Roadha Mihaaru
ކުއާޓާގެ ކުރިން އަންޗެލޮޓީގެ ތައުރީފް ލަމްޕާޑަށް

ކުއާޓާ ފައިނަލްގެ ކުރިން އަންޗެލޮޓީގެ ތައުރީފް ލަމްޕާޑަށް

12 އެޕްރީލް 2023

މެޑްރިޑް (އޭޕްރީލް 12) - ޗެމްޕިއަންސް ލީގު ކުއާޓާ ފައިނަލް ގައި ޗެލްސީއާ ދެކޮޅަށް ނުކުތުމުގެ ކުރިން ރެއާލް މެޑްރިޑްގެ ކޯޗު ކާލޯ އަންޗެލޮޓީ، ޗެލްސީގެ ވަގުތީ ކޯޗު ފްރޭންކް ލަމްޕާޑަށް ތައުރީފް ކޮށްފި އެވެ.

މެޑްރިޑް (އޭޕްރީލް 12) - ޗެމްޕިއަންސް ލީގު ކުއާޓާ ފައިނަލް ގައި ޗެލްސީއާ ދެކޮޅަށް ނުކުތުމުގެ ކުރިން ރެއާލް މެޑްރިޑްގެ ކޯޗު ކާލޯ އަންޗެލޮޓީ، ޗެލްސީގެ ވަގުތީ ކޯޗު ފްރޭންކް ލަމްޕާޑަށް ތައުރީފް ކޮށްފި އެވެ.

އަންޗެލޮޓީ ވަނީ މީގެ ކުރިން ދެ ސީޒަން ގައި ޗެލްސީ އަށް ކޯޗު ކޮށްދީ، އިނގިރޭސި ޕްރިމިއާ ލީގާއި އެފްއޭ ކަޕް އަދި ކޮމިއުނިޓީ ޝީލްޑް މެޗް ކާމިޔާބު ކޮށްދީފަ އެވެ. އެ ކާމިޔާބީތަކުގައި ލަމްޕާޑަކީ ޗެލްސީގެ މިޑްފީލްޑުގައި އެންމެ މުހިއްމު ދައުރެއް އަދާކުރި އެއް ލީޑަރެވެ.

މީގެ އިތުރުން 2021 ވަނަ އަހަރު އަންޗެލޮޓީ ރެއާލަށް ބަދަލު ވުމުގެ ކުރިން އިނގިރޭސި ކްލަބް އެވަޓަންގެ ކޯޗަކަށް ހުރި އިރު، ލަމްޕާޑް ހުރީ ޗެލްސީގެ ދާއިމީ ކޯޗުގެ މަގާމުގަ އެވެ.

"އަހަރެން ވަރަށް ދެރަވޭ [ލީގު ޕޮއިންޓް ޓޭބަލްގައި ޗެލްސީ އޮތް މަގާމަށް ބަލައި]. ޗެލްސީ އާއި ކްލަބުގައި އޭރުން ފެށިގެން މިއަދާ ހަމައަށް ވެސް މަސައްކަތް ކުރާ ސްޓާފުންނާ އެކު އަހަރެންގެ ވަރަށް ހާއްސަ ހަނދާންތަކެއް ވޭ. އަހަރެންނަކީ ޗެލްސީގެ ސަޕޯޓަރެއް، އެއީ އަހަރެން ދެ އަހަރު އެ ކްލަބުގައި ހޭދަކުރިން،" އަންޗެލޮޓީ ބުންޏެވެ.

"އަހަރެން އެނބުރި [ކޯޗެއްގެ ގޮތުގައި] ދާނަންހޭ؟ ނޫން. އަހަރެން އުންމީދު ކުރަނީ ލަމްޕާޑް އެ ކްލަބާއެކު މޮޅު މަސައްކަތެއް ކުރުން. ލަމްޕާޑަކީ އަހަރެން ދެ އަހަރުގެ މުއްދަތަށް ކޯޗު ކޮށްދިން ވަރަށް މޮޅު ކުޅުންތެރިއެއް. އޭނާއަށް މިކަހަލަ މެޗުތައް އެނގޭނެ، އަދި ޓީމް ތައްޔާރު ކުރަން ވެސް އެނގޭނެ. މިތާނގައި އޭނާ ހަފްތާއެއް ހޭދަކުރީ، ޗެލްސީއާ އެކު އޭނާ ރަނގަޅު މަސައްކަތެއް ކުރާނެ."

ދަށް ނަތީޖާތަކަކާ އެކު އިނގިޭސި ލީގުގައި ޗެލްސީ މިވަގުތު އޮތީ ލީގުގެ 11 ވަނައިގަ އެވެ. އަދި ޖެނުއަރީ ޓްރާންސްފާ ގައި އާ ކުޅުންތެރިން ގަންނަން ގާތްގަނޑަކަށް 373 މިލިއަން ޑޮލަރު ހޭދަ ކުރި ނަމަވެސް އެފްއޭ ކަޕާއި ލީގް ކަޕުން ވެސް ކެޓީ އެވެ.

ޗެލްސީގެ ފޯމު ދަަށް ނަމަވެސް އަންޗެލޮޓީ ބުނީ އޭނާގެ ޓީމުން ޗެލްސީއާ މެދު ސަމާލުވާން ޖެހޭނެ ކަމަށެވެ. ފާއިތުވި ދެ ސީޒަންގައި ޗެލްސީ ވަނީ ޗެމްޕިއަންސް ލީގު ނޮކައުޓް ބުރުގައި ރެއާލް މެޑްރިޑާ ދެކޮޅަށް ހަތަރު މެޗު ކުޅެ، ދެ މެޗު ކާމިޔާބު ކޮށްފަ އެވެ.