28 ޖޫން 2019
މި އަހަރުގެ ކުރީކޮޅު މަރުވި ޖަރުމަންގެ ފެޝަން އައިކަން އަދި ބްރޭންޑެއްގެ ގޮތުގައި މަޝްހޫރުކަން ހޯދި ކާލް ލެގަފެލްޑްގެ ހަނދާނުގައި ފްރާންސްގެ މަޝްހޫރު ކޮސްމެޓިކް ކުންފުނި ލޯރިއެލް އިން މޭކަޕް ކަލެކްޝަނެއް ނެރެން ނިންމައިފި އެވެ.
މި އަހަރުގެ ކުރީކޮޅު މަރުވި ޖަރުމަންގެ ފެޝަން އައިކަން އަދި ބްރޭންޑެއްގެ ގޮތުގައި މަޝްހޫރުކަން ހޯދި ކާލް ލެގަފެލްޑްގެ ހަނދާނުގައި ފްރާންސްގެ މަޝްހޫރު ކޮސްމެޓިކް ކުންފުނި ލޯރިއެލް އިން މޭކަޕް ކަލެކްޝަނެއް ނެރެން ނިންމައިފި އެވެ.
މި ވާހަކަ އިންސްޓަގްރާމްގައި ހިއްސާކުރަމުން ލޯރިއެލް އިން ބުނީ މަޝްހޫރު ދެ ނަމެއް އެކުވެގެން މޭކަޕް ކަލެކްޝަނެއް ނެރުމުން ފެޝަންގެ ދުނިޔޭގައި ލެގަފެލްޑްކޮށް ދިން ހިދުމަތްތަކުގެ މަތިން ހަނދާންކޮށް، އަގު ވަޒަން ކުރެވޭނެ ކަމަށެވެ.
ލެގަފެލްޑްގެ ހަނދާނުގައި ނެރޭ މޭކަޕް ކަލެކްޝަން ރަސްމީކޮށް ލޯންޗްކުރަން ހަމަޖެހިފައި ވަނީ އަންނަ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ.
ލޯރިއެލް އިން މި ކަލެކްޝަން ސިފަކުރަނީ "ރޮކް-ޗިކް ސްޓައިލް" އާއި "ޕާޝިއަން އެލެގެންސް" ގެ ގޮތުގަ އެވެ.
މިކަމާ ބެހޭ ގޮތުން ކާލް ލެގަފެލްޑް ފެޝަން ހައުސްގެ ހެޑް އޮފް އިމޭޖް އެންޑް ކޮމިއުނިކޭޝަން ކެރޮލީން ލިބާ ބުނީ ލޯރިއެލް އިން ނެރޭ މޭކަޕް ލައިންވެގެން ދާނީ ލެގަފީލްޑް ބްރޭންޑް އިތުރަށް ބަބުޅާނެ އަދި މޭކަޕަށް އޭނާ ދިން ސަމާލުކަން އިތުރުކޮށް ދޭނެ ކަލެކްޝަނަކަށް ކަމަށެވެ.
މީގެ ކުރިން ވެސް މަޝްހޫރު ބައެއް ބްރޭންޑްތަކާ ގުޅިގެން ލެގަފެލްޑް ވަނީ މޭކަޕް ކަލެކްޝަންތަކެއް ނެރެފަ އެވެ. އޭގެ ތެރޭގައި މިދިޔަ އަހަރު އޮސްޓްރޭލިއާގެ ކުންފުނި "މޮޑެލްކޯ" އާ ގުޅިގެން ގެނެސް ދިން ކަލެކްޝަނާއި 2011 ގައި އެމެރިކާގެ ކުންފުނި "ސެފޯރާ" އާ ގުޅިގެން ގެނެސް ދިން ކަލެކްޝަން ފާހަގަކޮށްލެވެ އެވެ.
ފެޝަނާއި ބިއުޓީގެ ދުނިޔޭގައި ގިނަ ބަޔަކު "ޖިނިއަސްއެއް" ގެ ގޮތުގައި ދެކޭ ލެގަފެލްޑް އުމުރުން 85 އަހަރުގައި މަރުވީ ފެބްރުއަރީ މަހުގެ 19 ގަ އެވެ.
ރިއާނާ އަކީ ވެސް މިހާރު ބިލިއަނަރެއް
ހެރީ ސްޓައިލްސް ސެންޓާއި ކޮސްމެޓިކް ލައިނެއް ނެރެނީ
ލުއީ ވިޓޯނުން ސެނިޓައިޒާ އުފައްދަނީ
"ބީބާ ބިއުޓީ" ގެ ނަމުގައި ކޮސްމެޓިކް ލައިނެއް
ސްޓީވް ޖޮބްސްގެ ހަގު ދަރިފުޅު މޮޑެލްއެއްގެ ގޮތުގައި
ރިއާނާގެ "ފެންޓީ ފެޝަން" ހުއްޓެނީ
ބޮޓޮކްސް ޖަހާ ކަމަށް ބުނާތީ ޖޭލޯ ހިތްހަމަނުޖެހިއްޖެ
ގާނިއާ ޝޭމްޕޫ، ސައިބޯންޏެއް ގޮތަށް
ކިމް ވެސް ބިއުޓީ ވިޔަފާރީގެ ހިއްސާ ވިއްކާލަނީ
ބިލިއަނަރުންގެ ލިސްޓުން ކައިލީގެ ނަން އުނިކޮށްފި