12 ޖޫން 2019
ލަންޑަން (ޖޫން 12) - ޗެލްސީގެ ކޯޗުކަމަށް އެ ޓީމުގެ ކުރީގެ ތަރި ފްރޭންކް ލަމްޕާޑް ގެންނަން ކުރާ މަސައްކަތް ކާމިޔާބު ނުވެއްޖެނަމަ އެ މަގާމުގައި މިހާރު ހުރި އިޓަލީގެ ކޯޗު މައުރީޒިއޯ ސާރީ މަޑުކުރުވަން ޗެލްސީން މަސައްކަތްކުރާނެ ކަމަށް އިނގިރޭސި މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
ލަންޑަން (ޖޫން 12) - ޗެލްސީގެ ކޯޗުކަމަށް އެ ޓީމުގެ ކުރީގެ ތަރި ފްރޭންކް ލަމްޕާޑް ގެންނަން ކުރާ މަސައްކަތް ކާމިޔާބު ނުވެއްޖެނަމަ އެ މަގާމުގައި މިހާރު ހުރި އިޓަލީގެ ކޯޗު މައުރީޒިއޯ ސާރީ މަޑުކުރުވަން ޗެލްސީން މަސައްކަތްކުރާނެ ކަމަށް އިނގިރޭސި މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
މިދިޔަ އަހަރު ޖުލައި މަހު އެންޓޯނިއޯ ކޮންޓޭ މަގާމުން ވަކިކޮށް ޗެލްސީގެ ކޯޗަކަށް ސާރީ ހަމަޖެއްސީ ތިން އަހަރުގެ އެއްބަސްވުމެއްގެ ދަށުންނެވެ. ފާއިތުވި ހަފްތާގައި ޗެލްސީގެ ޑިރެކްޓަރު މާރިއާ ގަރަނޯވްސްކިއާއާ އެކު ބޭއްވި ބައްދަލުވުމުގައި ސާރީ ވަނީ އޭނާ އެ ކްލަބް ދޫކޮށްލަން ބޭނުންވާ ކަމަށް އަންގައިފަ އެވެ. ޗެލްސީން ވެސް ފުރަތަމަ ނިންމީ ސާރީ ބޭނުންވި ގޮތަށް އޭނާ ޔުވެންޓަސް ކޯޗުކަމާ ހަވާލުވާން ދޫކޮށްލުމަށެވެ. އެކަމަކު މިހާރު އެ ނިންމުން ބަދަލުވުމުގެ ފުރުސަތު އެބައޮތެވެ.
ޗެލްސީން ވަނީ އެ ޓީމަށް ކުރިން ކުޅުނު މިހާރު ޑާބީ ކައުންޓީގެ ކޯޗު ލަމްޕާޑް ގެންނަން އޭނާއާ އެކު މަޝްވަރާކޮށްފަ އެވެ. ރިޕޯޓްތައް ބުނާގޮތުން ބޭއްވި ބައްދަލުވުމުގައި ލަމްޕާޑްގެ ޑިމާންޑްތަކަށް ޗެލްސީން އެއްބަހެއްނުވި އެވެ. އެހެންވެ، ލަމްޕާޑް އެ ޓީމާ ހަވާލުވުމުގެ ފުރުސަތު ކުޑަކަމަށް އިނގިރޭސި ފުޓްބޯޅައިގެ ތަޖުރިބާކާރުން ބުނެ އެވެ.
