23 ސެޕްޓެމްބަރ 2022
ރާއްޖެ އާއި ސްރީ ލަންކާއާ ދެމެދު، ޖިނާއީ މައްސަލަތަކާ ގުޅޭ އެއްބަސްވުމެއްގައި ސޮއިކުރަން ހަމަޖެހިފައިވާ ކަމަށް އެ ގައުމުގެ ނޫސްތަކުން ރިޕޯޓްކޮށްފި އެވެ.
ރާއްޖެ އާއި ސްރީ ލަންކާއާ ދެމެދު، ޖިނާއީ މައްސަލަތަކާ ގުޅޭ އެއްބަސްވުމެއްގައި ސޮއިކުރަން ހަމަޖެހިފައިވާ ކަމަށް އެ ގައުމުގެ ނޫސްތަކުން ރިޕޯޓްކޮށްފި އެވެ.
ލަންކާގެ ޚަބަރުތައް ގެނެސްދޭ، "ކޮލަމްބޯ ގެޒެޓް" ގައި ބުނި ގޮތުގައި ޖިނާއީ އެކި މައްސަލަތަކާ ގުޅިގެން ދެ ގައުމުން އެހީ ފޯރުކޮށްދިނުމަށް އެއްބަސްވުމަށް އެ ގައުމުގެ ޖަސްޓިސް، ޕްރިޒަން އެކްޓިވިޓީސް މިނިސްޓަރު ހުށަހެޅުއްވި ހުށަހެޅުން ލަންކާގެ ކެބިނެޓުން ވަނީ ފާސްކޮށްފަ އެވެ.
ލަންކާގެ ސަރުކާރުގެ އޮފިޝަލަކާ ހަވާލާދީ އެ ނޫހުން ބުނީ އެ އެއްބަސްވުމުގެ ސަބަބުން ދެ ގައުމުން ގުޅިގެން ހިންގާ ތަހުގީގުތަކަށް ކުރިމަތިވާ ގޮންޖެހުންތައް ވެސް މަދުވާނެ ކަމަށެވެ. އަދި މީގެ ސަބަބުން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވާނެ ކަމަށް ވެސް އޮފިޝަލް ވިދާޅުވެ އެވެ.
ލަންކާ އަކީ ރާއްޖެއާ އެންމެ ކައިރީގައި އޮތް ގައުމެވެ. ދެ ގައުމުގެ މެދުގައި މީގެ ކުރިން ވެސް ކުށްވެރިން ބަދަލުކުރުމުގެ އެއްބަސްވުމެއް ހަދާފައި އޮވެ އެވެ.
ރާއްޖެއަށް ވަން ލަންކާގެ ބޯޓަކުން 468 ކިލޯގެ ޑްރަގު
ރާއްޖެއަށް އެތެރެވިޔަ ނުދީ ލަންކާ މީހާ ފުރުވާލައިފި
ލަންކާގެ މީހުންގެ މުޒާހަރާ ފުލުހުން ހުއްޓުވައިފި
އަފްހާމް މަރުގެ މައްސަލައާ ގުޅިގެން ފުލުހުން ލަންކާއަށް
އަންމަޓީ އަދިވެސް ލަންކާ ފުލުހުންގެ ބަންދުގައި
1.9 މިލިއަން ރުފިޔާ ވަގަށް ނެގި މީހަކު ހައްޔަރު
12 ދިވެހިންގެ ތެރެއިން އެކަކު ލަންކާގައި ހައްޔަރު
ލަންކާގައި ބުދުތަކަކަށް ގެއްލުން ދިނުމުގައި ދިވެއްސެއް!
މާލެ ގެނައީ ލުތުފީ ކަން އުގެއިލް ޔަގީންކޮށް ދެއްވައިފި
ލުތުފީ ފެނުނީ އާންމުން ހީކުރި ގޮތަކަށް ނޫން!