ސްރީ ލަންކާގެ "މަވަނެއްލާ" ގައި ހުރި ބުދުތަކަކަށް މިދިޔަ އަހަރު ބަޔަކު ގެއްލުން ދިން މައްސަލައެއްގައި އެ ގައުމުގެ ފުލުހުން ދިވެއްސަކަށް ތުހުމަތުކޮށް، އޭނާ ހޯދަން މިއަދު އިއުލާން ކޮށްފި އެވެ.
05 ނޮވެމްބަރ 2019
ސްރީ ލަންކާގެ "މަވަނެއްލާ" ގައި ހުރި ބުދުތަކަކަށް މިދިޔަ އަހަރު ބަޔަކު ގެއްލުން ދިން މައްސަލައެއްގައި އެ ގައުމުގެ ފުލުހުން ދިވެއްސަކަށް ތުހުމަތުކޮށް، އޭނާ ހޯދަން މިއަދު އިއުލާން ކޮށްފި އެވެ.
މަވަނެއްލާގައި އެކި ދުވަސް މަތިން ބުދުތަކަށް ގެއްލުންދީ، އޭގެ ސަބަބުން ދީނީ ހަމަނުޖެހުން އުފެދުނު މައްސަލަ އެ ގައުމުގެ ފުލުހުންގެ ކްރައިމް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން އައީ އޭރުން ފެށިގެން ބަލަމުންނެވެ. އެ މައްސަލައިގައި ކުރިން ވަނީ ލަންކާގެ ބަޔަކު ހައްޔަރު ވެސް ކޮށްފަ އެވެ.
ބުދުތަކަށް ގެއްލުން ދިން މައްސަލައާ ގުޅިގެން ދިވެއްސަކު ހޯދަން ލަންކާ ފުލުހުން ކުރި އިއުލާނުގައި ޖަހާފައި ވަނީ އެ މީހާގެ ސިފަ އަންގައިދޭ ކުރެހުމެކެވެ. އެއީ ކުށްކުރި މަންޒަރު ދުށް މީހުން ދޭ މައުލޫމާތުގެ މައްޗަށް ބިނާކޮށް، ކުރެހުންތައް ކުރަހާ މާހިރުން ލައްވައި ކުރަހާފައިވާ ކުރެހުމެކެވެ.
ލަންކާ ފުލުހުން ބުނެފައިވާ ގޮތުގައި ހޯދާ ދިވެއްސަކީ އުމުރުން 30-35 އަހަރާ ދެމެދުގެ މީހެއް ކަމަށް ބެލެވެ އެވެ. އޭނާ އަކީ ބުދަށް ގެއްލުން ދިން މައްސަލާގައި ހައްޔަރުކޮށްފައިވާ މީހަކާ ވަރަށް ގާތް ގުޅުމެއް ބޭއްވި މީހެއް ކަމަށް ފުލުހުން ބުނެފައިވެ އެވެ.
ލަންކާގެ ނޫސްތަކުން ކުރިން ބުނެފައި ވަނީ މަދު ދުވަސްކޮޅެއްގެ ތެރޭގައި ގިނަ އަދަދެއްގެ ބުދުތަކަށް ގެއްލުން ދީފައިވާ ކަމަށެވެ. އެ މައްސަލައިގައި އޭރު ހައްޔަރުކުރީ ލަންކާގެ ދެ މީހެކެވެ.
ބިލިއަން ރުފިޔާގެ ޑްރަގް މައްސަލަ: ބަންދު އިތުރުކޮށްފި
އެއާޕޯޓުގައި ހަމަނުޖެހުން ހިންގި ލަންކާ މީހަކު ހައްޔަރު
ރާއްޖެއަށް ވަން ލަންކާގެ ބޯޓަކުން 468 ކިލޯގެ ޑްރަގު
1.9 މިލިއަން ރުފިޔާ ވަގަށް ނެގި މީހަކު ހައްޔަރު
މާލެ ގެނައީ ލުތުފީ ކަން އުގެއިލް ޔަގީންކޮށް ދެއްވައިފި
ލުތުފީގެ މައްސަލަ، ސަރުކާރުން ސިއްރުކުރީ ކީއްވެ؟
ލަންކާގައި އަށް ދިވެއްސަކު ހައްޔަރުކޮށްފައި އެބަތިބި
ޔާމީން މަރުގެ ބައިނަލްއަގްވާމީ ތަހުގީގަކަށް ގޮވާލައިފި
ލަންކާގެ ގޭންގު ލީޑަރު މަރާލާފައި ފިލަން ރާއްޖެއަށް؟
ފިހާރައެއްގެ ވަތްގަނޑުން ވައްކަން ކުރުމުން ބަންދަށް