12 ފެބުރުއަރީ 2021
ފްރާންސްގެ މަޝްހޫރު ކުންފުނި އެލްވީއެމްއެޗާ ގުޅިގެން މީގެ ތިން އަހަރު ކުރިން، ލަވަކިޔުންތެރިޔާ ރިއާނާގެ ފެންޓީ ބްރޭންގެ ދަށުން ލޯންޗްކުރި "ފެންޓީ ފެޝަން" ލައިން ހުއްޓައިލަން ޖެހިދާނެ ކަމަށް ބެލެވެން ފަށައިފި އެވެ.
ފްރާންސްގެ މަޝްހޫރު ކުންފުނި އެލްވީއެމްއެޗާ ގުޅިގެން މީގެ ތިން އަހަރު ކުރިން، ލަވަކިޔުންތެރިޔާ ރިއާނާގެ ފެންޓީ ބްރޭންގެ ދަށުން ލޯންޗްކުރި "ފެންޓީ ފެޝަން" ލައިން ހުއްޓައިލަން ޖެހިދާނެ ކަމަށް ބެލެވެން ފަށައިފި އެވެ.
އަންނައުމާއި ފައިވާނާއި ބޫޓާއި އަދި އެނޫން ވެސް ރީީވުމަށް ބޭނުންވާ ތަފާތު އެކްސެސަރީތަކަށް ހާއްސަކޮށްގެން 2019 ގައި ލޯންޗްކުރި ފެންޓީ ފެޝަން ލައިންގެ ކުރިމަގާ ސުވާލު އުފެދިފައި މި ވަނީ އެ ބްރޭންޑާއި އެލްވީއެމްއެޗް ހަދާފައި އޮތް އެއްބަސްވުން އުވަލައިން ނިންމިކަން އިއުލާންކުރުމާ އެކީގަ އެވެ.
"އަހަރެމެންނާއި ރިއާނާ އެއްބަސްވުމަކަށް އައިސް ފެންޓީ ފެޝަން ލައިންގެ އެއްބަސްވުން ބާތިލުކުރަން ވަނީ ނިންމާފައި،" އެ ކުންފުނިން ބުންޏެވެ
ނަމަވެސް މިފަދަ ނިންމުމަކަށް ދާން ޖެހުނު ސީދާ ސަބަބެއް ދެ ފަރާތުން ވެސް ހާމައެއްނުކުރެ އެވެ. އެލްވީއެމްއެޗަކީ މަޝްހޫރު ބްރޭންޑްތައް ކަމަށްވާ ގިވެންޗީ އާއި ލުއީ ވިޓޯންގެ އިތުރުން ޑިއޯ ފަދަ ލަގްޒަރީ އެތައް ބްރޭންޑްތައް ހިންގާ ކުންފުންޏެކެވެ.
ބައެއް ރިޕޯޓްތައް ބުނާގޮތުން ފެންޓީ ފެޝަން ލައިންއާ އެކު މަސައްކަތްނުކުރަން އެލްވީއެމްއެޗުން ނިންމީ އެ ބްރޭންޑްގެ މާކެޓިން ވަރަށް ބޮޑަށް ދަށްވެ، އާ އުފެއްދުންތައް ވެދސް ނެރުން މަދުވެ އާންމުންގެ މަގުބޫލުކަން ވަރަށް ބޮޑަށް ކުޑަވެފައިވާތީ އެވެ.
އަނެއްކޮޅުން، މި ފަހަކަށް އައިސް ފެންޓީގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ވެސް މާ ބޮޑު ކަމެއް ނެތެވެ. ފެންޓީ ފެޝަން ލައިންގެ އިންސްޓަގްރާމްގައި އެންމެ ފަހުން ޕޯސްޓްކޮށްފައި ވަނީ މިދިޔަ މަހުގެ 2 ގައި އައިނެއްގެ ފޮޓޯ އެވެ. އޭގެ ފަހަކުން އެއްވެސް އާ ޕޯސްޓެއް ނެތެވެ.
ބައެއް މީޑިއާތަކުން ބުނެފައިވާ ގޮތުގައު ފެންޓީ ފެޝަން ލައިނަށް ދެވޭ ސަމާލުކަން ވަރަށް ބޮޑަށް ކުޑަވެ، އެ ކުޑައިގެ ދަށުގެ އެހެން ބްރޭންޑްތަކަށް ދެވޭ އިސްކަން މިހާރު މާ ބޮޑެވެ.
އޭގެ ތެރޭގައި ފެންޓީ ބިއުޓީ އާއި ފެންޓީ ސްކިން އާއި އަޑިންލާ އެއްޗިއްސަށް ހާއްސަ ބްރޭންޑް ސަވޭޖް އެކްސް ފެންޓީ ހިމެނެ އެވެ.
ބާބެޑޯސް އަށް އުފަން ރިއާނާ އަކީ އޭނާގެ ފެންޓީ ވިޔަފާރި ފެށި ފަހުން ނުފޫޒު ގަދަ އަންހެން ވިޔަފާރިވެރިއެކެވެ. އޭނާގެ މިލްކިއްޔާތު 600 މިލިއަން ޑޮލަރަށް އަރަ އެވެ.
ރިއާނާ އަކީ ވެސް މިހާރު ބިލިއަނަރެއް
ސްޓީވް ޖޮބްސްގެ ހަގު ދަރިފުޅު މޮޑެލްއެއްގެ ގޮތުގައި
ފޮޓޯޝޫޓަކަށް ވަގުތު ނުދީގެން ކެންޑަލްއަށް ދައުވާކޮށްފި
ޕްރިޔަންކާ ވިކްޓޯރިއާސް ސީކްރެޓްއާ ގުޅިއްޖެ
ބޮޓޮކްސް ޖަހާ ކަމަށް ބުނާތީ ޖޭލޯ ހިތްހަމަނުޖެހިއްޖެ
ޕެރިސް ހިލްޓަން ވެސް އެމެރިކާގެ ރައީސް ކަމަށް؟
ބިލިއަނަރުންގެ ލިސްޓުން ކައިލީގެ ނަން އުނިކޮށްފި
މޭރީ ކްލެއާގެ އިނގިރޭސި އެޑިޝަންގެ ޗާޕް ހުއްޓާލަނީ
ކާލް ލެގަފެލްޑްގެ ހަނދާނުގައި މޭކަޕް ކަލެކްޝަނެއް
އަތްދަބަސް ކުޑަކަމުން ޖޯކު ޖަހަނީ