Roadha Mihaaru
ރެއާލް ބަރޯސާ ވަނީ ބެންޒެމާގެ މައްޗަށް: އަންޗެލޮޓީ

ރެއާލް ބަރޯސާ ވަނީ ބެންޒެމާގެ މައްޗަށް، އެއީ ހަގީގަތެއް: އަންޗެލޮޓީ

12 އެޕްރީލް 2022

މެޑްރިޑް (އޭޕްރީލް 12) - ފޯވާޑް ކަރީމް ބެންޒެމާ އަށް ރެއާލް މެޑްރިޑް ބަރޯސާވުން އެއީ ހަގީގަތެއް ކަމަށް އެޓީމުގެ ކޯޗު ކާލޯ އަންޗެލޮޓޯ ބުނެފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

މެޑްރިޑް (އޭޕްރީލް 12) - ފޯވާޑް ކަރީމް ބެންޒެމާ އަށް ރެއާލް މެޑްރިޑް ބަރޯސާވުން އެއީ ހަގީގަތެއް ކަމަށް އެޓީމުގެ ކޯޗު ކާލޯ އަންޗެލޮޓޯ ބުނެފި އެވެ.

ޗެމްޕިއަންސް ލީގުގައި އެންމެ ފަހު ކުޅުނު ދެ މެޗުގައި ވެސް ހެޓްރިކް ހެދި ސްޓައިކަރާ ބެހޭގޮތުން އަންޗެލޯޓީ ބުނީ ބެންޒެމާގެ މައްޗަށް ބަރޯސާ ވުމަކީ ރެއާލް އަށް ލިބޭ އުފަލެއް ކަމަށެވެ.

"އަހަރެން ނެތިން އެހަގީގަތް ގަބޫލުނުކުރާކަށް. އަހަރެމެންގެ ޓީމު ބަރޯސާ ވަނީ ކަރީމް [ބެންޒެމާ] ގެ މައްޗަށް. އަދި އަހަރެމެން ވަރަށް އުފާވޭ ކަރީމްގެ މައްޗަށް ބަރޯސާވާން. އެއީ މިޓީމަށް ވެސް ރަނގަޅު ގޮތެއް،" ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގެ ދެވަނަ ލެގް މެޗުގައި މިރޭ ޗެލްސީއާ ދެކޮޅަށް ކުޅޭ މެޗުގެ ޕްރީ މެޗު ޕްރެސްގައި ވާހަކަ ދައްކަމުން އަންޗެލޮޓީ ބުންޏެވެ.

"ކަރީމް [ބެންޒެމާ] އަކީ ޒަމާނީ ފޯވާޑެއް. ޒަމާނީ ފޯވާޑެއްގެ ކިބައިގައި ހުންނަން ޖެހޭ ހުރިހާ ސިފައެއް އޭނާގެ ކިބައިގައި އެބަހުރި. މިޒަމާނުގެ ފުޓްބޯޅައިގައި ސެންޓަ ފޯވާޑް ހާމަކޮށްދޭން ޖެހޭ ހުރިހާ ސިފައެއް ހާމަކޮށްދޭ."

މިދިޔަ ސީޒަންގައި އެވަޓަންގައި މަސައްކަތް ކުރި އަންޗެލޮޓީ ބުނީ ރެއާލް ނޫން ކްލަބަކުން ހުށަހެޅުން އައި ނަމަ އޭނާ އެވަޓަންގައި މަޑު ކުރާނެ ކަމަށެވެ. ރެލިގޭޓް ވެދާނެ ކަމުގެ ބިރު ހީވެފައި ވަނިކޮށް މެންޗެސްޓާ ޔުނައިޓެޑް ބަލިކޮށް އެވަޓަން އިން ވަނީ އުންމީދެއް ލިބިފަ އެވެ.

"އެވަޓަން އިން އަހަންނަށް ވަރަށް ރަނގަޅަށް ކަންތައްތައް ހަމަޖައްސައިދިން. އަހަރެން އެޓީމު ދޫކޮށްލަން ޖެހޭ ސަބަބެއް ނެތް. ރެއާލް މެޑްރިޑް ނޫން ކްލަބަކުން ހުށަހެޅުން އައިނަމަ ވެސް އަހަރެން އެވަޓަންގައި މަޑުކުރާނަން،" އަންޗެލޯޓީ ބުންޏެވެ.

"ރެއާލް މެޑްރިޑްގެ ހުށަހެޅުމަކީ އަހަންނަށް ނޫނެކޭ ބުނެވެން ނެތް ހުށަހެޅުމެއް. އަބަދު ވެސް އެކަން އޮންނާނީ އެހެން."

ޑްރިޑްގައި މިރޭ ކުޅޭ މެޗު ފަށާނީ ރާއްޖޭ ގަޑިން ދަންވަރު 12 ޖަހާއިރު އެވެ.