Roadha Mihaaru
ޑޮލަރުތަކާ އެކު ލަންކާއިން ހައްޔަރުކުރީ ޑރ. މަޖީދު

ގިނަ އަދަދެއްގެ ޑޮލަރާ އެކު ލަންކާއިން ހައްޔަރުކުރީ ޑރ. މަޖީދު

04 ސެޕްޓެމްބަރ 2016

ވަގަށް ޑޮލަރު ބޭރުކުރަން އުޅުނު ކަމުގެ ތުހުމަތުގައި ސްރީ ލަންކާ އެއާޕޯޓުން ރޭ ހައްޔަރުކުރީ ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަބްދުލްމަޖީދު އަބްދުލްބާރީ ކަން "މިހާރު" އަށް އެނގިއްޖެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ވަގަށް ޑޮލަރު ބޭރުކުރަން އުޅުނު ކަމުގެ ތުހުމަތުގައި ސްރީ ލަންކާ އެއާޕޯޓުން ރޭ ހައްޔަރުކުރީ ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަބްދުލްމަޖީދު އަބްދުލްބާރީ ކަން "މިހާރު" އަށް އެނގިއްޖެ އެވެ.

ލަންކާގެ ނޫސްތަކުން ބުނާގޮތުން ލަންކާގެ ބަންޑާރަނައިކަ އިންޓަނޭޝަނަލް އެއާޕޯޓުން ރޭ އިރާކޮޅު ފުރަން އުޅެނިކޮށް ހައްޔަރުކުރި އުމުރުން 53 އަހަރުގެ ދިވެހި މީހާގެ އަތުން 45،000 ޑޮލަރު ފެނިފައިވެ އެވެ. އެ ފައިސާ ހުރީ އަތް ދަބަހުގައި ފޮރުވާފައިވާ ކަމަށް ވެސް ލަންކާ ނޫސްތަކުގައިވެ އެވެ.

ޑރ. މަޖީދު ލަންކާއިން ހައްޔަރު ކުރި އިރު ރާއްޖޭގެ އިދިކޮޅު ސިޔާސީ ބައެއް ބޭފުޅުން މިވަގުތު ތިއްބެވީ ލަންކާގަ އެވެ. ނަމަވެސް މަޖީދު ލަންކާ އަށް ވަޑައިގެން އުޅުއްވީ ކޮން ބޭނުމެއްގައި ކަމެއް ނޭނގެ އެވެ.

ލަންކާގެ ގާނޫނުތައް އޮންނަ ގޮތުން 5،000 ޑޮލަރަށް ވުރެ ގިނައިން ބޭރު ފައިސާ އެ ގައުމުން ބޭރަށް ގެންދާ ނަމަ ހުއްދަ ހޯދަންޖެހެ އެވެ.