެސް ބޭނުންވެ ވާހަކަތައް ވެސް ބާއްވާފައިވާ ކަމަށްވެ އެވެ. އެކަމަކު އޭނާ އެހެން ކްލަބަކަށް ދާނީ ޗެލްސީން އޭނާ ބޭނުންނުވެއްޖެ ނަމަ އެވެ.
ލަމްޕާޑް ނުލިބިއްޖެނަމަ ޗެލްސީން ސާރީ މަޑުކުރުވަނީ
ސާރީ ދޫކޮށްލަން ޗެލްސީން ނިންމައިފި
ޗެލްސީ ދޫކޮށް ސާރީ ޔުވެންޓަސް އަށް؟
ޗެލްސީގެ ފަހު ޕްރެކްޓިސް ސެޝަން ހޫނުވެއްޖެ
މަގާމުގެ ޔަގީންކަމެއް ސާރީއަކަށް ނެތް
ޗެލްސީގެ ޑިފެންސް އޮތީ މައްސަލަގަނޑެއްގެ ތެރޭގައި
ޔުނައިޓެޑް ބަލިކުރަން ޗެލްސީ އަށް އެނގޭނެ: ސާރީ
މެޗުތައް ރޭވިފައި ހުރިގޮތުން ސާރީ ރުޅިގަދަވެއްޖެ
ސަޕޯޓަރުންނަށް ސަމާލުކަމެއް ނުދެން: ސާރީ
ދަނޑުގެ މައްސަލައިގައި ސާރީ ޔުއެފާ އަށް ފާޑުކިޔައިފި