މި ދިޔަ މަހުގެ 22 ވަނަ ދުވަހުގެ ރޭ، ބަޔަކު ތޫނު ހަތިޔާރުން ހަމަލާދީ މަރައިލި ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ބައިނަލްއަގްވާމީ މިނިވަން ތަހުގީގެއް ހިންގުމަށް ސްރީ ލަންކާގެ ގިނަ އެކްޓިވިސްޓުންތަކެއް ގޮވާލައިފި އެވެ.
02 މެއި 2017
މި ދިޔަ މަހުގެ 22 ވަނަ ދުވަހުގެ ރޭ، ބަޔަކު ތޫނު ހަތިޔާރުން ހަމަލާދީ މަރައިލި ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ބައިނަލްއަގްވާމީ މިނިވަން ތަހުގީގެއް ހިންގުމަށް ސްރީ ލަންކާގެ ގިނަ އެކްޓިވިސްޓުންތަކެއް ގޮވާލައިފި އެވެ.
ހައްގުތަކަށް ގޮވާލާ، ސްރީ ލަންކާގެ އެކްޓިވިސްޓުންނާއި ސޯޝަލް މީޑިއާގެ އެކި ފަރާތްތަކާއި ނޫސްވެރިންތަކެއް ގުޅިގެން ނެރުނު ބަޔާނެއްގައި ބުނިގޮތުގައި ޔާމީން 29، އަކީ ރާއްޖޭގައި ހުރި އެންމެ ކުޅަދާނަ އެއް ބްލޮގާ އަދި ސޯޝަލް މީޑިއާ އެކްޓިވިސްޓެވެ. އަދި ސަރުކާރުގެ ކޮރަޕްޝަނާއި ހައްދު ފަހަނައަޅައި ދިއުމާ ދެކޮޅަށް އެންމެ ގަދައަށް ވާހަކަ ދެއްކި އެކަކު ކަމަށް އެ ބަޔާނުގައި ބުންޏެވެ.
އެހެންވެ، ޔާމީން މަރައިލުން އެ މީހުން ސިފަކުރީ ދީނީ ހަރުކަށި ވިސްނުމާއި ހައްދު ފަހަނައަޅައި ދިއުމާއި ސަރުކާރަށް ކިޔާ ފާޑުކިޔުންތަކުގެ އަޑު ކަނޑުވައިލުމަށް ރާވައިގެން ހިންގި އަމަލެއްގެ ގޮތުގަ އެވެ.
ލަންކާގެ އެކްޓިވިސްޓުން ވަނީ ޔާމީން މަރައިލި މައްސަލަ ބޭރުގެ ފަރާތްތަކުގެ އެހީގައި މިނިވަން ކަމާއެކު ތަހުގީގު ކުރުމަށް، ގާނޫނު ތަންފީޒު ކުރާ ފަރާތްތަކާއި ދިވެހި ސަރުކާރަށް ގޮވާލައިފަ އެވެ.
ޔާމީން ރަޝީދު
އަދި ނޫސްވެރިންނާއި ބްލޮގް ލިޔާ މީހުންގެ ހައްގުތަކަށް ވަކާލާތު ކުރާ މީހުންނަށް ރައްކާތެރިކަން ޔަގީންކޮށްދީ، ހިޔާލު ފާޅުކުރުމަށް އޮތް ހުރަސްތައް ނައްތާލުމަށް ވެސް ސަރުކާރަށް އެ މީހުން ވަނީ ގޮވާލާފަ އެވެ.
ޔާމީން މަރައިލުން ލަންކާ ސަރުކާރުން ވެސް ވަނީ ކުށްވެރިކޮށްފަ އެވެ. އަދި ގާތިލުން ހޯދެންދެން ތަހުގީގު ކުރިއަށް ގެންދިއުމަށް ގޮވާލާފައި ވެ އެވެ.
