10 ސެޕްޓެމްބަރ 2016
ކުރީގެ އިސްލާމިކް މިނިސްޓަރު އަބްދުލް މަޖީދު އަބްދުލް ބާރީ ފުލުސް އޮފީހަށް ހާޒިރު ކުރީ ލަންކާ އިން ޑޮލަރު ބޭރުކުރި މައްސަލާގައި ކަމަށާއި އެކަމުގައި އެއްވެސް ތުހުމަތެއް ނުކުރާ ކަމަށް އޭނާ މިއަދު ވިދާޅުވެއްޖެ އެވެ.
ކުރީގެ އިސްލާމިކް މިނިސްޓަރު އަބްދުލް މަޖީދު އަބްދުލް ބާރީ ފުލުސް އޮފީހަށް ހާޒިރު ކުރީ ލަންކާ އިން ޑޮލަރު ބޭރުކުރި މައްސަލާގައި ކަމަށާއި އެކަމުގައި އެއްވެސް ތުހުމަތެއް ނުކުރާ ކަމަށް އޭނާ މިއަދު ވިދާޅުވެއްޖެ އެވެ.
ވަގަށް ޑޮލަރު ބޭރުކުރަން އުޅުނު ކަމުގެ ތުހުމަތުގައި ސްރީ ލަންކާ އެއާޕޯޓުން މީހަކު ހައްޔަރުކުރި ކަމަށް އެ ގައުމުގެ ޑެއިލީ މިރާ ނޫހުން މިދިޔަ އާދިއްތަ ދުވަހު ވަނީ ބުނެފަ އެވެ. އެ ނޫހުގައި ބުނެފައިވާ ގޮތުގައި އެ މީހާ އަތުން 45،000 ޑޮލަރު ފެނިފައިވެ އެވެ. އެއީ ކާކުކަން އެ ނޫހުން ނުބުންޏަސް، "މިހާރު"އަށް އެނގުނު ގޮތުގައި ލަންކާ ފުލުހުން ހައްޔަރުކުރީ މަޖީދެވެ.
މަޖީދު ވިދާޅުވި ގޮތުގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ފުލުހުން އޭނާ ހާޒިރުކޮށް ސުވާލުކުރީ ލަންކާ އިން ބޭރުކުރި ފައިސާއާ ބެހޭ ގޮތުންނެވެ. އެއީ ކިހިނެއް ހޯދި ފައިސާއެއްތޯ ފުލުހުން އޮޅުންފިލުވި ކަމަށް އޭނާ ވިދާޅުވި އެވެ.
"ފުލުހުން ކުރި ހުރިހާ ސުވާލުތަކަށް ޖަވާބު ދިނިން. ބަޔާން ދީފައި ވާނީ. އެއްވެސް ތުހުމަތެއް ނުކުރޭ،" މަޖީދު ވިދާޅުވި އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި މިނިސްޓަރުކަން ކުރެއްވި މަޖީދު ވިދާޅުވީ ފުލުހުންނަށް ދިން ބަޔާނުގައި، އެއީ އަމިއްލަ ވިޔަފާރީގައި ބޭނުންކުރާ ފައިސާކަން ސާފުކޮށް ދެއްވި ކަމަށެވެ. ނަމަވެސް އެއީ ކޮން ވިޔަފާރިއެއް ކަމާއި ބޭރު ކުރީ ކިހާ އަދަދެއްގެ ފައިސާ ކަމެއް އޭނާ ހިއްސާއެއް ނުކުރައްވަ އެވެ.
ލަންކާގެ މައި އެއާޕޯޓުން މަޖީދު ހައްޔަރުކުރި ކަމަށް ބުނާ ވާހަކަ އޭނާ ދޮގުކުރައްވަ އެވެ. އޭނާ ކުރިން ވިދާޅުވެފައި ވަނީ "ކޮންމެ މީހެއްގެ އަތުގައި ވެސް ލާރި ހުންނާނެ" ކަމަށާއި މައްސަލަ ބޮޑުކޮށްލައިގެން އުޅެނީ ސަރުކާރަށް ނިސްބަތްވާ މީހުން ކަމަށެވެ.
ލަންކާގެ ކަސްޓަމްސް ގާނޫނު ބުނާ ގޮތުން 5،000 ޑޮލަރު (724،250 ލަންކާ ރުޕީސް/ 76،800 ދިވެހި ރުފިޔާ) އަށް ވުރެ އިތުރަށް ބޭރު ފައިސާ ލަންކާ އިން ބޭރަށް ގެންދެވޭނީ ހުއްދަ ހޯދައިގެންނެވެ. އެއީ ވެސް މަގުބޫލު ބޭނުންތަކަށް އެކަންޏެވެ.
ޑެއިލީ މިރާ އިން ބުނެފައިވާ ގޮތުގައި ބަންޑާރަނައިކަ އިންޓަނޭޝަނަލް އެއާޕޯޓުން މަޖީދު ހައްޔަރުކުރީ މިދިޔަ ހޮނިހިރު ދުވަހުގެ ރެ އެވެ. އަދި ޖެހިގެން އައި އާދިއްތަ ދުވަހުގެ ރޭ އެމިރޭޓްސްގެ ފްލައިޓުން އޭނާ ވަނީ މާލެ ވަޑައިގެންފަ އެވެ.
މަޖީދު ފުލުސް އޮފީހަށް ހާޒިރުވާން ޗިޓް ފޮނުވައިފި
މައްސަލަ ބޮޑުކޮށްލީ ސަަރުކާރަށް ނިސްބަތްވާ މީހުން:މަޖީދު
ޑޮލަރާ އެކު ހައްޔަރުކުރި މަޖީދު ރާއްޖެ ވަޑައިގެންފި
ރާއްޖެއަށް ވަން ލަންކާގެ ބޯޓަކުން 468 ކިލޯގެ ޑްރަގު
ރާއްޖެއަށް އެތެރެވިޔަ ނުދީ ލަންކާ މީހާ ފުރުވާލައިފި
ޖިނާއީ މައްސަލަތަކާ ގުޅޭ އެއްބަސްވުމެއްގައި ސޮއިކުރަނީ
ލަންކާގެ މީހުންގެ މުޒާހަރާ ފުލުހުން ހުއްޓުވައިފި
އަފްހާމް މަރުގެ މައްސަލައާ ގުޅިގެން ފުލުހުން ލަންކާއަށް
އަންމަޓީ އަދިވެސް ލަންކާ ފުލުހުންގެ ބަންދުގައި
1.9 މިލިއަން ރުފިޔާ ވަގަށް ނެގި މީހަކު ހައްޔަރު