01 ޖޫން 2019
ލަންޑަން (ޖޫން 1) - މި ފަހަރުގެ ޔޫރޮޕާ ލީގުގެ ޗެމްޕިއަންކަން ޗެލްސީ އަށް ހޯދައިދިނުމަށް ފަހު އެ ޓީމުގެ ކޯޗު މައުރީޒިއޯ ސާރީ މިހާރު ބޭނުންވަނީ އިޓަލީގެ ޗެމްޕިއަން ޔުވެންޓަސް އަށް ބަދަލުވާން ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
ލަންޑަން (ޖޫން 1) - މި ފަހަރުގެ ޔޫރޮޕާ ލީގުގެ ޗެމްޕިއަންކަން ޗެލްސީ އަށް ހޯދައިދިނުމަށް ފަހު އެ ޓީމުގެ ކޯޗު މައުރީޒިއޯ ސާރީ މިހާރު ބޭނުންވަނީ އިޓަލީގެ ޗެމްޕިއަން ޔުވެންޓަސް އަށް ބަދަލުވާން ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
މަޝްހޫރު ކުޅިވަރު މީޑިއާ ސްކައިސްޕޯޓްސް އިން ރިޕޯޓްކުރާގޮތުގައި ކްލަބް ބަދަލުކުރަން ބޭނުންވާކަން ސާރީ މިހާރު ވަނީ ޗެލްސީގެ މެނޭޖްމަންޓަށް ހިއްސާކޮށްފަ އެވެ. ޔޫރޮޕާ ލީގުގެ ފައިނަލާ ހަމައަށް ޗެލްސީގެ ކޯޗުކަމުގެ މަގާމުގައި ސާރީ ދެމިހުންނާނެ ކަމާ މެދު ސުވާލު އުފެދިފައިވީ ނަމަވެސް ފައިނަލަށް ފަހު ސާރީ ބުނީ ޗެލްސީގައި މަޑުކުރަން ބޭނުންކަމަށާއި އެކަމަކު ގޮތެއް ނިންމާނީ ކްލަބާ ވާހަކަ ދެއްކުމަށް ފަހު ކަމަށެވެ.
މި ފަހަރު އިނގިރޭސި ޕްރިމިއާ ލީގުގެ ތިން ވަނަ ހޯދައި ޗެލްސީން ވަނީ ލީގު ކަޕް ފައިނަލުގައި ވެސް ކުޅެފަ އެވެ. ސާރީގެ ކޯޗިން ކެރިއަރުގައި މިހާތަނަށް ލިބުނު ކާމިޔާބީ އަކީ މި ސީޒަނުގެ ޔޫރޮޕާ ލީގު ތަށްޓެވެ.
ރިޕޯޓްތައް ބުނާގޮތުގައި ޗެލްސީގެ ވެރިޔާ ރޯމަން އަބްރަމޮވިޗާއި ސާރީއާ ދެމެދު މައްސަލަ ގޯސްވެފައިވަނީ މި ފަހަރު ޕްރިމިއާ ލީގުގެ ބައެއް މެޗުތަކުން ޗެލްސީ ތަފާތު ބޮޑުކޮށް ބަލިވުމުގެ އިތުރުން ފީފާ އިން ޗެލްސީ އަށް ދީފައިވާ ޓްރާންސްފާ ސަސްޕެންޝަން ތަންފީޒުކުރުމުގެ ކުރިން ސާރީ ބޭނުންވާ ކުޅުންތެރިން ހޯދަން މިދިޔަ ޖެނުއަރީ މަހުގެ ޓްރާންސްފާ މާކެޓްގައި ޗެލްސީން ބަޖެޓެއް ނުދިނުމުންނެވެ.
ޗެލްސީގެ ޑިރެކްޓަރު މާރިއާ ގަރަނޯވްސްކިއާ އަށް ސާރީ ބޭނުންވާ ގޮތް އިއްޔެ ބޭއްވި ބައްދަލުވުމެއްގައި ހިއްސާކޮށްފައިވާއިރު، މީގެ އެންމެ ފަހުގެ ނިންމުމެއް ކުރިއަށް އޮތް ދެ ދުވަހުގެ ތެރޭގައި ޗެލްސީން ނިންމާނެ ކަމަށް ބެލެވެ އެވެ. ޔުވެންޓަސް އިން ވެސް މިހާރު ވަނީ ސާރީގެ އޭޖެންޓާ އެކު ބައްދަލުވުންތައް ބާއްވައިފަ އެވެ.