ޔާމީންގެ މަރާގުޅިގެން އިއްޔެ ރޭ ފަތިހު އުމުރުން 18 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާއިރު އޭނާގެ ބަންދަށް 15 ދުވަސް ވަނީ ޖަހައިފަ އެވެ.
އެނގިފައިވާ ގޮތުގައި ޔާމީންގެ މަރުގެ މައްސަލައިގައި ހައްޔަރު ކުރީ، އެ ރޭ ޔާމީނަށް ފާރަލައި އޭނާގެ ހަރަކާތްތައް ބަލަން އުޅުނު މީހެކެވެ.
ޔާމީނުގެ މަރުގެ މައްސަަލައިގައި އިންސާފުވެރި ތަހުގީގެއް ހިންގައި ދިނުމަށް އެދި ލިޔުންތަކެއް ހަރުކޮށްފައި.---މިހާރު ފޮޓޯ: ހުސެއިން ވަހީދު
ގދ. އަތޮޅުގެ ރަށަކަށް ނިސްބަތްވާ އެ މީހާއަކީ ޔާމީން ދިރިއުޅުނު ގެއާ ކައިރި އެހެން ގެއެއްގައި އުޅުނު މީހެކެވެ.
ސ. ފޭދޫ ޗަނބޭލީގޭ ޔާމީން 29، ގެ ހަށިގަނޑުގެ އެކި ތަންތަނަށް ތޫނު ހަތިޔާރުން ހަމަލާދީ މަރާލާފައި އޮތީ މާފަންނު ބިސްބުރު ކައިރީގައި ހުންނަ އޭނާ ދިރިއުޅޭ ގެ، މ. ސުޕެޓިއުލާގެ ތިރީބުރީގައި ސިޑި އާއި ލިފްޓު ކައިރީގަ އެވެ. އޭނާގެ ހަށިގަނޑުގެ 32 އަށް ވުރެ ގިނަ ތަނަށް ވަޅި ހަރާފައިވެ އެވެ. ޔާމީންގެ މަރާ ގުޅިގެން ފުލުހުން މިހާތަނަށް ބޭއްވި ނިއުސް ބްރީފިންގައި ބުނެފައިވަނީ ޔާމީން މަރައިލުމުގައި ބައިވެރިވި މީހުން ދެނެގަނެވިފައިވާ ކަމަށެވެ. ނަމަވެސް ފަހުން އޭނާގެ އާއިލާ އަށް އަންގާފައިވަނީ އެއީ ކޮން ބައެއްކަން ނޭނގޭ ކަމަށެވެ.
ޔާމީންގެ މަރުގެ ތަހުގީގު ވެސް ހަމަ އެ ދިމާލަށް؟!
ލުތުފީގެ މައްސަލަ، ސަރުކާރުން ސިއްރުކުރީ ކީއްވެ؟
ބިލިއަން ރުފިޔާގެ ޑްރަގް މައްސަލަ: ބަންދު އިތުރުކޮށްފި
އެއާޕޯޓުގައި ހަމަނުޖެހުން ހިންގި ލަންކާ މީހަކު ހައްޔަރު
ރާއްޖެއަށް ވަން ލަންކާގެ ބޯޓަކުން 468 ކިލޯގެ ޑްރަގު
ލަންކާގައި އުޅުނީ ރާއްޖޭގެ ގޭންގު ލީޑަރަކު މަރާލަން!
ވެރިކަން ހޯދީ ރިލްވާންގެ ނަން ބޭނުންކޮށްގެން: އާއިލާ
1.9 މިލިއަން ރުފިޔާ ވަގަށް ނެގި މީހަކު ހައްޔަރު
ލަންކާގައި ބުދުތަކަކަށް ގެއްލުން ދިނުމުގައި ދިވެއްސެއް!
މާލެ ގެނައީ ލުތުފީ ކަން އުގެއިލް ޔަގީންކޮށް ދެއްވައިފި