02 މެއި 2019
ލަންޑަން (1 މެއި) – ޔުއެފާ ޔުރޮޕާ ލީގުގެ ސެމީ ފައިނަލުގެ ފުރަތަމަ ލެގުގައި މިރޭ ޖަރުމަނުގެ އެއިންޓްރެކްޓް ފްރެންކްފަޓާ ދެކޮޅަށް ނުކުންނައިރު ޗެލްސީގެ ޑިފެންސް އޮތީ މައްސަލަގަނޑެއްގެ ތެރޭގައި ކަމަށް ކޯޗު މައުރީޒިއޯ ސާރީ ބުނެފި އެވެ.
ލަންޑަން (1 މެއި) – ޔުއެފާ ޔުރޮޕާ ލީގުގެ ސެމީ ފައިނަލުގެ ފުރަތަމަ ލެގުގައި މިރޭ ޖަރުމަނުގެ އެއިންޓްރެކްޓް ފްރެންކްފަޓާ ދެކޮޅަށް ނުކުންނައިރު ޗެލްސީގެ ޑިފެންސް އޮތީ މައްސަލަގަނޑެއްގެ ތެރޭގައި ކަމަށް ކޯޗު މައުރީޒިއޯ ސާރީ ބުނެފި އެވެ.
ޖަރުމަން ޑިފެންޑަރު އެންޓޯނިއޯ ރުޑިގާ ކަކުކުގެ އޮޕަރޭޝަނެއް ކޮށްފައިވާއިރު އިނގިރޭސި ޑިފެންޑަރު ގެރީ ކޭހިލަށް ވެސް ވަނީ އަނިޔާވެފަ އެވެ. ފިޓްކޮށް ތިބި ހަމައެކަނި ދެ ސެންޓްރަލް ޑިފެންޑަރުންނަކީ ޑަވިޑް ލުއިޒް އާއި އަންދްރެއަސް ކްރިސްޓެންސެން އެވެ. ފުލްބެކް ސެސާ އަޒްޕިލިކުއެޓާ ލައްވާ ސެންޓްރަލް ޑިފެންސަށް ފަހަރެއްގައި ކުޅުވަފާނެ އެވެ.
"ސެންޓްރަލް ޑިފެންޑަރުންގެ މައްސަލަ ވަރަށް ބޮޑަށް. އަހަރެމެން އުއްމީދުކުރަން ކޭހިލް ހަފުތާއެއްގެ ތެރޭ ފިޓްވާނެ ކަމަށް،" ސާރީ ބުންޏެވެ. "އަހަރެމެން މި ސީޒަނުގައި 58 މެޗު ކުޅެފިން. ކުރިން ނަސީބު ރަނގަޅު އެކަމަކު މިދިޔަ 10 ވަރަކަށް ދުވަހު އެހެނެއް ނޫން ކަންވީ."
ސާރީ ބުނީ ޒުވާން ޑިފެންޑަރު ކްރިސްޓެންސެން މި ސީޒަނުގައި 25 މެޗު ކުޅެފައިވާތީ އޭނާ މެޗަށް ތައްޔާރުވާނެ ކަމަށާއި އޭނާއާ މެދު އިތުބާރު އެބައޮތް ކަމަށެވެ.
"އޭނާ ވަރަށް މުހިއްމު މެޗުތަކެއްގައި ވަރަށް ރަނގަޅަށް ކުޅުނު. އެހެންވީމާ އޭނާ އަރުވަން ޖެހުމަކީ ކަންބޮޑުވުމެއް ނޫން،" ސާރީ ބުންޏެވެ.
މިރޭ ޔުރޮޕާ ލީގުގެ މެޗުގެ އިތުރުން ޕްރިމިއާ ލީގުގައި ކުރިއަށް އޮތް ދެ މެޗާ މެދު ވެސް ސާރީ ވިސްނަން ޖެހެ އެވެ. ސާރީ ބުނީ ޔުރޮޕާ ލީގު ކާމިޔާބުކޮށްގެން ޗެމްޕިއަންސް ލީގަށް ކޮލިފައިވުމަށް ވުރެ ބޭނުންވަނީ ޕްރިމިއާ ލީގުގެ ގަދަ ހަތަރެއްގައި ހިމެނި އެ ފުރުސަތު ލިބުމަށް ކަމަށެވެ.
"ޔުރޮޕާ ލީގަކީ މުހިއްމު މުބާރާތެއް. އެކަމަކު އަހަރެމެން ޗެމްޕިއަންސް ލީގަށް ދާން ބޭނުންވަނީ ޕްރިމިއާ ލީގުގެ ތެރެއިން،" ލީގުގެ ހަތަރު ވަނައިގައި އޮތް ޓީމުގެ ކޯޗު ބުންޏެވެ.
މިރޭގެ މެޗު އޮންނާނީ ފްރެންކްފަޓުގައި ރާއްޖެ ގަޑިން 12 ޖަހާއިރެވެ. ޗެލްސީ އަށް ދެން އޮންނާނީ އާދީއްތަ ދުވަހު ޕްރިމިއާ ލީގުގައި އަމިއްލަ ދަނޑުގައި ވަޓްފޯޑާ ދެކޮޅަށް ކުޅޭ މެޗެވެ. އޭގެ ފަހުން ފްރެންކްފަޓާ ދެކޮޅަށް ބުރާސްފަތި ދުވަހުގެރޭ އަމިއްލަ ދަނޑުގައި ދެ ވަނަ ލެގު ކުޅުމަށް ފަހު ޕްރިމިއާ ލީގުގެ ފަހު މެޗުގައި މި މަހުގެ 12 ވަނަ ދުވަހު ރަށުން ބޭރުގައި ނުކުންނާނީ ލެސްޓާ ސިޓީއާ ދެކޮޅަށެވެ.
ލަމްޕާޑް ނުލިބިއްޖެނަމަ ޗެލްސީން ސާރީ މަޑުކުރުވަނީ
ސާރީ ދޫކޮށްލަން ޗެލްސީން ނިންމައިފި
ޗެލްސީ ދޫކޮށް ސާރީ ޔުވެންޓަސް އަށް؟
ޗެލްސީގައި މަޑުކުރަން ބޭނުން: ސާރީ
ޗެލްސީގެ ފަހު ޕްރެކްޓިސް ސެޝަން ހޫނުވެއްޖެ
މަގާމުގެ ޔަގީންކަމެއް ސާރީއަކަށް ނެތް
ޔުނައިޓެޑް ބަލިކުރަން ޗެލްސީ އަށް އެނގޭނެ: ސާރީ
މެޗުތައް ރޭވިފައި ހުރިގޮތުން ސާރީ ރުޅިގަދަވެއްޖެ
ސަޕޯޓަރުންނަށް ސަމާލުކަމެއް ނުދެން: ސާރީ
ދަނޑުގެ މައްސަލައިގައި ސާރީ ޔުއެފާ އަށް ފާޑުކިޔައިފި