Roadha Mihaaru
އެލީޓާއި ޒާރާގެ ކޮސްމެޓިކްސް ބިޔޯންޑް އިން ވިއްކަނީ

އެލީޓާއި ޒާރާގެ ކޮސްމެޓިކްސް ބިޔޯންޑް އިން ވިއްކަނީ

04 ނޮވެމްބަރ 2021

ސްޕެއިންގެ މަޝްހޫރު ބިއުޓީ ބްރޭންޑުތައް ކަމަށްވާ "އެލީޓް" އާއި "ޒާރާ"ގެ ކޮސްމެޓިކްސް ބިޔޯންޑް ޓްރޭޑިން އިން ރާއްޖޭގައި ހޯލްސޭލް/ރީޓެއިލްކޮށް ވިއްކަން ފަށައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ސްޕެއިންގެ މަޝްހޫރު ބިއުޓީ ބްރޭންޑުތައް ކަމަށްވާ "އެލީޓް" އާއި "ޒާރާ"ގެ ކޮސްމެޓިކްސް ބިޔޯންޑް ޓްރޭޑިން އިން ރާއްޖޭގައި ހޯލްސޭލް/ރީޓެއިލްކޮށް ވިއްކަން ފަށައިފި އެވެ.

ބިޔޯންޑަކީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ކޮސްމެޓިކްސް އާއި ކާބޯތަކެތި އެތެރެކޮށް ހޯލްސޭލް ކުރަމުން އަންނަ ކުންފުންޏެކެވެ. އެ ކުންފުނިން އެލީޓް އާއި ޒާރާގެ ކޮސްމެޓިކްސް ހޯލްސޭލްކޮށް ވިއްކި ނަމަވެސް ބިޔޯންޑުގެ ޝޯރޫމުން ރީޓެއިލްކޮށް ވެސް އެ ތަކެތި ލިބެން ހުންނާނެ އެވެ.

ބިޔޯންޑް ޓްރޭޑިންގެ ޝޯރޫމް: އެލީޓް އާއި ޒާރާގެ ގިނަ އުފެއްދުންތަކެއް ވަނީ ރާއްޖެއަށް ތައާރަފު ކޮށްފައި-- ފޮޓޯ: ނިޝާން އަލީ/މިހާރު

ބިޔޯންޑް ޓްރޭޑިންގެ ޝޯރޫމް: އެލީޓް އާއި ޒާރާގެ ގިނަ އުފެއްދުންތަކެއް ވަނީ ރާއްޖެއަށް ތައާރަފު ކޮށްފައި-- ފޮޓޯ: ނިޝާން އަލީ/މިހާރު

އެ ކުންފުނިން މި ދެ ބްރޭންޑުގެ 60 ބާވަތެއްގެ ސެންޓާއި ރީތިވާ ސާމާނު ރާއްޖޭގައި ވިއްކަން ފަށާފައިވާއިރު މި ކޮސްމެޓިކްސްގެ މުޅި ޕޯޓްފޯލިއޯ މި ވަގުތު ރާއްޖޭން ލިބެން ހުންނާނީ އެ ކުންފުނިން އެކަނި ކަމަށް ބިޔޯންޑް އިން ބުންޏެވެ.

ޒާރާ އަކީ ދުނިޔޭގެ ބޮޑެތި ގައުމުތަކުގެ އިތުރުން ދިވެހިންގެ ތެރޭގައި ވެސް މަގުބޫލު ބްރޭންޑެކެވެ. މި ބްރޭންޑުގެ ބޮޑީ ސްޕްރޭ އާއި ސެންޓާއި ލޯޝަނާއި ޝަވާ ޖެލް ގިނަ ބަޔަކަށް ކަމުދެ އެވެ.

