30 މެއި 2019
ފިލިޕީންސްގައި ކިޔަވާ ދަރިވަރުން ގްރެޖްއޭޓްވުމުގެ ކުރިން ގަސް އިންދަން ޖެހޭ ގާނޫނެއް ފާސްކޮށް އެއަށް އަމަލުކުރަން ނިންމައިފި އެވެ.
ފިލިޕީންސްގައި ކިޔަވާ ދަރިވަރުން ގްރެޖްއޭޓްވުމުގެ ކުރިން ގަސް އިންދަން ޖެހޭ ގާނޫނެއް ފާސްކޮށް އެއަށް އަމަލުކުރަން ނިންމައިފި އެވެ.
މިއީ މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް ކުރަމުން އަންނަ މަސައްކަތަށް އެ ގައުމުން ކުރާ ކަމެކެވެ. އެގޮތުން އެލެމެންޓްރީ ސްކޫލްތަކާއި ހައި ސްކޫލްތަކާއި ކޮލެޖްތަކުގައި ކިޔަވާ ދަރިވަރުން ގްރެޖްއޭޓްވުމުގެ ކުރިން 10 ގަސް އިންދަން ޖެހޭނެ އެވެ.
އަލަށް އަމަލުކުރަން ފެށި ގާނޫނުގެ ދަށުން ކުރިއަށް އޮތް އަހަރުތަކުގައި މަދުވެގެން 525 ބިލިއަން ގަސް، ކަނޑައަޅާ އެކި ސަރަހައްދުގައި އިންދަން ވަނީ ނިންމައިފަ އެވެ.
ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ފިލިޕީންސްގައި އަހަރަކު 12 މިލިއަން ދަރިވަރުން އެލެމެންޓްރީ ސްކޫލްތަކުން، ފަސް މިލިއަން ދަރިވަރުން ހައި ސްކޫލްތަކުން އަދި 500،000 ދަރިވަރުން ކޮލެޖްތަކުން ގްރެޖްއޭޓްވެ އެވެ.
ދަރިވަރުން ގަސް އިންދަން ޖެހޭ ގާނޫނު އެކުލަވާލި ގެރީ.
ގްރެޖްއޭޓްވުމުގެ ކުރިން ގަސް އިންދަންޖެހޭ ގާނޫނު އެކުލަވާލުމުގައި އިސްކޮށް އުޅުއްވި މެގްޑާލޯ ޕާޓީގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރު ގެރީ ސީ އެލެޖާނޯ ވިދާޅުވި ގޮތުގައި ގްރެޖްއޭޓްވާ ދަރިވަރުން ބޭނުންކޮށްގެން ގަސް އިންދަން ފެށުމުން އަހަރެއްގެ މައްޗަށް ފިލިޕީންސްގައި މަދުވެގެން 175 މިލިއަން ގަސް އިންދޭނެ އެވެ.
"އަހަރެމެންގެ ޓާގެޓަކީ މިހާރު މިއޮތް ޖީލުގެ ތެރޭގައި މަދުވެގެން ފަސްސަތޭކަ ފަންސަވީސް ބިލިއަން ގަސް ފިލިޕީންސްގައި އިންދުން،" އޭނާ ވިދާޅުވި އެވެ. "މިގޮތަށް ގަސް އިންދަން ފެށުމުން އަންނަން އޮތް ޖީލުތަކަށް އޭގެ ފައިދާ ކުރާނެ. އަދި މިއީ މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް ކޮންމެހެން ވެސް ކުރަން ޖެހޭ ކަމެއް."
އަލަށް އަމަލު ކުރަން ފެށި ގާނޫނުގެ ދަށުން ގަސް އިންދަން ކަނޑައަޅާފައި ވަނީ ޕިލިޕީންސްގެ ޖަންގަލިތަކާއި ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކާއި އަސްކަރީ ކަންކަމަށް ކަނޑައަޅާފައިވާ ތަންތަނާއި މައިންތައް ނައްތާލާފައިވާ ތަންތަނުގެ އިތުރުން ހޮވާލެވފަިއވާ އާބަން އޭރިއާތަކުގަ އެވެ.
ގަސް އިންދަން ފިލިޕީންސްގައި ބޭއްވި ޕްރޮގްރާމެއްގެ ތެރެއިން.
މިކަމާ ބެހޭ ގޮތުން ސަރުކާރުން ބުނީ ކަނޑައަޅާފައިވާ ސަރަހައްދުތަކުގައި އިންދާނީ އެތަނެއްގެ މާހައުލާ ގުޅޭ ކަހަލަ ގަސްތައް ކަމަށެވެ.
ގްރެޖްއޭޓްވާ ދަރިވަރުން ގަސް އިންދަން ޖެހޭ ގޮތަށް ފާސްކުރި ގާނޫނު ތަންފީޒު ކުރުމުގައި ފިލިޕީންސްގެ އެޑިއުކޭޝަން ޑިޕާޓްމަންޓާއި ހަޔާ އެޑިއުކޭޝަން ކޮމިޝަނުން އިސް ދައުރެއް އަދާ ކުރާނެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން ފިލިޕީންސަކީ ދުނިޔޭގެ ގައުމުތަކުގެ ތެރެއިން ޖަންގަލިތައް އެންމެ ބޮޑަށް ހަލާކުކޮށްލައިވާ އެ ގައުމެވެ. އެ ގައުމުގެ ޖަންގަލިތަކުގެ 70 ޕަސަންޓް މިހާރު ވަނީ ހަލާލުކޮށްލައިފަ އެވެ.
ދުބާއީ ފެހިކުރަން މިލިއަން ގަސް އިންދަނީ
ރާނީގެ ތަހުތަށް 70 އަހަރު ފާހަގަކުރަން ގަސް އިންދަނީ
ސައުދީން 10 މިލިއަން ގަސް އިންދަނީ
ގަސްގަހާގެހީގެ ފަސްބައިކުޅަ ދެ ބައި ނުރައްކަލުގައި
ރޮބޮޓްތަކެއްގެ އެހީގައި 326 ގަސް އިންދައިފި
ގަސް ހެއްދުމަށް ބާރުއަޅަން ޕްރިންސް ހެރީގެ ކެމްޕޭނެއް
ކޮލެޖްތަކެއްގައި ދަރިވަރުން ގަސް އިންދަން ލާޒިމް
އައްޑޫން ގަސް ކެނޑުން "ހައްދުން ނައްޓައިފި"
ކޮޕް29: ނިންމީ ފަގީރު ގައުމުތަކަށް 300 ބިލިއަން
މޫސުމީ ގެއްލުންތަކަށް އެހީ ދޭން ރައީސްގެ ހުށަހެޅުމެއް