ބޭންކެއްގައި ވަޒީފާއަދާކުރަމުން ޕާޓްޓައިމްކޮށް ކޯޗިން ފެށި ސާރީގެ ކެރިއަރުގެ ބޮޑުބައި ހޭދަކުރީ އިޓަލީގެ ދަށް ޑިވިޝަންތަކުގަ އެވެ. އެކަމަކު މީގެ ހަތަރު އަހަރު ކުރިން ނަޕޯލީއާ ހަވާލުވެ އެ ކްލަބުގައި ވަރުގަދަ ޓީމެއް ބިނާކޮށް ރީތީ ފުޓްބޯޅައެއް ކުޅުވަން ފެށި އެވެ. ސާރީ ބޭނުންވާ ސިސްޓަމަށް ޗެލްސީ ކުޅުވަން މި ސީޒަނުގައި ކުރި މަސައްކަތުން ބައެއް މެޗުތަކުގައި ކުޅުން ދަށްވެ، ސާރީ އަށް ސަޕޯޓަރުންގެ ޕްރެޝަރު ވެސް ބޮޑުވި އެވެ.
އިޓަލީގެ ބައެއް މީޑިއާތަކުން ރިޕޯޓްކުރާގޮތުގައި ޔުވެންޓަސްގެ އޮފިޝަލުން ވަނީ އެ ކްލަބްގެ ބައެއް ކުޅުންތެރިން ގާތުގައި އަންނަ ސީޒަނުގައި އެ ޓީމުގެ ކޯޗަކަށް ހުންނާނީ ސާރީ ކަމަށް ބުނެފަ އެވެ. ޔުވެންޓަސްގެ ކޯޗަކަށް ހުރި މެސިމޯ އަލެގްރީ އަންނަ އަހަރު އެ ޓީމުން ނުފެންނާނެ އެވެ.
ރިޕޯޓްތައް ބުނާގޮތުގައި ޗެލްސީގެ ގިނަ ބޯޑު މެމްބަރުން ބޭނުންވަނީ އެ ޓީމުގެ ކޯޗުކަމަށް އެ ކްލަބްގެ ކުރީގެ ތަރި ފްރޭންކް ލަމްޕާޑް ގެންނާށެވެ.
ޔުވެންޓަސް ޔޫރަޕުން ބޭރުކޮށް ޗެލްސީ ޖޫރިމަނާ ކޮށްފި
ޔުވެންޓަސް ކަޓައިފި، ޗެލްސީ އާއި ޕީއެސްޖީ ދެވަނަބުރަށް
ވާނާ ގެންދަން ޔުވެންޓަސްއިން ޗެލްސީއާއެކު މަޝްވަރާ އަށް
ޔުވެންޓަސް ކަޓުވާލުމަށް ފަހު ވިޔަރެއާލް ކުއާޓާ އަށް
ފްރާންސްގެ ޗެމްޕިއަން އަތުން ޗެލްސީ މޮޅުވެއްޖެ
ޗެލްސީން ފެންވަރު ދައްކާލައި ގުރޫޕުގެ އެއްވަނަ އަށް
ޗެލްސީ މޮޅުވި މެޗުގައި ލުކާކޫ އާއި ވާނާ އަށް އަނިޔާ
ރޮނާލްޑޯއަކީ ޔުނައިޓެޑުގެ ނަސީބު، ޗެލްސީއަށް ނާކާމިޔާބު
ކާންޓޭއަށް ކޮވިޑް ޖެހި، ޔުވެންޓަސްއާ ދެކޮޅަށް ނުކުޅޭނެ
ޗެލްސީ، ސެވިއްޔާ، ބާސާ އަދި ޔުވެންޓަސް އަނެއް ބުރަށް