އެލީޓްގެ ދަށުން އުފައްދާ ބޮޑީ ސްޕްރޭ: ދިވެހިންނަށް ކަމުދާ ގިނަ ސެންޓުތަކެއްގެ ބޮޑީ ސްޕްރޭ ލިބެން ހުންނާނެ-- ފޮޓޯ: ނިޝާން އަލީ/މިހާރު

އެލީޓްގެ ދަށުން އުފައްދާ ބޮޑީ ސްޕްރޭ: ދިވެހިންނަށް ކަމުދާ ގިނަ ސެންޓުތަކެއްގެ ބޮޑީ ސްޕްރޭ ލިބެން ހުންނާނެ-- ފޮޓޯ: ނިޝާން އަލީ/މިހާރު

ބިޔޯންޑުން ވިއްކާ އެލީޓް ބްރޭންޑަކީ ވެސް ދުނިޔޭގެ މަގުބޫލުކަން ހޯދާފައިވާ ބްރޭންޑެކެވެ. މި ބްރޭންޑަކީ ދުނިޔޭގެ ބޮޑެތި ސެންޓު ކުންފުނިތަކަށް ބޮޑީ ސްޕްރޭ އުފައްދައިދޭ ކުންފުންޏެކެވެ. މީގެ ތެރޭގައި ދިވެހިންގެ މެދުގައި މަގުބޫލު ސެންޓުތަކުގެ ތެރޭގައި ހިމެނޭ "ސުވޭޖް" އާއި "އޮލިމްޕިއާ" އާއި "ބޭޑް ބޯއި" އާއި "ގުޑް ގާލް" އާއި "ބްލޫ ޑި ޝެނަލް" އާއި "ކްރީޑް އެވެންޓަސް" އަދި "ވިކްޓޯރިއާސް ސީކްރެޓް ބޮމް ޝެލް" ގެ އޮރިޖިނަލް ބޮޑީ ސްޕްރޭ ހިމެނެ އެވެ. މި ބްރޭންޑުގެ ދަށުން އުފައްދާ 24 ބާވަތެއްގެ ބޮޑީ ސްޕްރޭ ބިޔޯންޑުން ލިބެން ހުންނާނެ އެވެ.

މި ދެ ބްރޭންޑު ވެސް ބިޔޯންޑުން ހޯލްސޭލް އަދި ރީޓެއިލް ކުރާނީ އަގު ހެޔޮކޮށް ކަމަށް އެ ކުންފުނިން ބުންޏެވެ.

މީހަކު ޒާރާ ސެންޓު ޓެސްޓު ކުރަނީ- ފޮޓޯ: ނިޝާން އަލީ/މިހާރު

މީހަކު ޒާރާ ސެންޓު ޓެސްޓު ކުރަނީ- ފޮޓޯ: ނިޝާން އަލީ/މިހާރު

ބިޔޯންޑުން ވަނީ އެލީޓް އާއި ޒާރާގެ އިތުރުން ވިކްޓޯރިއާސް ސީކްރެޓްގެ 10 ބޮޑީ މިސްޓެއް ވެސް ރާއްޖެ އަށް ތައާރަފު ކޮށްފަ އެވެ. ނަމަވެސް މިއީ މާކެޓު ޓެސްޓު ކުރުމަށް ތައާރަފު ކުރި އުފެއްދުމެކެވެ. މި ބޮޑީ މިސްޓު ވެސް މިހާރު އެ ކުންފުނިން ހޯލްސޭލްކޮށް ލިބެން ހުންނާނެ އެވެ.

ބިޔޯންޑް ޓްރޭޑިން އިން ވިއްކާ ތަކެއްޗާއި އެ ތަކެތީގެ އަގު އެ ކުންފުނީގެ ވައިވާ ކޮމިއުނިޓީ https://buff.ly/316pPnT އިން ބަލައިލެވޭނެ އެވެ. އަދި 9444550/9444551 އަށް ގުޅައިގެން ނުވަަތަ ވައިބަ ކޮށްގެންވެސް އޯޑަރު ކުރެވޭނެ އެވެ. ހޯލްސޭލްކޮށް ނަގާ އޯޑަރުތައް މާލެ އާއި ހުޅުމާލެ އަދި ރަށު ބޯޓުތަކާއި ފެރީތަކަށް ހިލޭ ޑެލިވަރީ ކޮށްދޭނެ އެވެ.

މީގެ އިތުރުން ޖަންބުމަގު ސެންޓްރަލް ކްލިނިކް ކައިރީ ހުންނަ ބިޔޯންޑުގެ ޝޯރޫމަށް ޒިޔާރަތް ކޮށްގެން ވެސް އެ ކުންފުނިން ވިއްކާ ތަކެތި ޓެސްޓު ކޮށްލެވޭނެ އެވެ.