Roadha Mihaaru
ސިފައިންނާއި ފުލުހުންގެ ތަމްރީނުތަކެއް މިރޭ ފަށައިފި

ސިފައިންނާއި ފުލުހުންގެ ޚާއްސަ ތަމްރީނުތަކެއް މިރޭ ފަށައިފި

21 މެއި 2019

ސިފައިންނާއި ފުލުހުން ގުޅިގެން ހިންގާ ޚާއްސަ ތަމްރީނުތަކެއް މިރޭ ފަށައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ސިފައިންނާއި ފުލުހުން ގުޅިގެން ހިންގާ ޚާއްސަ ތަމްރީނުތަކެއް މިރޭ ފަށައިފި އެވެ.

ފުލުހުން ބުނީ މިރޭ 10:00 ން ފެށިގެން ފުލުހުންނާއި ސިފައިން ގެންދާ ތަމްރީނުތަކެއް ކުރިއަށް ގެންދާނެ ކަމަށާއި މާލެ އާއި އަތޮޅުތަކުގައި ހަރަކާތްތެރިވާ ފުލުހުން ވެސް އެ ތަމްރީނުތަކުގައި ބައިވެރިވާނެ ކަމަށެވެ.

އެމްއެންޑީއެފުން ބުނީ އެ ތަމްރީނުތަކުގައި ހަތިޔާރާ އެކު އަތޮޅު ތެރެ އާއި މާލޭގައި ސިފައިން ހަރަކާތްތެރިވާނެ ކަމަށެވެ. އަދި ފުލުހުންނާއި ސިފައިން ގުޅިގެން އެއްގަމާއި ކަނޑުގެ އުޅަނދުތައް ވެސް ޗެކް ކުރުމަށް ހަމަޖެހިފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

މިއަދުން ފެށިގެން ބުރާސްފަތި ދުވަހާ ހަމައަށް ފުލުހުންނާއި ސިފައިންގެ ތަމްރީނުތަކެއް ބާއްވާއިރު، މިމަހުގެ ކުރީކޮޅު ވެސް ފުލުހުންނާއި ސިފައިން ގުޅިގެން މާލޭގައި ހަތިޔާރާ އެކު ތަމްރީނުތަކެއް ބޭއްވި އެވެ.