29 މެއި 2019
ބަކޫ (މެއި 29) – ޔުރޮޕާ ލީގުގެ ފައިނަލުގައި މިރޭ އާސެނަލާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ރޭ ބޭއްވި ފަހު ފަހު ޕްރެކްޓިސް ސެޝަނުގެ ތެރެއިން ޗެލްސީގެ ގޮންޒާލޯ ހިގުއައިން އާއި ޑަވިޑް ލުއިޒުގެ މެދުގައި މައްސަލަތަކެއް ޖެހުނުއިރު ކޯޗު މައުރީޒިއޯ ސާރީ ރުޅިވެރިކަމާ އެކު ދަނޑުން ފައިބައިފި އެވެ.
ބަކޫ (މެއި 29) – ޔުރޮޕާ ލީގުގެ ފައިނަލުގައި މިރޭ އާސެނަލާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ރޭ ބޭއްވި ފަހު ފަހު ޕްރެކްޓިސް ސެޝަނުގެ ތެރެއިން ޗެލްސީގެ ގޮންޒާލޯ ހިގުއައިން އާއި ޑަވިޑް ލުއިޒުގެ މެދުގައި މައްސަލަތަކެއް ޖެހުނުއިރު ކޯޗު މައުރީޒިއޯ ސާރީ ރުޅިވެރިކަމާ އެކު ދަނޑުން ފައިބައިފި އެވެ.
މީގެ ކުރިން ޖޯޖީނިއޯއާ ވެސް މައްސަލަތަކެއް ޖެހުނު ހިގުއައިން އާއި ލުއިޒްއާ ދެމެދު ރޭ ހިތްހަމަނުޖެހުންތަކެއް އުފެދި ޒުވާބު ވެސް އެވެ. އެކަަމަކު ސާރީގެ ރުޅިއާ އެކަމާ ގުޅުމެއް ނެތެވެ.
އޭނާ ހިތްހަމަނުޖެހުނީ ޕްރެކްޓިސް ސެޝަން މީޑިއާއަށް ހުޅުވާލާފައި އޮތުމުން ސެޓްޕީސްތައް ޕްރެކްޓިސް ނުކުރެވުމުންނެވެ. އެކަމާ ރުޅިގަދަވެ، ބޮލުގައި އަޅާފައި އޮތް ތޮފި ނަގައި ބިންމައްޗަށް އެއްލާލައި ސާރީ ދަނޑުން ފޭބީ އެވެ.
ރުޅިގަދަ ކޯޗެއްގެ ގޮތުގައި ފާހަގަކުރެވޭ ސާރީ ވަނީ މީގެ ކުރިން މެޗެއްގެ ތެރެއިން ވެސް ހިތްހަމަނުޖެހި ބެންޗުދޫކޮށްލަން އުޅެފަ އެވެ. އެއީ ލީގު ކަޕުގެ ފައިނަލުގައި މެންޗެސްޓާ ސިޓީ އަތުން ބަލިވި މެޗުގައި ގޯލްކީޕަރު ކެޕާ އަރިއްޒަބަލަގާ ބަދަލުކުރަން އުޅުމުން އޭނާ އެކަމާ ދެކޮޅު ހެދުމުންނެވެ.
ޓީމުގެ ތެރޭގައި ސާރީ ހިތްހަމަނުޖެހުންތަކެއް އުޅުނު ނަމަވެސް އޭނާ ވަނީ އިނގިރޭސި ފުޓްބޯޅައިގެ މާހައުލު ކަމުދާ ކަމަށް ބުނެ މަޑުކުރަން ބޭނުންވާ ކަމަށް ބުނެފަ އެވެ. އެކަމަކު އެ ހުރިހާ ކަމެއް ބިނާވާނީ މިރޭގެ ފައިނަލަށެވެ. ޗެލްސީ ޕްރިމިއާ ލީގުގެ ގަދަ ހަތަރެއްގެ ތެރެއިން ފުރުސަތު ހޯދައިދީފައިވާތީ މިރޭ ޔުރޮޕާ ލީގުގެ ތަށި ހޯދިއްޖެ ނަމަ އޭނާ ވެގެންދާނީ ފުރަތަމަ ސީޒަނުގައި ބޮޑު ކާމިޔާބެއް ހޯދި ޗެލްސީގެ މަދު ކޯޗުންގެ ތެރެއިން އެކަކަށެވެ.
ލަމްޕާޑް ނުލިބިއްޖެނަމަ ޗެލްސީން ސާރީ މަޑުކުރުވަނީ
ސާރީ ދޫކޮށްލަން ޗެލްސީން ނިންމައިފި
ޗެލްސީ ދޫކޮށް ސާރީ ޔުވެންޓަސް އަށް؟
ޗެލްސީގައި މަޑުކުރަން ބޭނުން: ސާރީ
މަގާމުގެ ޔަގީންކަމެއް ސާރީއަކަށް ނެތް
ޗެލްސީގެ ޑިފެންސް އޮތީ މައްސަލަގަނޑެއްގެ ތެރޭގައި
ޔުނައިޓެޑް ބަލިކުރަން ޗެލްސީ އަށް އެނގޭނެ: ސާރީ
މެޗުތައް ރޭވިފައި ހުރިގޮތުން ސާރީ ރުޅިގަދަވެއްޖެ
ސަޕޯޓަރުންނަށް ސަމާލުކަމެއް ނުދެން: ސާރީ
ދަނޑުގެ މައްސަލައިގައި ސާރީ ޔުއެފާ އަށް ފާޑުކިޔައިފި