ރިޕޯޓްތައް ބުނާގޮތުން ޗެލްސީން މީގެ ކުރިން ވަނީ ސާރީ، އެ ކްލަބާ އެކު ހަދާފައި އޮތް އެއްބަސްވުން އުވާލާނީ ޔުވެންޓަސް އިން ފަސް މިލިއަން ޕައުންޑް ދެއްކުމުން ކަމަށް ބުނެފަ އެވެ. ލަމްޕާޑް ގެންނަން ކުރާ މަސައްކަތަށް ކުރިއަށް އޮތް ދެ ދުވަސްތެރޭގައި ކުރިއެރުމެއް ނުލިބިއްޖެނަމަ ސާރީ މަޑުކުރުވަން އަލުން އޭނާއާ އެކު ޗެލްސީން މަޝްވަރާތައް ބާއްވާނެ އެވެ. އަދި ޓީމުގައި މަޑުކުރަން ސާރީގެ ޑިމާންޑްތައް އަލުން ޗެލްސީގެ ބޯޑުން މުރާޖާކުރާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
މި ފަހަރުގެ ޔޫރޮޕާ ލީގު ޗެލްސީ އަށް ކާމިޔާބު ކޮށްދިނުމަށް ފަހު ސާރީ އެ ޓީމުގައި މަޑުކުރާނީ ވަކި ކަންތައްތަކެއް ފުރިހަމަވުމުން ކަމަށް ކްލަބަށް އެންގި އެވެ. އެއީ އެ ޓީމުގެ ބޯޑު މެމްބަރުންގެ ސަޕޯޓު އޮތްކަން ރަސްމީ ސިފައެއްގައި ކްލަބުން މީޑިއާގައި ހާމަކުރުމަށެވެ. ސާރީ އެންމެ ފަހުން އިޓަލީ މީޑިއާ އަކަށް ދިން އިންޓަވިއުއެއްގައި ބުނީ އުފަން ގައުމުގައި މަސައްކަތްކުރުމަކީ އޭނާ އަށް އަބަދުވެސް ހާއްސަ އުފަލެއް ލިބޭ ކަމެއް ކަމަށާއި ކުރިއަށް އޮތް ސީޒަނުގައި ވެސް އެކަން އަލުން އިހުސާސް ކުރެވޭނެ ކަމުގެ އުއްމީދުގައި ހުރި ކަމަށެވެ.
ޗެލްސީގެ ތަރި އެޑެން ހަޒާޑް ސްޕެއިނުގެ ގަދަބާރު ރެއާލް މެޑްރިޑަށް ސޮއިކޮށްފައިވާއިރު، ޗެލްސީ އަށް މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ކުޅުންތެރިޔަކު ގެނެވެން އޮތީ ފީފާ އިން އެ ޓީމަށް ދީފައިވާ ސަސްޕެންޝަނަށް ލުޔެއް ލިބިގެންނެވެ. އަށާރަ އަހަރުން ދަށުގެ ކުޅުންތެރިން ގަވައިދާ ހިލާފަށް ރަޖިސްޓްރީކޮށްފައިވާތީ ކުޅުންތެރިއަކު ނުގަނެވޭ ގޮތަށް ޗެލްސީ އަށް ދީފައިވާ އަދަބު އެ ޓީމުން ވަނީ ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް (ސީއޭއެސް)ގައި އެޕީލްކޮށްފަ އެވެ.
ލަމްޕާޑާ އެކު ޗެލްސީން ފުރަތަމަ ފަހަރަށް ހަމަނޭވާއެއް
ޗެލްސީ ބަލިކޮށް އާސެނަލް އަށް ވަގުތީ ހިތްހަމަޖެހުމެއް
ލަމްޕާޑާ އެކު ޗެލްސީ ވިދިވިދިގެން ފަސް މެޗުން ބަލި
ނިއުކާސަލް އާއި ޗެލްސީ އަދި ޓޮޓެންހަމް ބަލިވެއްޖެ
ކުއާޓާގެ ކުރިން އަންޗެލޮޓީގެ ތައުރީފް ލަމްޕާޑަށް
ލަމްޕާޑާ އެކު ޗެލްސީ އަށް ގޯސް ފެށުމެއް
ސީޒަން ނިމެންދެން ޗެލްސީގެ ކޯޗަކަށް ލަމްޕާޑް
ލަމްޕާޑް އެވަޓަން ސަލާމަތް ކޮށްދީފި
ލަމްޕާޑުގެ އެވަޓަން އިން ޗެލްސީ ބަލިކޮށްފި
ކުޅިވަރުގެ ތެރެއަށް ވައްދަންވީ ކުޑައިރު: ލަމްޕާޑް