16 ނޮވެމްބަރ 2020
އެމެރިކާގެ މަޝްހޫރު މިއުޒިޝަން ފެރެލް ވިލިއަމްސް "ހިއުމަންރޭސް" ގެ ނަމުގައި ކޮސްމެޓިކް ކަލެކްޝަނެއް ނެރެން ތައްޔާރުވެއްޖެ އެވެ.
އެމެރިކާގެ މަޝްހޫރު މިއުޒިޝަން ފެރެލް ވިލިއަމްސް "ހިއުމަންރޭސް" ގެ ނަމުގައި ކޮސްމެޓިކް ކަލެކްޝަނެއް ނެރެން ތައްޔާރުވެއްޖެ އެވެ.
މި މަހުގެ 25 ގައި ނެރެން ނިންމާފައިވާ ކަލެކްޝަނުގައި ހިމެނެނީ މޫނުގެ ހަމަށް ހާއްސަ ތިން އުފެއްދުމެކެވެ. އެއީ ރައިސް ޕައުޑާ ކްލީންސާއަކާއި ލޮޓަސް އެންޒައިމް އެކްސްފޮލިއޭޓާއެއްގެ އިތުރުން ހިއުމިނިޑިފައިން ކްރީމެކެވެެ. މި އުފެއްދުންތައް ސިފަކޮށްފައި ވަނީ "ތިން މިނިޓްގެ ފޭޝަލްއެއް" ގެ ގޮތުގަ އެވެ.
މިހާތަނަށް ދެ ސޯލޯ އަލްބަމް ނެރެފައިވާ ފެރެލް، 47، ގެ "ހިއުމަންރޭސް" އަކީ ހަމުގެ ހާއްސަ ޑޮކްޓަރެއް ކަމަށްވާ ޑރ. އެލީނާ ޖޯންސްގެ އެހީގައި ތައްޔާރުކޮށްފައިވާ އުފެއްދުންތަކެކެވެ. މި ކަލެކްޝަންގެ އެންމެ ހާއްސަ ކަމަކީ މޫނުގެ ހަންގަނޑު ހައިޑްރޭޓްކޮށްދިނުމެވެ. އެއީ ފެރެލް އަމިއްލަ އަށް ވެސް ވަރަށް ބޮޑަށް އިސްކަންދޭ ކަމެކެވެ.
Proud dad moment ? @humanrace skincare routine dropping November 25https://t.co/GuGc0b8SWT pic.twitter.com/r6E7IZ9Qqm
— Pharrell Williams (@Pharrell) November 11, 2020
ޖޯންސް ވިދާޅުވި ގޮތުގައި "ހިއުމަންރޭސް" ގެ އުފެއްދުން ތައްޔާރުކޮށްފައި ވާނީ ހަމަށް ގެއްލުން ވާނެ އެއްވެސް އެއްޗެއް ބޭނުން ނުކޮށް ވަރަށް ސާދާ އުފެއްދުންތަކެއްގެ ގޮތުގަ އެވެ. އެކަމަކު މިއީ ކޮލިޓީގެ ގޮތުން ބަލާ އިރު، ވަރަށް ވެސް ފުރިހަމަ ކަލެކްޝަނެއް ކަމަށާއި އަމާޒަކަށްވީ ވެސް ކޮންމެ ދުވަހަކު ބޭނުންކުރަން އެކަށޭނެ އުފެއްދުމެއް ގެނެސްދިނުން ކަމަށް ވިދާޅުވި އެވެ.
ޖޯންސް ވިދާޅުވި ގޮތުގައި އާންމުންނާ ހަމައަށް "ހިއުމަންރޭސް" ކަލެކްޝަން ނެރެނީ ތިމާވެއްޓާ ވަރަށް ރައްޓެހި އުފެއްދުމެއްގެ ގޮތުގަ އެވެ. އުފެއްދުންތަކުގެ ޕެޖެކްކޮށް ހުރީ ވެސް ރިސަައިކަލް މެޓީރިއަލްތަކުން ތައްޔާރުކޮށްފައިވާ އެއްޗެހީގަ އެވެ.
“Humanrace Skincare doesn’t differentiate by race or gender. We’re creating for humans; we are all born in the same skin.” — @pharrell pic.twitter.com/pBIYkK3qpb
— Humanrace (@humanrace) November 12, 2020
"ހިއުމަންކެއާ" ނެރެން އުޅޭ ވާހަކަ ސޯޝަލް މީޑިއާގައި ހިއްސާކޮށް ފެރެލް ބުނީ މިއީ ގިނަ ބަޔަކު ގަޔާވާނެ އުފެއްދުމަކަށް ވާނެ ކަމަށެވެ. އުފެއްދުންތަކަށް "ހިއުމަންރޭސް" ގެ ވެބްސައިޓުން މިހާރު ޕްރި-އޯޑަރު ވެސް ކުރެވޭނެ އެވެ.
މިއީ ދެ ޖިންސްގެ މީހުންނަށް ވެސް އަދި ކޮންމެ ވައްތަރެއްގެ ހަންގަނޑަކާ ވެސް ގުޅޭނެ އުފެއްދުމެއް ކަމަށް "ހިއުމަންރޭސް" އިން ބުންޏެވެ.
މިހާތަނަށް 13 ގްރެމީ އެވޯޑް ހާސިލުކޮށްފައިވާ އަދި ރެޕާއެއްގެ ގޮތުގައި މަޝްހޫރު ފެރެލް މިހާތަނަށް ނެރުނު ދެ ސޯލޯ އަލްބަމަކީ 2014 ގެ "ގާލް" އާއި 2006 "އިން މައި މައިންޑް" އެވެ. ފެރެލް އަންހެނުން ހެލެން ލަޒިޝާނަކީ މޮޑެލްއެކެވެ. އެ ދެ މީހުންގެ ރޮކެޓް އޭޔާ ވިލިއަމްސް ކިޔާ 12 ފިރިހެން ދަރިއަކު ވެސް ހުރެ އެވެ.
ކިމް ވެސް ބިއުޓީ ވިޔަފާރީގެ ހިއްސާ ވިއްކާލަނީ
އެލީޓާއި ޒާރާގެ ކޮސްމެޓިކްސް ބިޔޯންޑް އިން ވިއްކަނީ
އިސްތަށިގަނޑު ތަތްވި މީހާ އެކަމުން ފެށީ ވިޔަފާރިއެއް
ހަލީމާ އަލުން މޮޑެލިން އަށް
ހެރީ ސްޓައިލްސް ސެންޓާއި ކޮސްމެޓިކް ލައިނެއް ނެރެނީ
ޖޭލޯގެ ކުރީގެ ލޯބިވެރިޔާ ފިރިހެން މޭކަޕް ޕްރޮމޯޓްކުރަނީ
މިސް ޔުނިވާސްގެ ތާޖު މެކްސިކޯގެ ރީތީގެ ރާނީ އަށް
ކަރުދާހު ފުޅިއެއް ކަމަށް ބުންޏަސް އެތެރޭގައި ޕްލާސްޓިކް
ޕްރިޔަންކާގެ ހެއާކެއާ ބްރޭންޑެއް ލޯންޗްކުރަނީ
ހުވާގެ ރަސްމިއްޔާތުން ކަމަލާގެ ދޮންދަރި މޮޑެލްއަކަށް