23 މެއި 2019
ރިއަލިޓީ ޝޯ ތަރި އަދި އެންމެ ޒުވާން ބިލިއަނަރު ކައިލީ ޖެނާ މިދިޔަ މަހު އިއުލާނުކުރި އޭނާގެ ސްކިން ކެއާ އުފެއްދުންތައް ދައްކާލައިފި އެވެ.
ރިއަލިޓީ ޝޯ ތަރި އަދި އެންމެ ޒުވާން ބިލިއަނަރު ކައިލީ ޖެނާ މިދިޔަ މަހު އިއުލާނުކުރި އޭނާގެ ސްކިން ކެއާ އުފެއްދުންތައް ދައްކާލައިފި އެވެ.
ހުސް ފިޔާތޮށި ކުލައިގެ ޕެކްގައި ހުރި "ކައިލީ ސްކިން" ގެ އުފެއްދުންތައް ދައްކާލީ އެ ކުލައިގެ ތީމް ޕާޓީއެއްގައި، މަޝްހޫރު އެތައް ބައެއްގެ ހާޒިރުގަ އެވެ. ޕާޓީ އަށް ދިޔަ މީހުން ފިޔާތޮށި ކުލައިގެ ހެދުމުގައި ތިބި އިރު ޕާޓީގައި ހުރި ކާނާގެ ވެސް މައިގަނޑު ކުލަ އަކީ ފިޔާތޮށި ކުލަ އެވެ.
ކައިލީ ސްކިންގެ އުފެއްދުންތަކުގެ ތެރޭގައި ފުރަތަމަ ދައްކާލި އެއްޗެހީގެ ތެރޭގައި ވޯލްނަޓް ފޭސް ސްކްރަބަކާއި ފޯމިން ފޭސް ވޮޝް އަކާއި ފޭސް މޮއިސްޗަރައިޒާއަކާއި ވެނީލާ މިލްކް ޓޯނާއަކާއި ވިޓަމިން ސީ ސިރަމްއަކާއި އައި ކްރީމެއް ހިމެނެ އެވެ. މިއި ގްލޫޓަން އަދި ޕަރަބެން ފްރީ އުފެއްދުންތަކެކެވެ.
ކައިލީ ނެރުނު ބަޔާނުގައި ބުނީ މިއީ ހަމަށް ރައްކާތެރި އުފެއްދުންތަކެއް ކަމަށެވެ.
މި އުފެއްދުންތަކުގެ ތެރޭގައި ހިމެނޭ ހުރިހާ ބާވަތެއް ހިމެނޭ "ކައިލީ ސްކިން ސެޓް" ގެ އަގަކީ 125 ޑޮލަރެވެ. މޭކަޕް ރިމޫވާ 10 ޑޮލަރަށް، ވެނީލާ މިލްކް ޓޯނާ 22 ޑޮލަރަށް، ވިޓަމިން ސީ ސިރަމް 28 ޑޮލަރަށް، ފޭސް މޮއިސްޗަރައިޒާ 24 ޑޮލަރަށް އައި ކްރީމް 20 ޑޮލަރަށް އަދި ޓްރެލަވަލް ބޭގް 22 ޑޮލަރަށް ލިބެ އެވެ.
ކައިލީ ސްކިންގެ ވެބްސައިޓުން މި ތަކެތި ގަނެވޭނެ އެވެ. އަދި ގިނަ ގައުމުތަކަށް 14.95 ޑޮލަރަށް ޝިޕް ވެސް ކޮށްދެ އެވެ.
އެލީޓާއި ޒާރާގެ ކޮސްމެޓިކްސް ބިޔޯންޑް އިން ވިއްކަނީ
މޫނު ތާޒާކޮށްލަން ވަރަށް ފަސޭހަ މާސްކެއް
ހެރީ ސްޓައިލްސް ސެންޓާއި ކޮސްމެޓިކް ލައިނެއް ނެރެނީ
ކަރުދާހު ފުޅިއެއް ކަމަށް ބުންޏަސް އެތެރޭގައި ޕްލާސްޓިކް
އެެލޯ ވެރާގެ ބޭނުންހިފޭނެ ކިތަންމެ ގޮތެއް
ގާނިއާ ޝޭމްޕޫ، ސައިބޯންޏެއް ގޮތަށް
ފެރެލް ވިިލިއަމްސްގެ ކޮސްމެޓިކް ކަލެކްޝަނެއް
ފިނިފެން ފަރުވާއެއްގެ ގޮތުގައި
އެސްޓީ ލޯޑާގެ އުފެއްދުމެއް ޖައްވުގައި ލޯންޗްކުރަނީ
ކިމް ވެސް ބިއުޓީ ވިޔަފާރީގެ ހިއްސާ ވިއްކާލަނީ