29 މެއި 2021
އެމެރިކާގެ ލަވަކިޔުންތެރިޔާ އަދި ބަތަލާ ޖެނިފާ ލޮޕޭޒް (ޖޭލޯ) އާ އެކު ދާދި އެންގޭޖްމަންޓް ރޫޅައިލި އެމެރިކާގެ ކުރީގެ ބޭސް ބޯލް ތަރި އެލެކްސް ރޮޑްގޭޒް ފިރިހެނުންނަށް ހާއްސަ މޭކަޕް ޕްރޮމޯޓްކުރަން ކުރަން ފަށައިފި އެވެ.
އެމެރިކާގެ ލަވަކިޔުންތެރިޔާ އަދި ބަތަލާ ޖެނިފާ ލޮޕޭޒް (ޖޭލޯ) އާ އެކު ދާދި އެންގޭޖްމަންޓް ރޫޅައިލި އެމެރިކާގެ ކުރީގެ ބޭސް ބޯލް ތަރި އެލެކްސް ރޮޑްގޭޒް ފިރިހެނުންނަށް ހާއްސަ މޭކަޕް ޕްރޮމޯޓްކުރަން ކުރަން ފަށައިފި އެވެ.
އެމެރިކާގެ ޓެލެހެލްތު ކުންފުނި ހިމްސްއާ ގުޅިގެން އެލެކްސް ވަނީ ފިރިހެނުންނަށް ހާއްސަ ބިއުޓީ ލައިނެއް ދައްކާލައިފަ އެވެ. "ބްލާ ސްޓިކް" ގެ ނަން ދީފައިވާ މި އުފެއްދުމަކީ ކޮންސީލާއެކެވެ. އޭތި ސިފަކޮށްފައި ވަނީ "ފިރިހެނުންގެ ހަމަށް ހޯދައިދޭ ހާއްސަ ހައްލެއް" ގެ ގޮތުގަ އެވެ.
މި ކޮންސީލާގެ އަށް ޝޭޑެއް ނެރެފައިވެ އެވެ.
މީގެ ވާހަކަ އިންސްޓަގްރާމްގައި ހިއްސާކޮށް، ޒުވާން ދެ އަންހެން ކުދިންގެ ބައްޕަ 45 އަހަރުގެ އެލެކްސް ބުނީ އޭނާ އާއި ހިމްސް ގުޅިގެން ގެނެސްދޭ "ބްލާ ސްޓިކް" އަކީ މަސައްކަތުގައި ބުރަކޮށް އުޅޭ ފިރިހެނުންގެ މޫނުމަތި ތާޒާކޮށް ރީތިކޮށްލަން ލިބޭނެ ވަރަށް ފަސޭހަ، ލުއި އެހީއަކަށް ވާނެ ކަމަށެވެ.
"އަހަންނަށް ވަރަށް ހީވޭ މިއީ ސަޕްރައިޒަކަށްވާ ކަހަލަ އުފެއްދުމަކަށް ވާނެހެން،" އޭނާ ބުންޏެވެ.
އެލެކްސް އަކީ 2017 ގައި އުފަންވި ހިމްސް ކުންފުނީގައި އިންވެސްޓް ވެސް ކޮށްފައިވާ މީހެކެވެ.
ސެން ފްރަންސިސްކޯގައި ހެޑް ކުއާޓަރުގެ ހުންނަ ހިމްސް ކުންފުނީގެ އަގު މިހާރު 1.6 ބިލިއަން ޑޮލަރަށް އަރަ އެވެ.
ބޮޓޮކްސް ޖަހާ ކަމަށް ބުނާތީ ޖޭލޯ ހިތްހަމަނުޖެހިއްޖެ
ކިމް ވެސް ބިއުޓީ ވިޔަފާރީގެ ހިއްސާ ވިއްކާލަނީ
އަލަތު ކައިވެންޏަކީ ބަނދެވުމެއް: އެފްލެކް
ޖޭލޯގެ ކުރީގެ ލޯބިވެރިޔާގެ ފޮޓޯތައް ގެއްލިއްޖެ
އިސްތަށިގަނޑު ތަތްވި މީހާ އެކަމުން ފެށީ ވިޔަފާރިއެއް
ހަލީމާ އަލުން މޮޑެލިން އަށް
މިސް ޔުނިވާސްގެ ތާޖު މެކްސިކޯގެ ރީތީގެ ރާނީ އަށް
އެންގޭޖްމަންޓް ރޫޅާލި ވާހަކަ ޖެނިފާ ލޮޕޭޒް ދޮގުކޮށްފި
ޖެނިފާ ލޮޕޭޒާއި އެލެކްސްގެ އެންގޭޖްމަންޓް ރޫޅާލައިފި!
ޕްރިޔަންކާގެ ހެއާކެއާ ބްރޭންޑެއް ލޯންޗްކުރަނީ